ބޭނުންވާނެ ތަކެތި:
400ގ ބޯންލެސް ޗިކަން
1 ފިޔާ (ބޮޑެތިކޮށް ކޮށާފަ)
1 ލޮނުމެދު (ގާނާފަ)
އިނގުރު ކޮޅެއް (ގާނާފަ)
2 ކެޕްސިކަމް (ކަރުގަނޑު ނެގުމަށްފަހު ބޮޑެތިކޮށް ކޮށާފަ)
1 ޓޮމާޓޯ ފަޅިއެއް (ކިއުބްކޮށް ކޮށާފަ)
3 މޭޒުމަތީ ސަމުސާ ޗިލީ ސޯސް
3 މޭޒުމަތީ ސަމުސާ ޓޮމާޓޯ ސޯސް
ލީކްސް ކޮޅެއް (ބޮޑެތިކޮށް ކޮށާފަ)
1 މޭޒުމަތީ ސަމުސާ އޮއިސްޓަރ ސޯސް
1 ސައިސަމުސާ ސޯޔާ ސޯސް
2 ހިކިމިރުސް
1/2 ސައިސަމުސާ މުގުރި އަސޭމިރުސް
ހިކަނދިފަތް
ތެޔޮ
ލޮނު
ތައްޔާރުކުރާނެ ގޮތް:
ކުކުޅު ކޮޅަށް ލޮނުކޮޅަކާއި އަސޭމިރުސް ކޮޅެއް އެޅުމަށްފަހު 10 މިނިޓް ވަންދެން ބަހައްޓާށެވެ.
އެއަށް ފަހު މަޑު މުށި ކުލަ އަރަންދެން ކުކުޅުކޮޅު ތެލުލާށެވެ.
ތަވަޔަކަށް ކުޑަ ތެޔޮކޮޅެއް އެޅުމަށްފަހު ފިޔާކޮޅާއި ލީކްސް ކޮޅު މީރު ކޮއްލާށެވެ. އެއަށް ފަހު އިނގުރާއި ލޮނުމެދު އަދި ކެޕްސިކަމް އަޅާ އެއްކޮށްލާށެވެ.
މިނިޓެއް ފަހުން އޮއިސްޓަރ ސޯސް، ޗިލީ ސޯސް، ޓޮމާޓޯ ސޯސް އަދި ސޯޔާ ސޯސް އަޅައި އެއްކޮށްލާށެވެ.
ސޯސްގަނޑުގެ ތެރެއަށް އަސޭ މިރުސް ކޮޅެއްވެސް އެޅުމަށް ފަހު ބޮކި ޖަހަންދެން ކައްކާލާށެވެ.
ތެލުލާފައިހުރި ކުކުޅު ކޮޅާއި، ޓޮމާޓޯ ކޮޅާއި ހިކިމިރުސް އެޅުމަށް ފަހު ލޮނު ހެޔޮވަރުކޮށް މަޑު ގިނީގައި ކައްކާލާށެވެ. ހިކަނދިފަތް ކޮޅު އަޅާލާނީ އެންމެފަހުންނެވެ.
ކޮމެންޓު ފޮނުވާ