ހިސާންގެ އިޞްލާހު: ދީނީ ޢިލްމުވެރިންގެ ކަންބޮޑުވުން، މިއީ ދީނަށް ނިކަމެތިކަން ގެނައުމަށް ހިންގާ ޖަރީމާއެއް!

ހިސާންގެ އިޞްލާހު: ދީނީ ޢިލްމުވެރިންގެ ކަންބޮޑުވުން، މިއީ ދީނަށް ނިކަމެތިކަން ގެނައުމަށް ހިންގާ ޖަރީމާއެއް!

Author
މުޙައްމަދު ޖިމީ
01 ޖޫން 2021 10:45
0

އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުންފަދަ ނަފުރަތުގެ އަމަލު ހިންގުން ޖިނާއީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް ހުށައެޅި އިޞްލާހަށް ދީނީ ޢިލްމުވެރިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މުސްލިމަކު ކާފަރެއް ކަމަށް ތުހުމަތު ކުރުމާއިއެކު މީހަކާއި، ދެކޮޅަށް އަނިޔާވެރި ވުމަށް ގޮވާލުން ނުވަތަ އެފަދަ އަމަލަކަށް ހިތްވަރުދިނުން ނުވަތަ ބައިވެރިވުމަކީ ޖިނަޢީ ކުށެއްކަމަށް ކަނޑައެޅުމަށް ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު ޙިސާން ޙުސައިން ވަނީ އިސްލާހެއް ހުށައަޅަފައެވެ. މިއާއެކު ދީނީ ޢިލްމުވެރިންނާއި، ޢާންމު ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކުރަން ފަށާފައެވެ.

މިކަމާއި ގުޅިގެން ދީނީ ޢިލްމުވެރިތާ ޢަލީ ޒައިދު ވިދާޅުވީ، އިސްލާމް ދީނާއި ޚިލާފު ވާހަކަތައް ދެއްކުމަކީ ކުށެއްކަމަށެވެ. އަދި އިސްލާމް ދީނަށް ފުރައްދާރަކުރުމާއި ދީނުގައި ހުރި ސާބިތު ހުކުމްތަކަށް ފާޅުގައި އިންކާރު ކުރުމަކީ ކުށެއްކަމަށާއި، އެފަދަ ވާހަކަތައް ދައްކާނަމަ އެފަދަ ވާހަކަކަށް އިންކާރުކުރުމަކީ ކޮންމެ މުސްލިމެއްގެ ވާޖިބެއްކަމަށް ޒައިދު ވިދާޅުވިއެވެ.

ދީނީ ޢިލްމުވެރިޔާ ދި ލެކްޗަރާގެ އިތުރުން ފެކަލްޓީ އޮފް ޝަރިއާއެންޑް ލޯގެ ކުރީގެ ޑީން ޝެއިހު އަލީ ޒާހިރު ބިން ސައީދު ވިދާޅުވީ، އިސްލާމް ދީނާއި ދެކޮޅަށް އުޅޭމީހުންނަށް މިނިވަންކަން ފުޅާކުރުމަށާއި، އެފަދަ މީހަކީ ދީނާއި ދެކޮޅު މީހެއްކަމަށް ބުނާ މީހާ "އުލު ބައިންދަން" ޤާނޫނަށް ބަދަލު ގެނައުމަށް މަސައްކަތް ކުރުމަކީ ދީނަށް ނިކަމެތިކަން ގެނައުމަށް ހިންގާ ޖަރީމާއެއްކަމުގައި ނޫނީ ދެކެވަޑައިނުގަންނަވާކަމަށެވެ.

ސަލަފް ޖަމިއްޔާގެ ރައީސް އަދި ދީނީ ޢިލްމުވެރިޔާ ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް (ޢަބްދުﷲ ބިން ޖަނާބު) ވިދާޅުވީ، އެއީ "ލާދީނިއްޔަތު" ޙިމާޔަތްކޮށް ދީނިއްޔަތު ސުންނާފަތިކުރަން ބައްޓަންކޮށްފައިވާ ޤާނޫނެއްކަމަށާއި، ދީނީ ހޭލުންތެރިކަން އަލުން 80-90 ގެ އަހަރުތަކުގައި އޮތް ހިސާބައް ދިވެހިރާއްޖެ ފަހައްޖެއްސުމުގެ މަންތިރިއެއްކަމަށެވެ. އޭނާ ވިދާލުވީ،އިސްލާމްދީނުގެ އަސާސްތައް ނައްތާލުމަށް ފާޅުގައި މަސައްކަތްކުރަމުންދާ "އެމްޑީއެން" ގެ ލާދީނީ ފަރާތްތަކަށް ފިޔަވަޅުއެޅުމުގެ ބަދަލުގައި، އެފަދަ ފަރާތްތަކުން މީސްތަކުން ހޭލުންތެރިކުރުވުމަށް ހުރި މަގުތައް މިގައުމުގައި ބަންދުކުރުމަށް ޤާނޫނުހެދުމަކި ބޮޑު ޖަރީމާއެއްކަމަށެވެ.

މިނޫނަސް ގިނަ ދީނީ ޢިލްމުވެރިން ވަނީ އެ އިޞަލާހާއި ގުޅިގެން ކަންބޮޑުވުން ފަޅުކުރައްވާފައެވެ.

