ރަތަފަންދޫ ކައުންސިލް މެމްބަރަކު ރަށު ސުކޫލަށްވަދެ ޓީޗަރަކާއި ދިމާއަށް ހަޅޭއްލެވި މައްސަލައެއް

ރަތަފަންދޫ ކައުންސިލް މެމްބަރަކު ރަށު ސުކޫލަށްވަދެ ޓީޗަރަކާއި ދިމާއަށް ހަޅޭއްލެވި މައްސަލައެއް

Author
ޢަލީ އާދަމް
04 ޖޫން 2021 10:30
0

ގދ. ރަތަފަންދޫ ކައުންސިލުގެ އަންހެން މެމްބަރަކު އެރަށު ސުކޫލަށްވަދެ ކްލާހުގައި ކިޔަވައިދެމުންދިޔަ ޓީޗަރަކާއި ދިމާއަށް ހަޅޭއްލެވުމާއި ގުޅިގެން އެ ސްކޫލުގެ ދަރިވަރުންނަށް ނަފްސާނީގޮތުން އަސަރުކޮށްފައިވާކަން ހާމަވެއްޖެއެވެ.

ޕްރައިމަރީ ގްރޭޑަކަށް ކިޔަވައިދެމުން އަންނަ ޓީޗަރ ދަރިވަރަކަށް ހަނގާކުރި ކަމަށް ބުނެ އެދަރިވަރުގެ މަންމަ އަދި އެރަށު ކައުންސިލްގެ މެންބަރު އަމާނީ މުއީން އެރަށު ސްކޫލުގެ ކިޔެވުން ހިނގަމުން ދަނިކޮށް ވަކި ޓީޗަރަކު ހޯދުމަށް ގިނަ ކްލާސްތަކަކަށް ވަދެ، އެޓީޗަރު ކިޔަވައި ދެމުން ގެންދިޔަ ކްލާހަށް ހަޅޭއްލަވަމުން ވަދެފައިވަނީ މިދިޔަ ބުދަދުވަހުކަމަށް މަޢުލޫމާތު ލިބެއެވެ.

ކޮވިޑްގެ މިހާލަތާއި ގުޅިގެން ސްކޫލުގައި އަޅާފައިވާ ފިޔަވަޅުތަކަށް އެއްވެސް އިޚްތިރާމެއް ނުކޮށް މާސްކު ނާޅާ ސުކޫލަށް ވަދެ ޓީޗަރުގެ މައްސަލަ އެވަގުތު ސުކޫލުގެ މެނޭޖްމަންޓްއާއި ދެއްކި ކަމަށާއި ނަމަވެސް އެމައްސަލައަށް ހައްލު ނުލިބޭ ކަމަށް ބުނެ އެޓީޗަރު ހޯދުމަށް ފަހަރަކު ކްލާހަކަށް ވަންނަމުން ދިޔަކަމަށް ނަން ހާމަކުރަން ބޭނުންނުވާ ކަން ހިގައިދިޔަ ގޮތް އެނގޭ ފަރާތެއް މަޢުލޫމާތު ދެއެވެ. އަދި އެޓީޗަރު ކިޔަވައިދެމުންދިޔަ ކްލާހަށް ވަދެ ކުދިންނަށް އަޑުއިވެން ނުޖެހޭފަދަ ބަސްމަގެއްގައި ވަރަށް ހަރުކަށި ކަމާއި އެކު ޓީޗަރާއި ދިމާއަށް ހަޅޭއްލަވާ ބާރަށް ޒުވާބުކުރި ކަމަށާއި އަދި އެގަޑީގައި ކިޔަވަދެމުންދިޔަ އިރު އެކަން ނުކުރުމަށް ޓީޗަރު ބުނިކަމަށްވެސް އެނގިފައިވެއެވެ. އަދި ސުކޫލުގެ މެނޭޖްމަންޓްއިން އެކަން ހުއްޓާލައި ސުކޫލުން ނިކުތުމަށް އެންގުމުން އެފަރާތްތަކާވެސް ޒުވާބުކޮށް ހަޅޭއްލެވި ކަމުގައި މަޢުލޫމާތު ލިބެއެވެ.

