ފުލުހުން ބާރުގެ ބޭނުންކުރިގޮތުން، ޢާންމުންގެ އިހްސާސްތައް ހުރިގޮތް އެނގޭ: ޙަމީދު

ފުލުހުން ބާރުގެ ބޭނުންކުރިގޮތުން، ޢާންމުންގެ އިހްސާސްތައް ހުރިގޮތް އެނގޭ: ޙަމީދު

Author
މުޙައްމަދު ޖިމީ
02 މެއި 2021 10:33
0

މޭޑޭއާއި ދިމާކޮށް ޒުވާނުން އިސްނަގައިގެން ރޭ ބޭއްވި އެއްވުން ރުޅާލުމަށް ފުލުހުން ބާރުގެ ބޭނުންކުރިގޮތުން ޢާންމުންގެ ހުރި ކަންބޮޑުވުންތައް އެނގިވަޑައިގަންނަވާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ޒުވާނުންގެ މޫވްމެންޓެއް ކަމުގައިވާ “ރައިސް އަޕް މޯލްޑިވްސް”އިން އިސްނަގައިގެން މަސައްކަތުގެ މާހައުލުގައި، މަސައްކަތްތެރިންނަށް ކުރާ ޖިންސީ ގޯނާއާއި، ޖިންސީ ފުރައްސާރައާއި ދެކޮޅަށް ރޭ ކުރި ސުލްހަވެރިކޮށް ކުރިއަށްދިޔަ އެއްވުން ރުޅާލުމަށް ފުލުހުން އާދަޔާ ޚިލާފަށް ބާރުގެ ބޭނުންކުރިކަމުގެ ފޮޓޯއާއި ވީޑިއޯ ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އެ އެއްވުން ކޮންޓްރޯލް ކުރުމަށް އާދަޔާއި ޚިލާފް ބާރުގެ ބޭނުން ކުރުމައި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ސޯޝަލް މީޑިޔާގައި އޮއްސާލާފައެވެ. އޭގެތެރޭގައި ސަރުކާރަށް ތާޢީދުކުރާ މީހުންވެސް ހިމެނެއެވެ.

ރޭގެ މުޒާހަރާގައި ފުލުހުން ބާރުގެ ބޭނުންކުރި ގޮތާއި ގުޅިގެން ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެފައިވަނިކޮށް، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރޭގެ އެއްވުން ރުޅާލުމަށް ފުލުހުން ބާރުގެ ބޭނުންކުރިގޮތް ބެލުމަށް ޢަމަުރުކޮށްފައިވާނެކަމަށެވެ. އަދި އެކަމާއި ގުޅިގެން ޢާނަމުންގެހުރި އިޙްސާސްތައް އެނގިވަޑައިގަންނަވާކަމަށް ސީޕީ ހަމީދު ވިދާޅުވެފައިވެއެވެ.

މުޒާހަރާގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުން ލިބެމުންދިޔަ ފާޑުކިޔުންތަކާއި ގުޅިގެން ވަނީ މިމައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާކަމަށް ބުނެފައެވެ. ފުލުހުން ބުނެފައިވަނީ މުޒާހަރާގައި ފުލުހުން ބާރުގެ ބޭނުން ކޮށްފައިވާގޮތް، ޚާއްސަ އިސްކާމެއް ދީގެން، ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުންނާއި ޔޫސް އޮފް ފޯސްރިވިއު ކޮމިޓީން ބަލަން ފަށާފައިވާކަމަށެވެ. މި މައްސަލައިގައި އިތުރު ތަފްސީލް މައްސަލަ ކުރިއަށްދާ ވަރަކުން ހިއްސާ ކުރަމުންދާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފަހަކަށް އައިސް މާލޭގައި ކުރާ މިފަދަ ކޮންމެ މުޒާހަރާއެއް ރޫޅާލުމުގައި ފުލުހުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކުރާކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

H Haaufaa
Furathama fiyavalhu alhanvee cp ah
A Amira
Ppm meehun magumahchah nikunna komme reyaku fuluhun ehaa aniya kurey. Reyaga nikuiy meehun nakee ppm meehun noon veema masala balan thibunee emmen nakee ves insaanun ebaehge hahgu hoadhan ebayaku nikunnanee