ޤާސިމްގެ ރިސޯޓަށް ގެސްޓުން އޮލަވާގޮތަށް، ރަށު ޓޫރިޒަމް ކުނިވާގޮތަށް ވުޒާރާ ނުހިންގޭނެ: ބޮންޑެ

ޤާސިމްގެ ރިސޯޓަށް ގެސްޓުން އޮލަވާގޮތަށް، ރަށު ޓޫރިޒަމް ކުނިވާގޮތަށް ވުޒާރާ ނުހިންގޭނެ: ބޮންޑެ

Author
މުޙައްމަދު ޖިމީ
02 މެއި 2021 10:57
0

ކޯލިޝަން ބައިވެރިޔާގެ ރިސޯޓަށް ގެސްޓުން އޮލަވާގޮތަށް، ރަށު ޓޫރިޒަމް ކުނިވާގޮތަށް، ކޯލިޝަން އެންމެ ބޮޑު ބައިވެރިޔާއަށް ކުނިވުޒާރާ އެއް ނުހިންގޭނެކަމަށް ވިދާޅުވެ، މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) މިސަރުކާރުގެ ކޯލިޝަންގެ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމަށް ފާޑުވިދާޅުވެއްޖެއެވެ.

ބާބެޓެރިތަކާ ވިހަ ކެމިކަލްތަކާއެކު އަންދަމުންދާ މާފުށީ ކުނިގޮނޑުގެ ވީޑިއޯއަކާއެކު ކުރެއްވި ޓްވީޓެއްގައި ބޮންޑެ ވިދާޅުވީ، ކޯލިޝަން ބައިވެރިޔާގެ ރިސޯޓަށް ގެސްޓުން އޮލަވާގޮތަށް ރަށު ޓޫރިޒަމް ކުނިވާގޮތަށް ކުނި ވުޒާރާ ނުހިންގޭނެކަމަށާއި، ރައީސުލް ޖުމްހުރިއްޔާގެ އިލްތިމާސްއަކަށް ވެސް ނުގުޑާނެކަމަށެވެ. އަދި ވަޒީރުން ޖެހޭނީ ވަކިވާންކަމަށްވެސް ބޮންޑެ ވިދާޅުވިއެވެ.

ބޮންޑެ މިހެން ވިދާޅުވިއިރު، ކުނި މެނޭޖުކުރުމުގެމެންޑޭޓް އޮންނަ އެންވަޔަރަމަންޓް މިނިސްޓްރީއާއި، ޓޫރިޒަމް މިނިސްޓްރީގެ ސްލޮޓް ދީފައިވަނީ ޖުމްހޫރީ ޕާޓީއަށެވެ.

އަދި މި ދަނޑިވަޅަކީ ސަރުކާރުގެ ވަޒީރުންގެ މަޖިލީހަށް ބޮޑު ބަދަލެއް ގެނައުމުގެ ވާހަކަތައްވެސް ދެކެވޭ ވަގުތެކެވެ. ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއަށް ނިސްބަތްވާ މަޖިލީހުގެ ގިނަ މެންބަރުން، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ވަޒީރުންނަށް އަންނަނީ ބޮޑެތި ފާޑުކިއުންތަކެއް ރައްދުކުރަމުންނެވެ.

ބޮންޑެ ކުރިންވެސް ބޮޑެތި ފާޑުކިއުންތަކެއް އެންވަޔަރަމަންޓް މިނިސްޓަރަށް އަމާޒުކުރައްވާފައިވެއެވެ. އަދި މަޤާމުން އިސްތިއުފާދެއްވުމަށްވެސް ގޮވާލައްވާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހޯލި
Dhen anna majilis inthihaabakah fahu bondey menge boduvazeeraai membarun kolhuge siyaasee hayai nimigen dhaathan fenna fadha eve. Thimaamen nakee hurihaa kameh ingey bayakah ve bodhaakamaaeku miadhu gadhabas bunevidhaane eve.