އަދިވެސް ފެންނަނީ ވަޒީރުންނާއި ބައްދަލުނުވެ އަދި ވުޒާރާތަކުން ޖަވާބު ނުލިބިގެން ރަށްރަށުގައި މަސައްކަތް ނުކުރެވިގެން އުޅޭ މަންޒަރުކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނާއިބު ރައީސް އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެެއެވެ.
އާދަމް ޝަރީފް މިހެން ވިދާޅުވީ، ވަޒީރުން ހިތްހަމަ ޖައްސައިގެން ރަށްރަށަށް ތަރައްޤީ ގެންނަ ޒަމާން ފާއިތުވެ ހިނގައްޖެކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެން ދެއްވި ރައްދުގައެވެ. ނ.އަތޮޅާއި، ރަށު ކައުންސިލު ކުރިއަށްދާނެގޮތުގެ މަޝްވަރާ ބައްދަލުވުންތައކުގައި ރައީސް ނަޝީދު ރޭ ވިދާޅުވެފައިވަނީ، މިއަދު ފެންނަމުންދަނީ ޒުވާނުން އެކަކު އަނެކަކުގެ ކިބައިން ހިތްވަރު ލިބިގަނެގެން އަތޮޅެއް އެކީގައި ތެދުވާތަންކަމަށާއި، ވަޒީރުން ހިތްހަމަ ޖައްސައިގެން ރަށްރަށަށް ތަރައްޤީ ގެންނަ ޒަމާން ފާއިތުވެ ހިނގައްޖެކަމަށެވެ.
ރައީސް ނަޝިދުގެ އެވާހަކަފުޅަށް އިޝަރަތްކުރައްވާ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވީ، ރައީސް ނަޝީދު އެ ވިދާޅުވީ ދެކެން ބޭނުންފުޅުވާ މަންޒަރުކަމަށާއި، ދިވެސް ފެންނަނީ މިނިސްޓަރުންނާއި މީޓް ނުވެގެން، މިނިސްޓްރީގެ ޖަވާބު ނުލިބިގެން ރަށްރަށުގައި ކަންކަން ނުކުރެވިގެން އުޅޭ މަންޒަރުކަމަށެވެ. އަދި ކުންފުނިތަކުގެ އެމްޑީއާއި އެކު ކޮފީއަށް ނާރާ އެމްޕީއަކަށްވެސް ރަށެެއްގައި ކަމެއް ނުކުރެވޭކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.
ނޫން. ތިޔަވިދާޅުވީ ދެކެން ބޭނުންވާ މަންޒަރު! އަދިވެސް ފެންނަނީ މިނިސްޓަރުންނާއި މީޓް ނުވެގެން، މިނިސްޓްރީގެ ޖަވާބު ނުލިބިގެން ރަށްރަށުގައި ކަންކަން ނުކުރެވިގެން އުޅޭ މަންޒަރު! ކުންފުނިތަކުގެ އެމްޑީއާއި އެކު ކޮފީއަށް ނާރާ އެމްޕީއަކަށްވެސް ރަށެެއްގައި ކަމެއް ނުކުރެވޭ!
– އާދަމް ޝަރީފް
އާދަމް ޝަރީފް މިހެން ވިދާޅުވެފައިވާއިރު، މަޖިލީހުގެ މެންބަރުން މިސަރުކާރުގެ ވަޒީރުންނާއި ބައްދަލުކުރަން މަސައްކަތްކޮށް ނުކުރެވޭކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ. އަދި އެމްޑީޕީގެ ގިނަ މެންބަރުންގެ ނުރުހުމާއި ފާޑުކިއުންތައްވެސް ވަޒީރުންނަށް ވަނީ އަމާޒުވެފައެވެ.
ރައްޔިތުން ބޭނުންވާރަށް ވަޒީރުންނަށް މަސައްކަތް ނުކުރެވޭކަމަށްބުނެ ސަރުކާރުގެ ކެބިނެޓަށްވެސް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ވަނީ ފައްޓަވާފައެވެ.
ކޮމެންޓު ފޮނުވާ