އިންތިގެ ސުވާލު އެމްއެންޑީއެފް އަށް: މަޖިލީހަށް ގޮންޖަހަންޖެހެނީ ކީއްވެ؟

އިންތިގެ ސުވާލު އެމްއެންޑީއެފް އަށް: މަޖިލީހަށް ގޮންޖަހަންޖެހެނީ ކީއްވެ؟

Author
މުޙައްމަދު ޖިމީ
05 ޖޫން 2021 08:45
0

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ހަދަމުންއަންނަ އިންކުއަރީއަށް އެމްއެންޑީއެފް އިން ގޮންޖަހަމުންދަނީ ކީއްވެތޯ، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ސުވާލުކުރައްވައިފިއެވެ.

އިންތި މިގޮތަށް ވިދާޅުވެފައިމިވަނީ، މަޖިލީހުން ހިންގާ އިންކުއަރީއަށް ޖަވާބުދާރީވުމަށް، ވަކިވަކި ސިފައިން ޙާޒިރުނުކުރެވޭނެކަމަށް އެމްއެންޑީއެފް އިންބުނުމާއި ގުޅިގެންނެވެ. މަޖިލީހުގެ ސަލާމަތީ ޚީދުމަތްތަކާއި ބެހޭ (241)އިން ވަނީ ވަކިވަކި ސިފައިންނާއި ފުލުހުން ކޮމިޓީއަށް ހާޒިރުކުރާނެކަމަށް ބުނެފައެވެ. ނަމަވެސްއެމްއެންޑީއެފް އިން ބުނެފައިވަނީ މަޖިލީުގެ ކޮމިޓީއަށް ވަކިވަކި ސިފައިން ހާޒިރުނުކުރެވޭނެކަމަށާއި، ޖަވާބުދާރީވާނީ ސިފައިންގެ މުއައްސަސާއިންކަމަށެވެ. އެމްއެންޑީއެފް އިން މިހެން ބުނެފައިވާއިރު، ފުލުހުން ބުނެފައިވަނީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދާއި، ވަކިވަކި ފުލުހުންވެސް ކޮމިޓީއަށް ޙާޒިރުވާނެކަމަށެވެ.

މިކަމާއި ގުޅިގެން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވަނީ މަޖިލީހުގެ ރައީސަށް ދިން ބޮމުގެ ނުރައްކާތެރި ހަމަލާއާ ގުޅޭ އިންކްއަރީގެ ބޭނުމަށް ވަކިވަކި ފުލުހުން ކަމުގައި ވިޔަސް މަޖިލީހަށް ހާޒިރުވެ، އިޖާބަދީ އެއްބާރުލުންދޭނޭ ކަމަށް ފުލުހުން ބަޔާންކުރާއިރު، ސަލާމަތީ އަނެއް ޚިދުމަތުން އެހާ ތަފާތުކޮށް މަޖިލީހަށް ގޮންޖަހަންޖެހެނީ ކީއްވެތޯ ސުވާލުކުރައްވާފައެވެ.

މަޖިލީހުގެ ރައީސަށް ދިން ބޮމުގެ ނުރައްކާތެރި ހަމަލާއާ ގުޅޭ އިންކްއަރީގެ ބޭނުމަށް ވަކިވަކި ފުލުހުން ކަމުގައި ވިޔަސް މަޖިލީހަށް ހާޒިރުވެ، އިޖާބަދީ އެއްބާރުލުންދޭނޭ ކަމަށް ފުލުހުން ބަޔާންކުރާއިރު، ސަލާމަތީ އަނެއް ޚިދުމަތުން އެހާ ތަފާތުކޮށް މަޖިލީހަށް ގޮންޖަހަންޖެހެނީ ކީއްވެހޭ؟

– އިމްތިޔާޒް ފަހުމީ

ވަކިވަކި ސިފައިން ކޮމިޓީއަށް ޙާޒިރުނުކުރެވޭނެކަމަށް ބުނެ އެމްއެންޑީއެފް އިން އިއްޔެ ނެރެފައިވާ ދިގު ބަޔާނުގައި ވަނީ، ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރާގޮތާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށާއި މަޖިލީހުގެ ކޮމެޓީތަކަށް މަޢުލޫމާތު ދިނުމާ ގުޅޭގޮތުން އެމްއެންޑީއެފުން ނެރެފައިވާ ބަޔާނެއްގައި ވަނީ ސަލާމަތީ ޚިދުމަތެއްގެ ކަންކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވަނީ ސަލާމާތީ ޚިދުމަތްތަކާ ޙަވާލުވެ ހުންނަވާ ވަޒީރުކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވާކަމަށެވެ.

އަދި ސިފައިންގެ ކޮންމެ މީހަކު ވެސް އެ މީހަކަށް ލިބިފައިވާ ޤާނޫނީ ބާރާއި އިޚްތިޔާރުގެ ބޭނުން ހިފާ ގޮތާމެދުގައާއި އެމީހެއްގެ މަސްއޫލިއްޔަތު އަދާކުރާ ގޮތާމެދު ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު ޖަވާބުދާރީވާން ޖެހޭނީ ޗީފް އޮފް ޑިފެންސް ފޯސްއަށް ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވާ ހިނދު ޗިފް އޮފް ޑިފެންސް ފޯސްގެ މަސްއޫލިއްޔަތު އަދާކުރާގޮތާ މެދު ޖަވާބުދާރީވާން ޖެހޭނީ މިނިސްޓަރަށްކަމަށް ޤާނޫނުގައިވާކަން މި ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެެ.

އެމްއެންޑީއެފްއިން މިހެން ބުނެފައިވަނިކޮށް ރައީސް ނަޝީދު މިއަދު ވަނީ، އެމަނިކުފާނަށް ހަމަލާދިން ވަގުތު ކައިރީގައި ތިއްބެވި ސެކިއުރިޓީ ސިފައިންނަށް ބަސް ނުބުނެވެގޮތަސް ކަންކަން ނިންމުމަކީ ވަރަށް ބޮޑު ބޭއިންސާފެއްކަމަށް ވިދާޅުވެފައެވެ. އަދި ވަކިވަކި ސިފައިން އަމަލުކުރި ފުރިހަމަގޮތް ފޮރުވުމަށްޓަކައި، ސިފައިންގެ ވެރިންނަށް ކަންކަން ނިންމުމުގެ ފުރުސަތު ނުދެވޭނެކަމަށްވެސް ވިދާޅުވިއެވެ. އަދި އެމަނިކުފާނަށް ހަމަލާދިން ވަގުތު ކައިރީގައި ތިއްބެވި މޮޅެތި ސިފައިންނަށް، އެމީހުންގެ ބަސް ނުބުނެވޭގޮތަށް ކަންކަން ނިންމުމަކީ ވަރަށް ބޮޑު ބޭއިންސާފެއްކަމަށްވެސް ރައީސް ނަޝީދު ދެއްވި ރައްދުގައި ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.