މަޖިލިސް ގޮއްވާލާނެކަމަށް ބުނެ ސޯޝަލް މީޑިއާގައި ކޮމެންޓްކުރި ޒުވާނާ ފުލުހުން ހައްޔަރުކޮށްފިއެވ. ހައްޔަރުކޮށްފައިވަނީ ޢުމުރުން 28 އަހަރުގެ ފިރިހެނެކެވެ. ފުލުހުން ބުނީ ޓެރަރިޒަމްގެ އަމަލަކަށް ހިތްވަރު ލިބޭގޮތަށް ދައްކާ ވާހަކައާއި، އެފަދަ އިންޒާރުތައް ވަރަށް ސީރިއަސްކޮށް ބަލާނެ ކަމަށާއި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތައް އަޅާނެކަމަށެވެ.
ފުލުހުން ބުނެފައިވަނީ، ޓެރަރިޒަމަށް ހިއްވަރު ލިބޭގޮތަށް، ތަންތަނަށާއި، މީހުންނަށް ގެއްލުން ދޭނެކަމަށް ބުނެ ސޯޝަލް މީޑިއާ އަދިވެސް އެހެނިގެން ގޮތްގޮތުންދޭ އިންޒާރުތަކަކީ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލައި ފިޔަވަޅު އަޅަމުން ގެންދާ މައްސަލަތަކެއްކަމަށެވެ. އެގޮތުން މަޖިލިސް ގޮއްވާލާނެކަމަށް ބުނެ މީހަކު ކޮށްފައިވާ ކޮންމެންޓެއްގެ މައްސަލަ ވަނީ ފުލުހުންގެ ސަމާލުކަމަށް އައިސްފައެވެ. މި މައްސަލައާއި ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބަލަމުން ގެންދާކަމަށް ފުލުހުން ބުނޏެވެ.
ފުލުހުން މި މައްސަލަ ބަލަމުންދާއިރު، ލޭއޮހޮރުވުމަށާއި، ޓެރަރިޒަމަށް ހިއްވަރު ލިބޭ ވާހަކަ ދެއްކުމަކީ ކުށެއްކަމަށް ކަނޑައެޅުމަށް ބިލެއް އެކުލަވާލާ ބަންޑާރަ ނާއިބު ވަނީ ރައީސް އޮފީހަށް އެ ބިލް ހުށައަޅުއްވާފައެވެ. ޓެރަރިޒަމަށް ހިތްވަރުދިނުމުގެ އަމަލެއް ކޮށްފި މީހެއްގެ އަދަބަކީ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.
ކޮމެންޓު ފޮނުވާ