ރައީސް ޔާމިންގެ ވެރިކަމުގައި ހުޅުމލޭގައި ބިނާކުރެވުނު ހިޔާ ފްލެޓްތައް

ހިޔާ މަޝްރޫޢުގެ ގުރުއަތުލުން ހުއްޓުމަކަށް

ހިޔާ މަޝްރޫޢުގެ ގުރުއަތުލުން ހުއްޓުމަކަށް

ކޯވިޑް19ގެ ހާލަތު ގޯސްވެ، އަދި ބަލި ކޮންޓްރޯ ކުރުމަސް މިހާރު އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން، ހިޔާސް މަޝްރޢުގެ ގުރުއަތުލުން މިވަގުތަށް މެދު ކަނޑާލާފައިވާކަން އެޗްޑިސީން ހާމަ ކޮށްފިއެވެ.

ހައުސިންގ ޑިވަލޮޕްމެންޓް ކޯޕަރޭޝަން އެޗްޑިސީން ބުނެފައިވަނީ، ކޯވިޑް19 ކޮންޓްރޯލް ކުރެވުނުހާ އަވަހަކަށް ގުރުއަތު ނެގުން ކުރިޔަށް ގެންދާ ގޮތަށް ހަމަޖެހިފައިވާ ކަމަށާއި، ފިޔަވަޅުތަކަށް ލުއި ލިބުމުން، އަލުން ގުރު ނަގާނެ ދުވަހަކާއި އަދި ލިސްޓު ހާމަ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެޗްޑިސީން ބުނެފައިވާ ގޮތުގައި، ހިޔާމަޝްރޫޢުގެ ފްލެޓް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ފައިނަލް ކުރެވިފައިވާ އިތުރު ފަރާތްތަކުގެ މައުލުމާތު ހައުސިންގ މިނިސްޓްރީން މިހާރުވަނީ އެ ކޯޕަރޭޝަނާއި ހިއްސާ ކޮށްފައެވެ. އެޗްޑީސީން ހާމަކޮށްފައިވަ ގޮތުގައި، ގުރުއަތު ނެގުމަށް ހަމަޖެހިފައި ވަނީ، ފްލެޓް ލިބިފައިވާ މީހުންގެ އައިޑިކާޑު ނަންބަރު ތަރުތީބުންނެވެ. އަދި ގުރުއަތު ނަގަމުންދާ ވަގުތު އެމީހަކަށް ލިބިފައިވާ ފްލެޓްގެ އެޕާޓްމަންޓް ނަންބަރާއި އަދި ފްލެޓް ހުރިޓަވަރު ޓީވީ ސްކްރީނަކުން ފެންނަ އިންތިޒާމް ހަމަޖެހިގެން ދާނެއެވެ. އަދި މައުލުމާތު، ފޯމުގައި ބަޔާން ކޮށްފައިވާ އެމީހެއްގެ ފޯނު ނަންބަރަސް ފޯރު ކޮށްދެވޭނެއެވެ.

އެޗްޑިސީން ބުނެފައިވަނީ، ފްލެޓް ލިބޭ ފަރާތްތަކުން އެއްބަސްވުމުގައި ސޮއިކޮށް، އަދި ފްލެތްގެ ދަޅުދަނޑި ހަވާލުކުރާނެ ތާރީޚެއް އެކޯޕަރޭޝަންއިން ފަހުން އިއުލާން ކުރާނެއެވެ. ހިޔާ ފްލެޓް ހަވާލު ކުރެވޭ ފަރާތްތަކުން ފުރަތަމަ 3 މަސް ދުވަހު ކުލި ދައްކަން ނުޖެހޭ ގޮތަށްވެސް ސަރުކަރުން ވަނީ ހަމަޖައްސާފައެވެ. ހިޔާ ފްލެތްތައް ހައްގުވާ ފަރާތްތަކާ ހަވާލު ކުރެވެނީ، ދޮރާއި ބޮކިތައް އަދި އަދި މުށިވެސް ނުޖަހާކަމަށް ވުމުން، ފުރަތަމަ ހިލޭ ދެވޭ 3 މަސްދުވަހަކީ މިމަސައްކަތްތައް ފުރިހަމަ ކުރުމަށް ދެވޭ މުއްދަތެއް ކަމުގައިވެސް ސަރުކާރުން ވަނީ ބުނެފައެވެ.

ސަރުކާރުން ހަމަ ޖައްސާފައިވަނީ، ހިޔާ ފްލެޓްތަކުގެ ކުލީގެ އަގު 7،000 ރުފިޔާއަށް ވުރު މަތި ނުކުރުމަށެވެ.

ހިޔާލުފާޅު ކުރައްވާ!

2 Responses

  1. Rayyithakah kudavess luyeh dhee angayaai athaai dhimaavumah sarukaarun beynun nuvanee dhivehi rayyithunnah veema ba!? Bodun ithurukoh maaliyyatheh fundaalaafa thi. dhey 3 mahugau vess bodukuli dhakkaa rayyithun thibeynee hanaave hanaave kan neynge harukashi fikuruge bayeh ba?

  2. އެއްގޮތަކަށްވެސް ނުވިސްނޭ ފުރަ ބަންދު ނުކުރާއިރު، ކޮވިޑުގެ މިޙާލަތޭ ކިޔާފަ ގުރުން ނެގުން ގުއްޓާލަންޖެހޭ ކަމަށް. އެއީ ގުރުނަގަމުންދަނީ މީހުން ހާޒިރު ކޮށްގެން ކަމަށްނުވުމާއި ގުރަނަގަމުންދަނީ އެޗް.ޑީ.ސީގެ މަދު މުވައްޒަފުންނާއެކު ކަމަށްވާއިރު މިހާރުވެސް ގުރު ނެގުން ކުރިއަށް ގެންދިއުމަށް އެއްވެސް ހުރަހެއް ނެތް. މިއީ ބަހަނާ ދައްކައިގެން ފުލެޓް ދިނުން ލަސްކުރަން ކުރާކަންކަން. ހަގީގަތަކީ ފުލެޓްތައް އަދިވެސް ނުނިމުން. ކަންކަން ނުވީމަ ދެން މި އޮންނަނީ ބަހަނާ ދެއްކުން.

Leave a Reply

Your email address will not be published. Required fields are marked *