10 އަހަރުގެ ކުއްޖާ ނިޔާވި މައްސަލަ މަޖިލީހަށް

10 އަހަރުގެ ކުއްޖާ ނިޔާވި މައްސަލަ މަޖިލީހަށް

Author
މުޙައްމަދު ޖިމީ
02 ޖޫން 2021 02:15
0

ކޯވިޑް-19ގައި ރޭ އުމުރުން 10 އަހަރުގެ ފާތިމަތު މިޝްކާ ނިޔާވި މައްސަަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.

މިޝްކާ ނިޔާވެފައިވަނީ ހޮސްޕިޓަލަށް ގެންދިއުމުގައި ލަސްވެގެންކަމަށް އެ ކުއްޖާގެ އާއިލާއިން ވަނީ ބުނެފައެވެ. އެގޮތުން އެމްބިއުލަން އައުމަށް 2 ގަޑިއިރު ނެގިކަމަށް އާއިލާއިން ވަނީ ބުނެފައެވެ. އަދި ހެލްތު މިނިސްޓަރ އާއިލާއަށް ގުޅުއްވާ މައާފަށް އެދިފައިވާކަމަށްވެސް މައުލޫމާތުލިބިފައިވެއެވެ. މިއާއެެކު ބައެއް ފަރާތްތަކުގެ ފާޑުކިއުން އެޗްޕީއޭ އަދި ހެލްތު މިނިސްޓްރީއަށް ވަނީ އަމާޒުވެފައެވެ.

މިޝްކާ ނިޔާވި މައްސަލަ މަޖިލީހަށް ހުށައެޅުއްވީ މައްޗަށްގޮޅި ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ޚައިތަމްއެވެ. އޭނާ ހުށައެޅުއްވި މައްސަލާގައި ވަނީ، އެމްބިއުލެންސް ލަސްވުމުގެ ސަބަބުން ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިއުން ލަސްވެ، އުމުރުން 10 އަހަރުގެ ކުއްޖެއް މި ދުނިޔެއާއި ވަކިވެގެން ގޮސްފައިވާކަން ފާހަގަކޮށްފައިވެއެވެ. އާއިލާ އާއި މީޑިއާއިން މައުލޫމާތު ލިބުން ގޮތުގައި މި ކުއްޖާ ހާލު ދެރަވެގެން އެޗް.ޕީ.އޭ އަށް ގުޅުމުން އެމްބިއުލެންސް އަސްފައިވަނީ 2 ގަޑި އިރާއި 20 މިނެޓް ފަހުންކަމަށް އެނގިފައިވާކަމަށްވެސް ޚައިތަމް ހުށައެޅުއްވި މައްސަލާގައިވެއެވެ.

މިއީ މިގޮތައް ކުއްލި ހާލަތުގައި ސިއްހީ ފަރުވާ ލަސްވުމުގެ ސަބަބުން ހިތާމަވެރި ހާދިސާއެއް ހިނގާ ދިޔަ ފުރަތަމަ ފަހަރެއް ނޫންކަމަށާއި، ކޯވިޑް19 ގެ ކުރިންވެސް ރައްޔިތުންގެ ފަރާތުން ކުއްލި ހާލަތުގައި ސިއްހީ ފަރުވާ ލަސްވުމުގެ ސަބަބުން އެތައް ޝަކުވާތަކެއް ވަނީ ލިބެމުންގޮސްފައިވާކަމަށްވެސް ޚައިތަމްގެ މައްސަލާގައި ވިދާޅުވެފައިވެއެވެ. މިކަން މިގޮތައް ތަކުރާރު ވަމުންދާ ސަބަބު ދެނެގަތުމަށް، ސިއްހީ ފަރުވާ ލިބުން ލަސްވާ ސަބަބާއި، މިކަން މިއަށް ވުރެން ފަރުވާތެރި ކަމާއިއެކު ނުގެންދެވޭ ސަބަބާއި، މާލޭގެ އާބާދީ އާއި އެކަށީގެން ވާވަރަށް ހިދުމަތް ދެވޭނެ އަދަދަށް ސިއްހީ އާލާތްތަށް ހުރިތޯ ބެލުން އަދި މިކަމުގައި ޒިންމާ ނަގަން ޖެހޭ ފަރާތްތަކާއި ސުވާލު ކުރެވެންޖެހޭ ކަމަށް ދެކެވަޑައިގަންނަވާކަމަށްވެސް ވިދާޅުވެފައިވެއެވެ.