މިކަން ނިސްބަތްވާ ޓީޗަރަކީ 30 އަހަރަށްވުރެ ގިނަ ދުވަހު ސުކޫލަށް ހިދުމަތްކޮށް އަދި ރަތަފަންދޫގެ އެތަށް ޖީލަކަށް ދިވެހި، އިސްލާމް ތަޢުލީމު އުނގަންނައިދީފައިވާ ޓީޗަރެއް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މިކަމާއި ގުޅޭގޮތުން އެޓީޗަރ ބުނީ، ހަނގާކުރުމާއި ދެކޮޅަށް މަސައްކަތްކުރުމަކީ ޓީޗަރުންގެ ޒިންމާއެއްކަމަށާއި ދަރިވަރަކަށް ޓީޗަރަކު އެފަދަކަމެއް ކުރާނަމަ އެއީވަރަށް ސީރިއަސް މައްސަލައެއްގޮތުގައި ބަލަންޖެހޭނެ ކަމަށެވެ.

"އެއްވެސް ދަރިވަރަކަށް ބުލީ ނުކުރަން. އެދަރިވަރުގެ ފެންވަރު ރަގަޅުކުރުމަށް އިތުރުމަސައްކަތް ހަވާލުކުރީ"

– ރަތަފަންދޫ ސްކޫލްގެ ޓީޗަރ

ބައެއް މާއްދާތަކަށް ދަށްކަމަށް ފާހަގަކުރެވިގެން އެކަން ބެލެނިވެރިޔާގެ ސަމާލުކަމަށްވެސް ގެނައި ކަމަށާއި، ނަމަވެސް ކްލާހުގައި ދޭ މަސައްކަތް ނިންމުމަށް "ޕުޝް"ނުކުރުމަށް ބެލެނިވެރިޔާ އެދުނުކަމަށެވެ. ނަމަވެސް އެއް ގްރޭޑުން އަނެއް ގްރޭޑަށް ދަރިވަރު ޕްރޮމޯޓްވާން ހާސިލްކުރަންޖޭހޭ ކަންކަން ހާސިލްނުވާ ކަމަށްވާނަމަ ޓީޗަރެއްގެ ހައިސިއްޔަތުން ދަރިވަރުގެ ކުރިއެރުމަށް މަސައްކަތްކުރާނެ ކަމަށެވެ. އެކަމުގެ ތެރޭގައި މަސައްކަތް ނިންމުމަށް ދަރިވަރަށް އިރުޝާދު ދިނުމަކީ ބެލިވެރިޔާ ހިތްހަމަ ނުޖެހި ޓީޗަރު ދަރިވަރަށް ބުލީކުރުން ކަމަށް ބުނުމަކީ ރަގަޅުގޮތެއް ކަމަށް ނުދެކޭކަމަށެވެ.

"ކައުންސިލަރ އެއަމަލާއި އެކު މިހާރު މިހުންނަނީ ވަރަށް ބޮޑަށް ފިނިވެ ހާސްވެފައި. ވަރަށް ހުތުރުކޮށް ދަރިވަރުން ކުރިމަތީގައި އަޅުގަނޑާއި ދިމާއަށް ހަޅޭއްލުވުމަކީ ކިޔަވައިދިނުމުގައި މި ހޭދަކުރި ދިގުމުއްދަތުގައި އަދި ކުރިމަތިވި ކަމެއް ނޫން" ކަންބޮޑުވުމާއި އެކު ޓީޗަރ ބުންޏެވެ.

މިއަމަލު ހިންގި ކައުންސިލަރު އަމާނީ މުއީންގެ ފޭސްބުކުގައި ބުނެފައިވަނީ، ރަތަފަންދޫ ސްކޫލުގައި ދަރިވަރުނަން ރައްކާތެރި މާހައުލެއް ކަށަވަރުކުރެވެންޖެހޭ ކަމަށާއި، ބުލީކޮށް ނަފްސާނީގޮތުން ދަރިވަރުންނަށް އަނިޔާ ލިބޭއިރު އެކަން ބަލައި ނުގަނެވޭނެ ކަމަށެވެ.

