މާލެ ތެރޭ ސިނާޢީ މަސައްކަތްކުރާ ތަންތަން އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރުމަށް ސާވޭއެއް

މާލެ ތެރޭ ސިނާޢީ މަސައްކަތްކުރާ ތަންތަން އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރުމަށް ސާވޭއެއް

Author
ޢަލީ އާދަމް
03 ޖޫން 2021 01:50
0

މާލެތެރޭގައި ހުރި ގުދަން، ގަރާޖު، ވޯކްޝޮޕް، ވަޑާންގެ، ގާއަޅާ ތަންތަން ފަދަ ސިނާޢީ މަސައްކަތް ކުރާ ތަންތަން އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރުމަށް މާލެ ސިޓީ ކައުންސިލުން ސާވޭއެއް ފަށައިފި އެވެ.

މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިފަދަ ތަންތަނަށް ހާއްސަކޮށް ހިއްކާފައިވާ އިންޑަސްޓްރިއަލް ވިލެޖަށް އެތަންތަން ބަދަލުކުރުމަށް ސަރުކާރަށް ދެންނެވުމަށް އެފަދަ ތަންތަނާބެހޭ މަޢުލޫމާތު އެއްކުރުމަށް ސާވޭ އެއް ފަށާފައިވާ ކަމަށެވެ.

އިންޑަސްޓްރިއަލް ވިލެޖަކީ މާލޭގައި ހުރި އެފަދަ ތަންތަން ބަދަލުކުރުމަށް ކުރީގެ ސަރުކާރުގައި، ހައުސިން މިނިސްޓަރުގެ މަގާމުގައި މުއިއްޒު ހުންނެވި އިރު ހިއްކައި ތަރައްގީކޮށްފައިވާ ތަނެކެވެ. އަދި މިތަނަށް ސިނާޢީ މަސައްކަތް ކުރާ ތަންތަން ބަދަލުކުރުމަކީ ސިޓީ ކައުންސިލް އިންތިހާބުގައި މުއިއްޒު ވެވަޑައިގެންނެވި އެއް ވައުދެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި، އިންޑަސްޓްރިއަލް ވިލެޖް ތަރައްޤީކުރީ މައިގަނޑު ދެ ބޭނުމެއްގަ އެވެ. އެއީ ސިނާއީ މަސައްކަތް ކުރާ ތަންތަން މީހުން ދިރިއުޅޭ ސަރަހައްދާ ދުރުކޮށް އެއް ސަރަހައްދެއްގައި ބެހެއްޓުމާއި މާލެއިން އިތުރު ހުސް ޖާގަ ހޯދައި ބޯހިޔާވަހިކަމަށާއި ހިތް ފަސޭހަ ކުރުމަށް ބޭނުންވާ ޖާގަތައް ހޯދުމެވެ.

އެގޮތުން މާލެތެރެއިން އެފަދަތަންތަން ބަދަލުކުރުމުން 2،000 އެއްހާ ހައުސިން ޔުނިޓް އަޅާނެ ޖާގަ އާއި ހިތްފަސޭހަކޮށްލާނެ ޕާކް ފަދަ ތަންތަން ތަރައްްޤީ ކުރާނެ ޖާގަ ލިބޭނެ ކަމަށް މުއިއްޒު ވަނީ އަންދާޒާ ކުރައްވާފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.