އަސާސީ ހައްގުތަކަކީ ހިތުހުރި ގޮތަކަށް ހަނިކުރެވޭނެ ކަންކަމެއް ނޫން: އަލީ ހުސައިން

އަސާސީ ހައްގުތަކަކީ ހިތުހުރި ގޮތަކަށް ހަނިކުރެވޭނެ ކަންކަމެއް ނޫން: އަލީ ހުސައިން

Author
ޢަލީ އާދަމް
31 މެއި 2021 08:54
0

އަސާސީ ހައްގުތަކަކީ ހިތުހުރި ގޮތަކަށް ހަނިކުރެވޭނެ ކަންކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު ޢަލީ ހުސައިން ވިދާޅުވެއްޖެ އެވެ.

ޢަލީ މިހެން ވިދާޅުވީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް ހުށަހެޅި އިސްލާހު ތަކާގުޅިގެން ކުރެއްވީ ޓްވީޓެއްގަ އެވެ. ޢަލީ ވިދާޅުވީ ޓެރަރިޒަމްގެ ކުށުގެ ތުހުމަތުގައި ބަންދުކުރިޔަސް 24 ގަޑިއިރުގެ ތެރޭގައި ބަންދާއި މެދު ގޮތެއް ކަނޑައެޅުމަށް ފަނޑިޔާރެއްގެ ކުރިމައްޗައް ހާޒިިރު ކުރަންޖެހޭނެ ކަމަށެވެ. އަދި މިފަދަ އަސާސީ ހައްގުތަށް ހިތުހުރި ގޮތަކަށް ހަނިކުރެވިގެން ނުވާނެ ކަމަށް އަލީ ވިދާޅުވިއެވެ.

ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހުތަކުގައި ވާގޮތުން، ޓެރަރިޒަމްގެ ބޮޑެތި ކުށްތައް ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރެވޭ ފަރާތްތައް 48 ގަޑިއިރަށް ބަންދުގައި ބެހެއްޓުމުގެ ބާރު ފުލުހުންނަށް ލިބިދިނުމާއެކު، އެފަދަ ފަރާތްތައް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް، އެފަރާތްތަކުގެ ބަންދާމެދު ގޮތެއް ކަނޑައެޅުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތައް އިތުރަށް ސާފުކޮށްދިނުމާއި، ކޯޓު އަމުރަކާ ނުލައި ހައްޔަރުކުރުމުގެ ބާރު ފުލުހުންނަށް ލިބިދޭ ފަރާތެއް އަމިއްލަ ތަނެއްގައިވާ ޙާލަތުގައި އެތަނަކަށް ވަދެ، އެތަން ބަލައި ފާސްކުރުމުގެ ބާރާއި ފުލުހުންނަށް ލިބޭގޮތް ހެދުން ހިމެނެއެވެ. އަދި އެކަން ކުރުމުގައި ޢަމަލުކުރަންޖެހޭ އިޖުރާއަތުތައްވެސް ބަޔާންކޮށްދިނުން މި އިސްލާހުގައި ހިމެނެއެވެ.

ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވަނީ، ޓެރަރިޒަމްގެ ކުށްތައް ތަޙްޤީޤުކުރުމުގައި ޤާނޫނު ތަންފީޛުކުރާ އިދާރާތަކަށް ކުރިމަތިވާ ބައެއް ގޮންޖެހުންތަކަށް ޙައްލު ހޯދައިދިނުމަށެވެ.

އެގޮތުން ދިވެހިރާއްޖޭން ބޭރުގައި ޓެރަރިސްޓުން ހިންގާ ހަނގުރާމަތަކުގައި ބައިވެރިވުމަށްފަހު ނުވަތަ އެފަދަ ހަނގުރާމަވެރި ސަރަޙައްދުތަކަށް ދިޔުމަށްފަހު އަނބުރާ ދިވެހިރާއްޖެއަށް އަންނަ ފަރާތްތަކުގެ މައްޗަށް ހިންގަންޖެހޭ އިޖުރާއަތުތައް ހިންގުމުގައި ޤާނޫނު ތަންފީޛުކުރާ އިދާރާތަކަށް ކުރިމަތިވާ ބައެއް ގޮންޖެހުންތަކަށް ޙައްލު ހޯދައިދިނުމަށާއި، ޓެރަރިޒަމްގެ ޢަމަލުތައް ކުރާ ނުވަތަ އެފަދަ ޢަމަލުތަކަށް ހުށަހެޅުމުގެ ފުރުޞަތު އޮތް ފަރާތްތަކަށް ހިންގަންޖެހޭ ރީހެބިލިޓޭޝަން ޕްރޮގްރާމްތައް ހަރުދަނާ ގޮތެއްގައި ހިންގުމަށް މަގުފަހިކޮށްދިނުމަށްޓަކައި އެ ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުންވެސް ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.