 

ދީނީ ޢިލްމުވެރިން މި ކަންބޮޑުވުން ފާޅުކުރައްވާފައިވާއިރު، ސަރުކާރުގެ ފަރާތުންހިސާން ހުށައެޅުއްވި އިސްލާހުގައި ވަނީ، އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ޚިލާފަށް ނޫނީ އިސްލާމްދީނާ ދެކޮޅު މީހެއްކަމަށް ތުހުމަތު ކުރުމާއި، މީހެއްގެ އިސްލާމީ އަގީދާއާ ގުޅުވައި އެ މީހަކާމެދު ނަފްރަތު އުފެއްދުމުގެ އިތުރުން، މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމާއި އެކަމުގައި ބައިވެރިވުމަކީ ކުށެއް ކަމަށެވެ. އަދި އެއީ ޖުނަހުގެ އެއް ވަނަ ދަރަޖައިގެ ކުށެއް ކަމަށްވެސް ބަޔާންކުރެއެވެ. ގާނޫނުލްއުގޫބާތުގެ ދަށުން އެފަދަ ދަރަޖައިގެ ކުށަށް ދެވޭނެ އެންމެ ބޮޑު އަދަބަކީ އެއް އަހަރުގެ ދުވަހަށް ޖަލަށްލުމެވެ. އަސާސީ މިންގަނޑުން އަދަބު ދޭނަމަ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. އެންމެ ދަށް މިންގަނޑުން ނަމަ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. އަދި އެފަދަ އަމަލެއް ހިންގުމާއެކު މީހަކާ ދެކޮޅަށް އަނިޔާވެރިވާން ގޮވާލުމާއި، ހިތްވަރު ދިނުމުގެ އިތުރުން ބައިވެރިވުމަކީވެސް އެފަދަ ކުށެކެވެ.

މީގެ އތުރުން މުސްލިމަކު ކާފަރެއް ކަމަށް ތުހުމަތު ކުރުމާއިއެކު މީހަކާއި، ދެކޮޅަށް އަނިޔާވެރި ވުމަށް ގޮވާލުން ނުވަތަ އެފަދަ އަމަލަކަށް ހިތްވަރުދިނުން ނުވަތަ ބައިވެރިވުމަކީވެސް ކުށެއް ކަމަށް ޙިސާން ހުށައެޅުއްވި އިޞްލާހުގައިވެއެވެ. އެއީ ޖިނާޔަތުގެ ފަސް ވަނަ ދަރަޖައިގެ ކުށެއް ކަމަށްވެސް ބަޔާންކުރެއެވެ. ޖިނާޔަތުގެ ފަސްވަނަ ދަރަޖައިގެ ކުށަކަށް އެންމެ ބޮޑުވެގެން އަންނާނީ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ. އަސާސީ މިންގަނޑުން ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ.

އެ އިޞްލާހުގައި މުސްލިމަކު ކާފަރުކޮށް މީހަކަށް އަނިޔާއެއް ދިނުން ނުވަތަ އަނިޔާއެއް ދިނުމުގައި ބައިވެރިވުން ނުވަތަ އަނިޔާއެއް ދިނުމަށް ރޭވުންވެސް ކުށެއް ކަމަށްވެސް ބުނެފައިވެއެވެ. އަދި މީހެއްގެ ސިޔާސީ ވިސްނުމަށް ބަލައި އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުން ނުވަތަ ދިނުމުގައި ބައިވެރިވުން ނުވަތަ ދިނުމަށް ރޭވުންވެސް އެއީ ކުށެެއްކަމަށް ބުނެފައިވެއެވެ. އެފަދަ ކުށެއް ކުރާ މީހަކު އެކުރަނީ ޖިނާޔަތުގެ ހަތަރުވަނަ ދަރަޖައިގެ ކުށެއް ކަމަށް ބުނެފައިވާއިރު، ޖިނާއަތުގެ ހަތަރުވަނަ ދަރަޖައިގެ ކުށަކަށް އެންމެ ބޮޑު އަދަބަކަށް ދެވޭނީ ހަތަރު އަހަރަށް ޖަލަށްލުމެވެ. އަސާސީ މިންގަނޑުން އަދަބު ދޭ ނަމަ އެއް އަހަރާއި ހަތް މަސް ދުވަހަށް ޖަލަށްލުމެވެ.

މީގެ އިތުރުން މީހެއްގެ ނަސްލަށާއި އުފަންވީ ގައުމަށް ނުވަތަ ކުލަޔަށް ބަލައި، އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުމާއި، ބައިވެރިވުމާއި ރޭވުމަކީ ވެސް ކުށެއް ކަމަށްވެސް ބުނެފައިވެއެވެ. އެފަދަ އަމަލެއް ހިންގައިގެން މީހެއްގެ ފުރާނަ ގެއްލިއްޖެނަމަ، އެ މީހަކަށް މަރުގެ އަދަބު ނޫނީ އުމުރަށް ޖަލަށް ލުމުގެ އަދަބު ޙިސާންގެ އިސްލާހުގައި ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން ކުށެއް ކުރީ މީހަކު ރަހީނުކޮށްގެން، ޖިންސީ އަނިޔާ ދީގެން ނޫނީ މަރާލާނެ ކަމުގެ އިންޒާރު ދީގެން ނަމަ، އަދަބެއްގެ ގޮތުގައި 15 އަހަރުގެ ޖަލު ހުކުމެއް އަންނާނެކަމަށްވެސް ބިލުގައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.