އެމަޖެންސީގައި އައިޖީއެމްއެޗަށް ގެންދިޔަ، ކޯވިޑް19 އަށް ޕޮޒިޓިވް މާބަނޑު އަންހެނެއްގެ ދަރިފުޅު ނިޔާވެއްޖެ އެވެ.
އައިޖީއެމްއެޗުން ބުނީ އެއަންހެން މީހާއަށް މިހާރު ދަރަމަވަންތަ ހޮސްޕިޓަލުގެ 16 ވަނަ ފަންގި ފިލާގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އަދި އެމީހާ އައިޖީއެމްއެޗްގެ އީއާރަށް ގެންދިޔައިރުވެސް ދަރިފުޅު ނިޔާވެފައިވާކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. ނަމަވެސް ކުއްޖާ ނިޔާވީ ސީދާ ކޮން ސަބަބަކާ ހުރެ ކަން ދެނެ ނުގަނެވޭކަމަށްވެސް ހޮސްޕިޓަލުން ބުނެއެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައި އެ އަންހެން މީހާ ވިހާފައިވަނީ އެންބިއުލާންސްގެ ތެރޭގައެވެ. އަދި އެފަދަ ހާލަތެއްގައި ކުއްލި ފަރުވާދެވޭނެ އެއްވެސް ވަސީލަތެއް އެ އެމްބިއުލާންސްގައި ނެތްކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
އެހެންނަމަވެސް މިކަމާގުޅޭ އެއްވެސް ތަފްސީލެއް އަދި މިހާތަނަށް ހޮސްޕިޓަލުންވެސް ހާމައެއް ނުކުރެއެވެ.
މި ހާދިސާ ހިނގާފައި މިވަނީ އެމްބިއުލާންސެއް ބަލި މީހާ އާއި ހަމައަށް ދިއުން ލަސްވުމުގެ ސަބަބުން ފަރުވާނުދެވި ކޯވިޑް ބަލީގައި 10 އަހަރުގެ ކުއްޖަކު ނިޔާވި އެމައްސަލާގައި އިހުމާލުވާ ފަރާތްތައް ހޯދުމަށް އެކަމުގެ ތަހުގީގު ކުރިއަށްދަނިކޮށެވެ.
ކޮމެންޓު ފޮނުވާ