ކެޕޭސިޓިއަށްވުރެ ގިނައިން ޤައިދީން ތިބުމަކީ މިދަނޑިވަޅުގައި ފުރާނައަށް ނުރައްކާ ބޮޑުވާނެކަމެއް: މުނާޒް

ކެޕޭސިޓިއަށްވުރެ ގިނައިން ޤައިދީން ތިބުމަކީ މިދަނޑިވަޅުގައި ފުރާނައަށް ނުރައްކާ ބޮޑުވާނެކަމެއް: މުނާޒް

Author
މުޙައްމަދު ޖިމީ
30 އޭޕްރިލް 2021 09:36
0

ޖަލުތަކުގެ ކެޕޭސިޓިއަށްވުރެ ގިނަ މީހުން ޖަލުތަކުގައި ބަންދުކޮށްފައިތިބުމަކީ، ކޯވިޑް-19ގެ ޙާލަތުގައި އެތައް ބައެއްގެ ފުރާނައަށް ނުރައްކާވެދާނެކަމެއްކަމަށް މިސަރުކާރުގެ ފުރަތަމަ ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒް ވިދާޅުވެއްޖެއެވެ.
މުނާޒް މިހެން ވިދާޅުވެފައިމިވަނީ ކަރެކްޗަންސްގެ ބެލުމުގެ ދަށުގައި ހުރި ޖަލުތަކުގައި ކޯވީޑް ހަލުވިކަމާއެކު ހެތުރެމުން އަންނަކަމަށް ކަރެކްޝަންސް ސާރވިސްއިން އިން ބުނެފައިވަނިކޮށެވެ. އަދި ކޯވިޑް ޖަލުތަކުގައި ފެތުރެމުން އަންނާތީކަމަށް ބުނެ ކުރީގެ ރައީސް ޔާމީންވެސް ވަނީ ގެއަށް ވަގުތީ ގޮތުން ބަދަލުކޮށްފައެވެ. އަދި ކަރެޝަންސް އިން ބުނެފައިވަނީ ހައިރިސްކް ގައިދީން ގެއަށް ބަދަލުކުރަމުން އަންނަކަމަށެވެ.

އެކަމާއި ގުޅިގެން ކުރީގެ ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒް ވިދާޅުވީ، ޖަލުތަކުގެ ކެޕޭސިޓީއަށްވުރެ ގިނަ މީހުން ޖަލުތަކުގަ ބަންދުކޮއްފަ ތިބުމަކީ ކޮވިޑްގެ މިޙާލަތުގަ ސިއްޙީ ގޮތުން ބައެއްގެ ފުރާނައަށް ވަރަށް ނުރައްކާވެދާނެ ކަމެއްކަމަަށް ދެކެވަޑައިގަންނަވާކަމަށެވެ. އަދި ޙުކުމެއް ނެތި ރިމާންޑްޖަލުގަ ބެހެއްޓޭނެ އެންމެ ދިގު މުއްދަތެއް ކަނޑައެޅުމަށް ގޮވާލައްވާކަމަށްވެސް މުނާޒް ވަނީ ވިދާޅުވެފައެވެ.

މުނާޒް މިހެން ވިދާޅުވެފައިވާއިރު، މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން އެންމެފަހުން ޢާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން އެ ސާރވިސްގެ ދަށުގައި ހުރި ޖަލުތަކުގައި ގައިދީންނާއި ބަންދު މީހުންގެ ތެރެއިން 20 މީހަކު ޕޮޒިޓިވްވެ 22 މީހަކު ހުރީ ކަރަންޓީންގައެވެ. އަދި ޖަލު ބަލަހައްޓާ އޮފިސަރުންނާއި މުވައްޒފުންގެ ތެރެއިން 33 މީހުން ޕޮޒިޓިވްވެ 105 މީހަކު ހުރީ ކަރަންޓިންގައެވެ.

ރާއްޖޭގައި ޖަލުތަކުގެ ކެޕޭސިޓިއަށްވުރެ ޤައިދީންނާއި ބަންދުމީހުން ގިނަކަމުގެ މައްސަލައަކީ އަބަދުވެސް ދެކެވޭ ވާހަކައެކެވެ. ދުވަސްވީ އެ މައްސަލައަށް އަދިވެސް އެދެވޭ ހައްލެއް ލިބިފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މާޑޯ
ގޮޅިއަކަށް ނުަވައްނާާނެ ކޮވިޑެއް. ހުކުން ކުރަންޖެހޭނީ
ހ ހުސެން
3 އަހަރު ވެއްޖެ. އަދި ކިތައް އަހަރު ބޭނުން