ނަމަވެސް އަމާނީގެ މިއަމަލާއި އެކު އެތައް ދަރިވަރުންނަށް ނަފްސާނީގިތޮތުން އަސަރުކޮށްފައިވާކަމަށާއި ކްލާހުގައި ފިލާވަޅު ހެދުމާއި ކިޔެވުމަށް އެކުދިންގެ ސަމާލުކަން ދަށްވެފައިވާ ކަމަށް ޓީޗަރ ފާހަގަކުރިއެވެ.

މިކަމާއި ގުޅޭގޮތުން ރަތަފަންދޫ ސްކޫލަށް ގުޅާލުމުން ވިދާޅުވީ މިމައްސަލައާއި ގުޅޭގޮތުން އެއްވެސް ކޮމެންޓެއް މިވަގުތުކުރަން ބޭނުންނުވާ ކަމަށެވެ.

މިފަދަ އަމަލުތަކަކީ ދަރިވަރުންގެ މެދުގައި ޓީޗަރުނަށް އިޙްތިރާމް ކުޑަވެ އަދި ޒަމާނުއްސުރެ ދިވެހިން މުޖުތަމައުގައި ޓީޗަރުންނަށްކުރާ އަގު ވަޒަންނުކުރާކަމުގެ ހެއްކެކެވެ. ފިލާވާޅު ހެދުމަށް ނަސޭހަތްތެރިވެ ކިޔަވާ ކުދިންނަށް އެނގެންޖެހޭ މިންވަރު އަށަގެންނެވުމަށް މަސައްކަތް ކުރާ އަދި އެކަމަށް ބާރުއަޅާ ޓީޗަރުންނަށް ބެލެނިވެރިންގެ ފަރާތުން ކުރާ ފުރައްސާރައަކީ ރާއްޖޭގެ ބައެއް ސުކޫލްތަކުގައި އާންމު ކަމެކެވެ. އަދި މިއީ ދިވެހިރާއްޖޭގައި ތައުލީމީ ޖީލެއް ބިނާކުރުމަށް އޮތް ހުރަހެއްކަމުގައި ބުނެވިދާނެއެވެ. މިކަމާ ގުޅޭ ގޮތުން ބެލެނެވެރިން އަހުލުވެރިވެ އަދި އަހުލުވެރިކުރުވުމަކީ އަދުގެ ޖީލަށް މުހިންމު ކަމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޢ ޢީގަލް
ޝަފިޔާ ސުކޫލު ޓީޗާރ މީނަކައިރީ އަހާ ރައްމެދަށް ވިހެއިންތޯ؟ އަދި ވިހޭ ކުޖާ ތަޅާ ތަޅާ މަރާ ލެވުނު ތޯ؟ ޙަބަރެއް ޖަހާ ލެވުނީމަ އެ ނިމުނީކީ ނޫންދޯ.؟ ޚަމުގެ ގަގީ ގައިތް ބަލާލުންވެސް މުހިނމު.
ކ ކީކޭބުނާނީ
ގަބޫލުކުރަންޖެހޭ ހަގީގަތަކީ އަހަރެމެންކުޑައިރު ކިޔަވައިދެނީ ރަތަަންދޫގަ 2އެދުރުގެއިން ބޮޑުމަގަށްވާގޮތަށްހުން ގެއެއް ފާހަގަވެފައިވޭ ކުދިންނަށް އަަަދަބުދިނުމަށް ހަދާފައިހުންނަ ކަށިކެޔޮގަސްކަޑައިގެން އެގަހުގަ އެކި ދިމަދިމާގައި ލޯވަޅު އަޅާައި އަނދަގޮނޑި ގޮތަށް ހަދާފައިހުންނަނީ ނުކިޔަވާކުދިން ތިބެނީއޭގެ ދެލޯވަޅަކަށް ދެފައިކޮއްޕާފަ އެހެން