ފާޑުކިއުން ބޮޑުވެ މިސްކިތްތައް އަލުން ހުޅުވާލައިފި

ފާޑުކިއުން ބޮޑުވެ މިސްކިތްތައް އަލުން ހުޅުވާލައިފި

Author
މުޙައްމަދު ޖިމީ
01 ޖޫން 2021 10:15
0

މާލެ ސަރަޙައްދުގައި ހިމެނޭ މިސްކިތްތައް ގިނަ މިސްކިތްތަކެއް  އިސްލާމިކް މިނިސްޓްރީން އަލުން ހުޅުވާލައިފިއެވެ. މިސްކިތްތައް ހުޅުވާފައި މިވަނީ މިސްކިތްތައް ބަންދުކުރުމާއި ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ،  ކޯވިޑް-19އާއި ގުޅިގެން ޖަމާޢަތުގައި ނަމާދުކުރުން މިވަގުތަށް ހުއްޓާލާފައިވީ ނަމަވެސް މާލެ ސަރަޙައްދުގައި 37 މިސްކިތް ނަމާދުކުރުމަށާއި ފާޚާނާ ކުރުމަށާއި ވުޟޫކުރެވޭނެ ގޮތަށް ހުޅުވާފައި ހުންނާނެކަމަށެވެ.  މިސްކިތްތައް ބަންދުކޮށްފައި ހުރުމުގެ ސަބަބުން ގިނަބައެއްގެ ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު އޭގެ ތެރޭގައި އާއްމުންނާއި ދީނީ ޢިލްމުވެރިންވެސް ހިމެނެއެވެ. މާލެއަކީ ތޮއްޖެހިފައިވާ ތަނަކަށްވާއިރު ބައެއް ގޭބިސީތަކުގައި ނަމާދުކުރެވޭނެ ގޮތެއް ނުހުންނާތީ މިސްކިތްތަކަށް ދާންޖެހޭ މީހުން ތިބިކަން އާއްމުންވަނީ ފާހަގަކޮށްފައެވެ. އަދި ކޯވިޑްގެ ޙާލަތުގައި ބޭރުގައި ޚިދުމަތްދެމުން އަންނަ ގިނަ ބަޔަކުވެސް ގެއަށް ވަނުމުގެ ބަދަލުގައި ނަމާދުކުރުމަށް އެންމެ ރައްކާތެރިތަނަކީ މިސްކިތްތައްކަމަށްވާތީ ގެއަށް ދިޔުމުގެ ބަދަލުގައި ބޭނުންކުރަމުން އަންނަނީ މިސްކިތްތަކެވެ. އެހެންކަމުން އިސްލާމިކް މިނިސްޓްރީން މިސްކިތްތައް ބަންދުކުރުމާއި ގުޅިގެން މިފަދަ މީހުންނަށްވަނީ ދަތިތަކާ ކުރިމަތިލާންޖެހިފައެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ، މާލެ ސަރަޙައްދުގައި ކޯވިޑްގެ ކޭސްތައް އިތުރުވުމާއި ގުޅިގެން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ ޢިލްމުވެރިންގެ ލަފާގެ މަތިން މިދިޔަ މަހުގެ 19 ވަނަ ދުވަހުން ފެށިގެން މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުން މެދުކަނޑާލަން ނިންމުމުން ބައެއް ފަރާތްތަކުން އެއްވެސް ގައިދުރުކަމެއްނެތި ނަމާދުކުރަމުންދާތީ ޢާއްމު މަސްލަޙަތަށްޓަކައި މިސްކިތްތައް ބަންދުކުރަން ނިންމީކަމަށެވެ. އެހެންނަމަވެސް މާލެ ސަރަޙައްދުގައި ދިރިއުޅޭ މީހުން ޚާއްސަ ޙާލަތްތަކުގައި ނަމާދުކުރުމަށް މިސްކިތްތައް ބޭނުންކުރަމުންދާތީ މިސަރަޙައްދުގައި ހުރި 40 މިސްކިތުގެ ތެރެއިން 37 މިސްކިތެއް ނަމާދުކުރުމަށާއި ވުޟޫކުރުމަށާއި ފާޚާނާ ކުރުމަށް ހުޅުވާފައި ހުންނާނެ ކަމަށް އެމިނިސްޓްރީން ބުންޏެވެ.

ނަމާދަށް ހުރަސްއަޅާ ބައެއްގެ ފަރާތުން އުއްމީދުކުރާނެ އެއްވެސް ހެޔޮކަމެއް ނެތް: ޢަލީ ރަމީޒް

އާއްމުންގެ ކަންބޮޑުވުމާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައިވަނީ ކޯވިޑް ކޮންޓްރޯލްކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމާއެކު ދީނީ ވާޖިބުތަކަށްވެސް ޚާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.