ޢުމުރުން 1 އަހަރުނުވާ 381 ކުޑަކުއްޖަކަށް މިދިޔަ މަހު ކޯވިޑް ޖެހުނުކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.
އެޗްޕީއޭއިން ބުނީ ރާއްޖގައި ކޯވީޑް ޖެހޭ ކުޑަކުދިންގެ ޢަދަދު އިތުރުވެފައިވާކަމަށާއި، ފާއިތުވި މަހު އެއް ހަރަު ނުވާ ގިނަ ކުދިންތަކެއް ޕޮޒިޓިވްވެފައިވާކަމަށެވެ. އޭގެ ތެރޭގައި އަލަށް އުފަންވި ކުދިންވެސް ހިމެނެއެވެ. މޭމަހަކީ މި ބަލީގެ ނުރައްކާ ރާއްޖޭގައި އެންމެ ބޮޑުވި މަހެވެ. މޭމަހު އެކަނިވެސް 34516 މީހުންނަށް މި ބަލީ ރާއްޖެއިން ވަނީ ޖެހިފައެވެ.
Over the past month, close to 400 newborns and children less than a year old has tested positive to COVID-19.
Limiting going out, and practicing safe behaviours can protect your loved ones from being infected with the virus. pic.twitter.com/uGWZhispb8
— Health Protection Agency (@HPA_MV) June 1, 2021
އޭގެތެރޭގައި 10 އަހަރުން ދަށުގެ 5000 ކުދިން ހިމެނޭކަން އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ. ނިމިދިޔަ މޭމަސް ފެށުނުއިރު ރާއްޖޭގައި ކޯވިޑްގެ ނަމްބަރުތައް ހުރީ 500 އިން ދަށުގައެވެ. އެހެންނަމަވެސް މިއަދަދުތައް މައްޗަށް އަރަމުން ގޮސް 1000 މައްޗަށް އަރާ ރެކޯޑް އަދަދުތަކަށް މީހުންވަނީ ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވެފައެވެ.
މި ފަހަރުގެ ކޮވިޑު ރާޅުގައި ކުޑަކުދިންވެސް ވަރަށް ވަރަށް ބަލިވާންފަށައިފި?
ޚާއްޞަކޮށް؛
ދިފާޢީ ނިޒާމްދަށް ?( ސުޓެރއިޑް ފަދަ ބޭހުން ވިޔަސް ނުވަތަ ކެންސަރު ނޫނީ އުފެދުމުގައި ހުންނަ ކަމަކުން ވިޔަސް)
ކިޑްނީބަލި
ބަރުދަން މާމަތި
އެދުމަތިވެފައިތިބޭ ?— Ahmed Faisal (@Faisalnaifaru) June 1, 2021
ކުޑަކުދިންގެ ބަލިތަކުގެ ޚާއްޞަ ޑޮކްޓަރު އަޙްމަދު ފައިސަލް ވިދާޅުވީ، މި ފަހަރުގެ ކޮވިޑު ރާޅުގައި ކުޑަކުދިންވެސް ވަރަށް ވަރަށް ބަލިވާންފަށާފައިވާކަމަށެވެ. އޭގެ ތެރޭގައި އެކި ސަބަބުތަކާއި ހެދި ދިފާޢީ ނިޒާމު ދެރަ ކުދިން ހިމެނެއެވެ. އޭގެތެރޭގައި ފަރުވާ ދިނުމުގައި ބޭނުންކުރާ ސްޓެރޮއިޑް ބޭސް ބޭނުންކުރަމުންދާ ކުދިންނާއި ކެންސަރަށް ފަރުވާ ހޯދަމުންދާ ކުދިންނާއި އުފެދުމުގައިވެސް ދިފާޢީ ނިޒާމުގެ ބާރު ދަށް ކުދިންނާއި ކިޑްނީގެ ބަލިތައް ހުންނަ ކުދިންނާއި ބަރުދަން މާ މަތީގައި ހުންނަ ކުދިންނާއި އެނދުމަތިވެފައި ތިބޭކުދިން ހިމެނޭކަމަށް ޑރ.ފައިސަލް ވިދާޅުވެއެވެ.
ކޮމެންޓު ފޮނުވާ