ބައިތިއްބައިގެން އެކުދިންކާރީ ބުނާނެ އަތްދިއްކުރާށޭ ދެން ހިމައޮނުބުރިއަކުން އަތްތިލައިގަ ތަޅާނީ އަދި އިލޮށިފަތީގެ ދެކޮޅުންވެސްތަޅާނެ މިކަންކުރަނީ މަގުމަތިންދާހާބަޔަކަށްފެންނަގޮތަށް އެތަންފެންނާތީ ބިރުން މަ ނުދަން އެގެއަކަށް އެއީ މިއުޅޭއަމާނީ ގެ މައިފުންގެކަމަށް ލަފާކުރެވެނީ އެހެންވީމާ މީނަގެ ކަށީގަވެސް މި ހަރުކަށިކަން ހިފާނެ މީ ވަރަށް ހުތުރުކޮށް ކުދިންނާއި މުއާމަލާތުވެސްކުރާބައެއް ކުދިންގެ މައިންބަައިންނަށް އަވަގުރާނަވެސް ގިވާކަމަށްވަނީ އަދަގޮނޑީގަ ބައިތިއްބައިގެން
އ އީގަލް
ތިޔަބުނާ ޓީޗަރު ރަށް މެދައް ވިހޭތަ.؟ ޢަދި ވިހޭކުއްޖާ މަރާލިތަ.؟ ޙަމަ އަހާލި....
އ އަހަންމައިދީ
ޓީޗަރުންނަށް ކުރާ ފުރައްސާރައިން ކުދިން ޓީޗަރުންނަށް ކުރާ ގަދަރު ކުޑަވެ، ކްލާހުގައި ކޮންމެ ގޮތަކައް އުޅުނަސް ނުކިޔެވިއަސް ފާސް ވާނެ ކަމަށް ވިސްނުވައިދީ އެއަށް ބާރުކުރުވުމުން ނުކުންނަ ނަތީޖާ ވަރަށް ހިތިވާނެ ކަން ދަންނާށެވެ. އަދި މަގާމުގެ ބާރު ބޭނުން ކޮއްގެން ތިކުރާ ނޭދެވޭ އަމަލުތައް ބަލައި ނުގައްނާނެ ކަން ވިސްނާށެވެ.
ހ ހިޔަލަ
ތި ލިޔުން ލިޔުއްވި ބޭފުޅަކަށް ރަހުމަތްލައްވާނެ ހެޔޮވާހަކައެއް ތީހަމަ ތިކަން ހިގިގޮތް ތިޔަ ބެލެނިވެރިޔަކީ ގަަދަބާރުން ކަންތައްކުރުމަށް އާދަވެފައިވާ މީހެއްކަންފާހަގަކުރެވިފައިވޭ ކެމްޕެއިންކުރިދުވަސްވަރު މީހަކުހެޔޮނަސޭހަތެއްދީގެން އެމީހާ އާއިދިމާލަށްއެކަމާހިތްހަމަނުޖެހިގެން އެފް ބީގަ އެވާހަކަ ލިޔެފައިވަނިކޮށްދުށިން އެވެސް އޭނަ ސިފަކޮށްފައިވަނީ އޭނަގެ މިނިވަންކަމަށް އަރައިގަތީއޭ ފަހުން އެގުނުގޮތުގައި އެމީހަކު ބުނެފައިވަނީ އޮރިޔާން ނިވާކޮޮށްގެން އުޅުމަށް "މަވާސަލާމް"
D Dr.Maulaana waheed
ކައުންސިލަރެކޭ ބުނާތީ ލަދުގަނޭ އިސްތިއުފާ ދީފައި ގެއަށްދޭބަލަ.
ށ ށޖުޖާ
ހިތިޔަ ކައުންސިލް މެމްބަރަކީ ސީދާ ކަޓަރޯ އޮރިޔާމުން ހުންނަ މެމްބަރެއް