ގދ. ތިނަދޫގައި ކާރެއް މޫދަށް ވެއްޓި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް އަނިޔާވެއްޖެ އެވެ.
ތިނަދޫ އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނީ ކާރު އެކްސިޑެންޓްގައި އަނިޔާވި 3 މީހަކަށް އެ ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދާކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.
އެ ރަށުން ވާހަކަދެއްކި މީހަކު ބުނީ އެކްސިޑެންޓްގެ ސަބަބުން އެކަކުގެ ހާލު ސީރިއަސް ކަމަށާއި، އެއީ ކާރު ދުއްވަން އިން މީހާ ކަމަށެވެ.

ކާރު ކޮންޓްރޯލު ނުވެގެން ގޮސް މޫދަށް ވެއްޓިފައި ވަނީ ތިނަދޫ ހުޅަނގު ފަރާތުގައި ޖަހާފައި ހުރި ބޮޑު ހިލަތަކު މަތިންނެވެ.
ކޮމެންޓު ފޮނުވާ