ރާއްޖެއިން ޗައިނާ ވެކްސިނެއް ނުގަންނާނެ: ނަސީމް

ރާއްޖެއިން ޗައިނާ ވެކްސިނެއް ނުގަންނާނެ: ނަސީމް

Author
މުޙައްމަދު ޖިމީ
02 ޖޫން 2021 08:40
0

ކޯވިޑް ވެކްސިން ޗައިނާއިން ހޯދުމުގެ ވިސްނުމެއް ސަރުކާރުގެ ނެތްކަމަށް ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ނޫހެއްކަމަށްވާ ޓައިމްސް އޮފް އިންޑިއާއަށް މިނިސްޓަރ ނަސީމް ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވެފައިވަނީ، ޗައިނާއިން ރާއްޖެއަށް 200،000ވެކްސިން ހަދިޔާކޮށްފައިވާކަމަށެވެ. ނަމަވެސް ޗައިނާއިން އިތުރަށް ވެކްސިން ހޯދުމުގެ ވިސްނުމެއް ސަރުކާރުގެ ނެތްކަމަށް ނަސީމް ވިދަޅުވިއެވެ. ޗައިނާއިން ރާއްޖެއަށް ހަދިޔާކޮށްފައިވަނީ ސިނޮފާމް ވެކްސިނެވެ. އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ވެކްސިން ހުސްވެ އަދި އޯޑަރު ކުރި ވެކްސިން ލިބިފައިނުވާތީ މިހާރު ރާއްޖޭގައި ޖަހަމުން އަންނަނީވެސް ޗައިނާ ވެކްސިނެވެ.

މިނިސްތަރ ނަސީމް ވިދާޅުވީ، އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުން އުފައްދާ ކޮވިޝީލްޑް ވެކްސިން ލިބުން ދަތިވެ، ވެކްސިން ޖެހުން ލަސްވަމުންދާކަމަށެވެ.

ރާއްޖޭގައި މިވަގުތު ހުރި ކޯވިޑް ދިފަޢު ވެކްސިންގެ ސްޓޮލް ވަނީ މަދުވެފައެވެ. އެގޮތުން ސެންޓްރަސް ސްޓޮކްގައި މިވަގުތު ހުރީ، ކޮވިޝީލްޑް ވެކްސިންގެ 310 ޑޯޒްއާއި، ސިނޮޕާމް ވެކްސިންގެ 59،687 ޑޯޒްއާއި، ފައިޒާ ވެކްސިންގެ 1841 ޑޯޒްކަމަށް އެޗްއީއޯސީން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވެއެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ 310،159 މީހުންނެވެ. އަދި ދެވަނަ ޑޯޒް 167،757 މީހުން ވަނީ ޖަހާފައެވެ. މިނިސްޓަރ ނަސީމް ވިދާޅުވީ، އިންޑިއާގެ ކޮވިޝީލްޑް ވެކްސިން ޖެހި ފުރަމަ ޑޯޒް ޖެހި ބައެއް މީހުންނަށް ދެވަނަ ޑޯޒް ނުދެވި 12 ހަފްތާވެސް ވެފައިވަކަމަށެވެ.

ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް ކަނޑައަޅަފައިވާ މައްދަތަކީ 8 ހަފްތާއާއި 12 ހަފްތާއާއި ދެމެދުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

a ali
މީހުންގެ ފުރާނައަށްވުރެ ނަސީމަށް މުހިންމުވީ ސިޔާސީ ވުންތޯ؟ އިސްތިއުފާދީ ތިކަމެއް ނުވި