ނޫޝީންއާއި ނަޒްރާ ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގެ މަޤާމަށް ކުރިއެރުން ދެއްވައިފި

ނޫޝީންއާއި ނަޒްރާ ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގެ މަޤާމަށް ކުރިއެރުން ދެއްވައިފި

Author
މުޙައްމަދު ޖިމީ
02 މެއި 2021 09:00
0

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެންޓި ޓެރަރިޒަމް ކޮންސަލްޓަންޓްގެ މަގާމުގައި ހުންނެވި އައިޝަތު ނޫޝީން ވަހީދާއި، ޗީފް އެކްޒެކެޓިވް ޓު ވައިސް ޕްރެޒިޑެންޓްގެ މަގާމުގައި ހުންނެވި ނަޒްރާ ނަސީމަ މަޤާމުގެ ކުރިއެރުން ދެއްވައިފިއެވެ.
އެ ދެބޭފުޅުންނަށް މަޤާމުގެ ކުރިއެރުން ދެއްވާފައިވާއިރު، ދެބޭފުޅުންނަށްވެސް ދެއްވާފައިވަނީ، ސްޓޭޓް މިނިސްޓްރުގެ ފެންވަރުގެ މަޤާމެވެ. އެގޮތުން އައިޝަތު ނޫޝިން ވަހީދު ހަމަޖައްސާފައިވަނީ ސެކްރެޓެރީ، ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރސް އޮފީސްއަށެވެ. ނޫޝީނަށް ރައީސް އޮފީހުން މަޤާމު ދެއްވާފައިވަނީ ނޮވެމްބަރ 2018ގައެވެ. ނޫޝީންސްޓޭޓް މިނިސްޓަރުގެ ފެންވަރުގެ މަޤާަމަށް ކުރިއެރުން ދެއްވާފައިވަނީ މި އޭޕްރީލް މަހުގެ 4 ވަނަ ދުވަހުއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ކޮއްކޯފުޅު ނަޒްރާ ނަސީމަށް ދެއްވާފައިވަނީ ޗީފް އެގްޒެކެޓިވް ޓު ވައިސް ޕްރެޒިޑެންޓްގެ މަޤާމެވެ. އޭނާ ސްޓެޓް މިނިސްޓަރުގެ މަޤާމަށް އައްޔަންކުރެއްވީ ފެބުރުއަރީ މަހުގެ ތެރޭގައެވެ.
ސްޓޭޓް މިނިސްޓަރުގެ ފެންވަރުގެ މަޤާމަށް ދެބޭފުޅުން އައްޔަންކުރެއްވުމާއި ގުޅިގެން، ކޮންމެ ބޭފުޅަކަށްވެސް މުސާރައިގެ ގޮތުގައި 32،000 ރުފިޔާ އަދި އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާއާއެކު މަހަކު ޖުމްލަ 47،000 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ.

މި ފެބޭފުޅުންނާއެކު ރައީސް އޮފީހުގައި ސްޓޭޓް މިނިސްޓަރުން ފެންބަރުގައި 11 ބޭފުޅުން އެބަތިއްބެވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ކ ކުރިއެރުން.
މަޤާމްކުރިއެރުމަކީ، ވަކިމުއްދަތެއްވެސް ބެލުމެއްނެތި އަދި ވަޒީފާގެ މަޢޫލިއްޔަތާ ކަންކަމުގެ މައްޗަށް ބިނާކުރެވިގެން ގިނަލިޔުންތަކެއްފުރިގެން އަދި ޚާއްޞަކޮށް ވަޒީފާގައި ކުރަމުންދާ ބިނާކުރެވިކަންކަމާ ، ނިކުންނަ ނަތީޖާތަކަށްބެލެވި ، ކަނޑައެޅޭ ލަނޑުދަނޑިތައް ޙާޞިލުވެގެން ލިބޭކުރިއެރުމެއްކަން އެންމެންވެސް ޤަބޫލުކުރެއެވެ. ދަންނަވަންތޯއެވެ. ދިހަބާރައަހަރުގައި ޓީޗަރެއްގެގޮތުގައި މަސައްކަތްކުރާމީ ނިކަމެތިމީހާވެސް ސެޝަން ނިންމާލާފަ ގެއަށް އައުމަކުން އަދި ހިންދަމާނުލެވޭ.. އާޚިރުނަތީޖާގައި، ތިޔަދެކަނބަލުންނަށް ލިބިލައްވާ އެލަވަންސާ އެއްވަރުގެ މުސާރައެއްވެސް ގާތައްވެސް ނުލިބޭ.. އަދިގިނަފަހަރަށް ނެޓަށް ފައިސާ އިތުރަށް އަޅައިގެންވެސް ދެވަނަދުވަހު ސްކޫލަށް ނިކުންނައިރުވެސް އޮންނަނީ އޮންލައިން ވޯކުވެސް ނުނިމި. މިޙާލަތުގަިވެސް ތިޔަބަލުން ފިނިކޮޓަރީގައި ތިއްބަވައިގެންވެސް މަދުވަގުތު ތައް ހޭދަކުރައްވައިގެން ދެކޮޅަށްކާރުކޮޅުގައި ދުއްވުންނޫން ކަމެއްނުކުރެއޭ ބުނުމަކީ ހަމަ ވަމުންދާކަންކަމެވެ . ??... މިއީ އަދި ކުޑަކުޑަ މިސާލެއް.
A Abdul
Amilla baalihah bandaara kafa alhan libifa thiothee. Beynunvarakah bakkollaa. Heyo verikan kurumakee veheythaa fen nagaigen hiy fureyvarah rayyithunge faisaa bandu alhaalun