މިކަމުގެ ސަބަބުން އިތުރު ފުރާނަތަކެއް ގެއްލިގެން ދިޔުމުގެ ކުރިން މިކަމުގައި ޒިންމާ ނަގަން ޖެހޭ ފަރާތްތައް މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީ އަށް ޙާޒިރުކޮށް މިމައްސަލަ ވީހާވެސް އަވަސް ފުރުސަތެއްގައި ބައްލަވައި ދެއްވުން އެދި ދެންނެވީމެވެ.

މިޝްކާގެ އާއިލާއިން ބުނެފައިވަނީ އެޗްޕީއޭގެ ހޮޓްލައިން 1676 އަށް އާއިލާއިން ތަކުރާރުކޮށް ގުޅުމުން އެ ގެކައިރިއަށް އެމްބިއުލަން ގޮސްފައިވާކަމަށް ބުނެފައިވާކަމަށެވެ. އެޗްޕީއޭއިން އެހެން ބުނިނަމަވެސް އެމްބިއުލަން އައިސްފައިވަނީ ވަރަށް ލަހުންކަމަށާއި، އެ ވަގުތުގެ ތެރޭގައި ކުއްޖާގެ ހާލު ވަރަށް ސީރިއަސްވެފައިވާކަމަށް އާއިލާއިން ބުންޏެވެ. މިޝްކާގެ ނޭފަތުން ގިނަ ޢަދަދެއްގެ ލޭ އައިސް ނޭވާލުމަށް ދަތިވެފައިވާކަމަށާއި، އެމްބިއުލަންސް ލަސްވި މައްސަލާގައި ޒިންމާ ނަގަންޖެހޭނީ ކޮންބައެއްތޯ އާއިލާން ވަނީ ސުވާލުކޮށްފައެވެ.

ހެލްތު މިނިސްޓްރީން މިއަދު ބުނީ އެމްބިއުލަންސް ލަސްވުމުގެ ސަބަބުން އެކުއްޖާ ނިޔާވި މައްސަަލަ ބަލަން ފަށާފައިވާކަަމށެވެ. އަދި އަދި އެކަމާއި ގުޅިގެން ބައެއް އުސޫލުތަކަށް ބަދަލު ގެނެސްފައިވާކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ. ނަމަވެސް އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މަރިޔަނބު
މިއީ އެއްވެސްގޮތަކުން ބަލައިގަނެވޭނެ ކަމެއްނޫން، މުޅި ސަރުކާރު އެއްކޮށް ފެއިލްވެފަ މިއޮތީ، ކަލޭމެންގެ އިހުމާލުން ކިތައް ތުއްތު ދަރިންތޯ ބަނޑައް މަރުވީ، މިމީހުން ތަހުގީގުކޮއް ހައްގު އަދަބު ދޭންއެބަޖެހޭ، އާންމު ރަތްޔަތަކައް ކޮންމެކަމެއްވިޔަސް ވަރިހަމަވާމަންޒަރު މިފެންނަނީ، ހެލްތުމިނިސްޓަރަކައް 90 އަހަރުވެފަ ހުރި ޒާތީ މީހަކު ލައިގެން ކޮންސަކަރާތެެއްތަ މިޖަހަނީ، މެނޭޖްނުކުރެވިފެން ފެސިލިޓީގަ ވެސް ކިތައްމީހުން މި ދުނިޔެއާ ވަކިވެގެން އެދިޔައީ، މިކަމަކައް ތައްޔާރު ވަނީއޭކިޔާފަ މުޅި ދައުލަތް ހުސްކޮއްފި، އާންމު ރަތްޔިތަކައްވީ ފައިދާއެއްނެތް