ޒުވާނާ ރަހީނުކުރި މައްސަލާގައި 2 މީހަކު ހައްޔަރުކޮށްފި

ޒުވާނާ ރަހީނުކުރި މައްސަލާގައި 2 މީހަކު ހައްޔަރުކޮށްފި

Author
މުޙައްމަދު ޖިމީ
01 ޖޫން 2021 10:16
0

ކުޅުދުއްފުށި ސިޓީގައި މޫނު ނިވާ ކޮށްގެން ތިބި ބަޔަކު، މީހަކު ރަހީނުކޮށްގެން ގެންގޮސް އަނިޔާކޮށްފައިވާ މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ. މިދިޔަ މަހުގެ 29 ވަނަދުވަހުގެރޭ އުމުރުން 29 އަހަރުގެ ޒުވާނަކު ރަހީނުކޮށް، ކާރަކަށް އަރުވައިގެން ގެންގޮސް ބޮޑެތި އަނިޔާތަކެއް ކޮށްފައެވެ.

މި ޒުވާނާއަށް ލިބުނު އަނިޔާތަކަށް ފުރަތަމަ ފަރުވާދީފައިވަނީ ކުޅުދުށްފުށީ ރީޖަނަލް ހޮސްޕިޓަލްގައެވެ. ޒުވާނާގެ ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް ސިކުންޑިއަށް ލޭ އަރާފައިވާކަމަށާއި އެނާގެ ހާލު ވަރަށް ސީރިއަސްކަމަށް އެ ހޮސްޕިޓަލުން އޭރު ބުނެފައިވެއެވެ. އިތުރު ފަރުވާއަށް މި ޒުވާނާ މާލެ ގެނައީ މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައެވެ. މާލެ ގެނެސް ސީރިއަސް ސާޖަރީތަކެއް އޭޑީކޭގައި ހެދުމަށްފަހު އަދިވެސް މި ޒުވާނާ އޮތީ އެ ހޮސްޕިޓަލްގެ އައިސީޔޫގައެވެ.

ފުލުހުން ބުނީމި މައްސަލައާއި ގުޅިގެން ކޯޓް އަމުރެއްގެ ދަށުން މިހާތަނަށް ދިވެހި ދެ ފިރިހެނުން ހައްޔަރުކޮށްފައިވާކަމަށެވެ. ހައްޔަރުކޮށްފައިވަނީ އުމުރުން 24 އަހަރުގެ ޒުވާނަކާއި 25 އަހަރުގެ ޒުވާނެކެވެ. އަދި ރަހީނުކުރި ޒުވާނާ އަރުވައިގެން ގެންދިޔަކަމަށް ބެލެވޭ ކާރުވެސް ކޯޓް އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށްވެސް ގެނެސްފައިވާކަމަށްވެސް އެ އިދާރާއިން ބުންޏެވެ.

މި މައްސަލަ އިތުރަށް  ތަހުޤީގުކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.