މިސަރުކާރުގެ ކޯވިޑް ވައްކަން 100 މިލިއަން ޑޮލަރަށްވުރެ ބޮޑުކަމަށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފް (ސެމްބެ) ވިދާޅުވެއްޖެއެވެ.
ކޯވިޑާއި ގުޅިގެން ޤައުމުގެ އިޤްތިޞާދު ހިނާރުވެފައިވާ މި ދަނޑިވަޅުގައި ސަރުކާރާއި ގާތް ފަރާތްތަކަށް ބަދަލުގެ ގޮތުގައި ބޮޑެތި ޢަދަދުތަކުން ފައިސާދޭކަމަށްބުނެ ބޮޑު ފާޑުކިއުމެއް ސަރުކާރަށް ވަނީ އަމާޒުވެފައެވެ.
ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވީ، މިސަރުކާރުގެ ކޯވިޑް ވައްކަން 100 މިލިއަނަށްވުރެ ބޮޑުކަމަށާއި، ޗާޕްކުރި ފައިސާގެ ތެރެއިން އެތައް މިލިއަން ރުފިޔާއަކާއި، ހިލޭ އެހީގެ ގޮތުގައި ލިބުނު ފައިސާއާއި، ރަހުނުކޮށްގެން ނެގި ދަރަނިތަކަށްވީ ނުވީއެއް ނޭނގުނުކަމަށެވެ.
Mi Sarukaaru ge Covid Vakkan 100m $ ahvureh Bodu. Chap kuri faisa, ethah million RF ge hiley ehy, Rahunu koffa negi loan thah, vee nuvee eh neygunu.
— Hussain Mohamed Latheef (@HucenSembe) April 30, 2021
އޭނާ މިހެން ވިދާޅުވެފައިވާއިރު، ސަރުކާރުންނަގާފައިވާ އެކިއެކި ލޯނުތައް ދެއްކުމަށް 388.5 މިލިއަން ރުފިޔަ ހަރަދުކޮށްފައިވާކަމަށް ފިނޭންސްއިން ޢާންމުކުރި ތަފާސް ހިސާބުތަކުން ވަނީ ދައްކާފައެވެ. އަދި ރާއްޖޭގެ އިޤްތިޞާދު ހީނަރުވެ، އެ އަނދަވަޅުން އަރައިނުގަނެވިގެން މިސަރުކާރުން ރުފިޔާ ޗާޕްކުރާ މައްސަލަވެސް ވަނީ ވަރަށް ބޮޑުވެފައެވެ. އެގޮތުން ރުފިޔާ ޗާޕްކުރުމަށް މިދިޔަ އަހަރު ދިން ހުއްދަ މަޖިލީހުން ވަނީ އިތުރު އެއް އަހަރަށް އިތުރުކޮށްދީފައެވެ.
ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު ފައިސާ ޗާޕްކުރުމަށް ދިން ހުއްދައިގެން ދަށުން 4.4 ބިލިޔަން ރުފިޔާ ސަރުކާރުން ވަނީ ޗާޕްކޮށްފައެވެ. ނަމަވެސް އެފައިސާއިން ކުރެވުނު އެއްވެސް ކަމެއްނެތި މިއަހަރަށް އަނެއްކާ ފައިސާ ޗާޕްކުރަން ހުއްދަ ދިނުމުން ސަރުކާރަށް ވަނީ ބޮޑެތި ފަޑުކިއުންތަކެއް އަމާޒުވެފައެވެ. މީގެ އިތުރު ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތު ދޯދިޔާކަމަށް އެ ދާއިރާގެ ގިނަ ބޭފުޅުން ވިދާޅުވަމުން ގެންދަވަނިކޮށް ސަރުކާރުންވަނީ ރައީސް ޔާމީން ސަރުކާރުގައި ބިނާކުރި ދަރުމަވަންތަ ހޮސްޕިޓަކުގެ 15 ބުރީގެ ހިސްޕިޓަލް ރަހުނުކޮށް އިތުރު 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ސަރުކާރުން ހޯދާފައެވެ.
ދިވެހިރާއްޖޭގެ އިޤްތިޞާދު މިހާ ނާޒުކު ޙާލަތެއްގައި އޮތްއިރު، ޙާލަތު އިތުރަށް ގޯސްވެދާނެ ކަމުގެ އިންޒާރު ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ދީފައިވާ މިދަނޑިވަޅުގައި، މިފަދަ އިންޒާރުތަކަށް ބެލުމެއްނެތި، ސަރުކާރުގެ ޚަރަދުތައް އިންތިހާއަށް މައްޗަށް ޖެހިފައިވާއިރު، ތަކެތީގެ އަގުބޮޑުވުމާއި ޑޮލަރުގެ އަގު އުފުލުންފަދަ ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތަށް ނުރަނގަޅު އަސަރުކުރާ އެތައްކަމެއް ކުރަމުންދާކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