ހަންޏާމީދޫ ބަނދަރަށް ބޭނުންވާ ބޮޑުހިލަ އެރަށަށް ގެންގޮސްފި

ހަންޏާމީދޫ ބަނދަރަށް ބޭނުންވާ ބޮޑުހިލަ އެރަށަށް ގެންގޮސްފި

Author
ޢަލީ އާދަމް
02 ޖޫން 2021 05:34
0

އދ ހަންޏާމީދޫ ގައި ތަރައްގީ ކުރަމުންދާ ބަނދަރުގެ ބޭރުތޮށި ލުމަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމަންޓު އެރަށް ގެންގޮސްފި އެވެ.

ބަނދަރުގެ މަސައްކަތް ކުަރަމުންގެނަދާ އެމްޓީސީސީން ބުނީ، މި މަޝްރޫއަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓު މިދިޔަ ހޯމަ ދުވަހު ޕްރޮޖެކްޓު ސައިޓަށް ގެންދެވިފައި ވާކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 6,363.1 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 204 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށި ލުމާއި، 266 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 160 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނޭ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ. އަދި މަގު ބައްތި ހަރުކުރުމާއި، 1,330 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުންވެސް މި ޕްރޮޖެކްޓްގައި ހިމެނޭ ކަމަށް އެކުންފުނިން ބުނެއެވެ.

ހަންޏާމީދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުއަކީ ޖުމުލަ 32.2 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިންގ، އެންޑް އިންފްރާސްޓްރަކްޗަރ އިން މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2019 ވަނަ އަހަރު ޑިސެމްބަރު މަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.