ކޯވިޑްގައި އިތުރު މީހަކު ނިޔާވެއްޖެ

ކޯވިޑްގައި އިތުރު މީހަކު ނިޔާވެއްޖެ

Author
މުޙައްމަދު ޖިމީ
04 ޖޫން 2021 12:35
0

ރާއްޖޭގައި ކޯވިޑް-19އަށް ފަރުވާދެމުން އައި އިތުރު މީހަކު ނިޔާވެއްޖެއެވެ. ނިޔާވެފައިވަނީ  ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހެކެވެ.

އެޗްޕީއޭއިން ބުނީ ކޯވިޑް-19 ބަލީގައި އެންމެ ފަހުން ނިޔާވެފައިވަނީ 63 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. މިއީ މިއަދު މިބަލީގައި ނިޔާވި 3 ވަނަ މީހާއެވެ. މިއަދު ކުރިން ނިޔާވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންގެންދިޔަ މީހަކާއި ގދ. ތިނަދޫގައި ހުންނަ ކޯވިޑް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ މީހެކެވެ. މިބަލީގައި ނިޔާވި މީހުންގެ ޢަދަދު 174އަށް އަރާފައިވާއިރު، މީގެ ތެރޭގައި ހިމެނެނީ 158 ދިވެހިންނާއި 16 ބިދޭސީންނެވެ.

ކޯވިޑް ބަލީގައި ހާލު ދެރަވުމުގެ ސަބަބުން އުމުރުން 7 އަހަރުގެ ކުއްޖަކަށް ވެންޓިލޭޓަރުގައި މިހާރުވެސް އަންނަނީ ފަރުވާދެމުންނެވެ. މިބަލީގައި މިޖޫންމަހުގެ ފުރަތަމަ ދުވަހު އެކަނިވެސް 8 މީހުން ވަނީ ނިޔާވެފައެވެ. އަދި މިދިޔަ މެއިމަހަކީ ކޯވިޑް ބަލީގެ ނުރައްކާ އެންމެ ބޮޑުވެ މިބައްޔަށް ގިނަ މީހުން ޕޮޒިޓިވްވެ، މިބަލީގައި އެންމެ ގިނަ މީހުން ނިޔާވެފައިވާ މަހެވެ.

މެއިމަހު 34516 މީހުން މި ބައްޔަށް ޕޮޒިޓިވްވެފައިވާ 88 މީހުން ވަނީ ނިޔާވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.