ކޯވިޑްގައި އިތުރު މަރެއް، މިމަހުގެ 10 ވަނަ މަރު

ކޯވިޑްގައި އިތުރު މަރެއް، މިމަހުގެ 10 ވަނަ މަރު

Author
ޢަލީ އާދަމް
02 ޖޫން 2021 04:14
0

ކޯވިޑް19 ޖެހިގެން ރާއްޖެއިން އިތުރު އަންހެނަކު ނިޔާވެއްޖެ އެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ނިޔާވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ 84 އަހަރުގެ ދިވެހި އަންހެނެކެވެ.

މިއީ މިމަހުގެ އަދި މި ފާއިތުވި 2 ދުވަހުގެ ތެރޭގައި ކޯވިޑް ބަލީގައި ނިޔާވި 10 ވަނަ މީހާ އެވެ. މިއާއެކު ރާއްޖެއިން ކޮވިޑުގައި ނިޔާވީ މީހުންގެ ޖުމުލަ ވަނީ 171 އަށް އަރައިފަ އެވެ. އެއީ 155 ދިވެހިންނާއި 16 ބިދޭސީންނެވެ.

މިއަދު ވަނީ ރާއްޖެއިން ކޯވިޑް 19ގައި ނިޔާވި އެންމެ ހަގު ކުއްޖާވެސް ނިޔާވެފައެވެ. އުމުރުން 10 އަހަރުގެ އެ އަންހެންކުއްޖާ ނިޔާވެފައި ވަނީ ރޭ 12:10 ގައެވެ.

ކޯވިޑް ބަލީގައި މިހާތަނަށް ރާއްޖޭގައި އެންމެ ގިނަ މީހުން ނިޔާވީ މިދިޔަ މަހުއެވެ. އެގޮތުން މިދިޔަ މަހު ޖުމްލަ 88 މީހުން މިބަލީގައި ރާއްޖޭގައި ނިޔާވިއެވެ.

ކޯވިޑް-19ގެ ނުރައްކާ ކުޑަކުރުމަށް މިހާރު އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާއެކު، ކުރިއަށް އޮތް ދުވަސްތަކުގައި ޕޮޒިޓިވް ކޭސްތައް މަދުވިޔަސް، މަރުވާ މީހުންގެ އަދަދު އިތުރުވުމުގެ ފުރުޞަތު އެބައޮތްކަމަށް، ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުން މީގެކުރިން ވަނީ ބުނެފައެވެ. ނަމަވެސް ފިޔަވަޅުތަކަށް ރަނގަޅަށް ސަމާލުކަންދީ، އަދަދު މަދުކޮށްފިނަމަ ނުރައްކާ ކުޑަވެގެންދާނެކަމަށްވެސް ޓެގް ޓީމުން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.