މިއަދު ޕޮޒިޓިވްވީ މާލެއިން 368، އަތޮޅުތަކުން 357 މީހުން

މިއަދު ޕޮޒިޓިވްވީ މާލެއިން 368، އަތޮޅުތަކުން 357 މީހުން

Author
މުޙައްމަދު ޖިމީ
01 ޖޫން 2021 10:08
0

ކޯވިޑް-19އަށް އިތުރު 768މީހުން ޕޮޒިޓިވްވެއްޖެއެވެ.

މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 373 މީހުންނާއި އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 357 މީހުންނާއި ރިޒޯޓްތަކުން ޕޮޒިޓިވްވި 15މީހުންގެ އިތުރުން ތަރައްޤީކުރަމުންގެންދާ ރަށްރަށުން 15މީހެއް އަދި ސަފާރީ ތަކުން 8 މީހެކެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދުވަނީ 65،164 އަށް އަރާފައެވެ.

ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުން އަންނައިރު މިބަލިޖެހިގެން ފަރުވާ ހޯދާ މީހުންގެ ޢަދަދުވެސް މިހާރުވަނީ 24،035 އަށްތިރިވެފައެވެ. މިވަގުތު އެޑްމިޓްކޮށްގެން ފަރުވާ ދެމުންދަނީ 208 މީހުންނަށެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެތެރޭގައި 834 މީހުން ވަނީ މިބަލިން ރަނގަޅުވެފައެވެ. މިއާއެކު ބަލިން މުޅިން ރަނގަޅުވި މީހުންގެ ޢަދަދުވަނީ 40،951އަށް އަރާފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލިދެނެގަތުމަށް 5،685 ސާމްޕަލެއްވަނީ ކޯވިޑް-19އަށް ޓެސްޓުކޮށްފައެވެ.

ކޯވިޑް ބަލީގައި ރާއްޖެއިން މިއަދު ނިޔާވި 3 މީހުނާއެކު މިބަލީގައި ރާއްޖެއިން ނިޔާވީ މީހުންގެ އަދަދު ވަނީ 169އަށް އިތުރުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 163 ދިވެހިންނާއި 16 ބިދޭސީންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.