ހުޅުމާލޭ މަސްވެރިންނާއި، އޮޑިވެރިންގެ ކަންބޮޑުވުން އޮޅުންފިލުވައި، ޝުޖާގެ ވައުދުތަކެއް!

ހުޅުމާލޭ މަސްވެރިންނާއި، އޮޑިވެރިންގެ ކަންބޮޑުވުން އޮޅުންފިލުވައި، ޝުޖާގެ ވައުދުތަކެއް!

Author
މުޙައްމަދު ޝަޒައިމް
27 މާރޗް 2021 02:48
0

ހުޅުމާލޭ މަސްވެރިންނާއި، އޮޑިވެރިންގެ ކަންބޮޑުވުން އަޑުއަހައި އެރައްޔިތުންގެ ކަންބޮޑުވުންތައް ހާސިލްކޮށްދޭނެ ވައުދުތަކެއް ޝުޖާ ހުށަަހަޅުއްވައިފިއެވެ.

ހުޅުމާލެ ދާއިރާއަށް އިދިކޮޅު ޕީޕީއެމް ޓިކެޓްގައި ވާދަކުރައްވާ ޝުޖާ ވަނީ ހުޅުމާލޭގެ މަސްވެރިކަން ކރާ ފަރާތްތަކާއި، އޮޑިދޯނި ފަހަރު ގެންގުޅޭ ފަރާތްތަކާއި ވަކިވަކިން ބައްދަލުކޮށް ކަންބޮޑުވުންތައް އޮޅުން ފިލުވާފައެވެ. ޝުޖާ ވިދާޅުވީ މިބޭފުޅުންގެ ކަންބޮޑުވުންތަކުން ހުރި ދަތިތައް ވަރަށް ބޮޑަށް ސާފުވެފައިވާކަމަށެވެ. އެކަންކަން ހައްލުކޮށް ދިނުމަކީ އޭނާގެ އެންމެބޮޑު އެއް ސިޔާސަތުކަމަށް ޝުޖާ ވިދާޅުވިއެވެ.

ޝުޖާ ވިދާޅުވީ ހުޅުމާލޭގެ މަސްވެރިންނާއި އޮޑިވެރިންނަށް ހުރި އެންމެ ބޮޑު ކަންބޮޑުވުމަކީ މަސްދޯނިތަކާއި ލޯންޗްތައް މިހާރު ބަލަހައްޓަނީ އެތަކެތީގެ ވެރިން އަތުން ޗަންދާ ނަގައިގެން އަމިއްލަ ސެކިއުރިޓީ ލައިގެން ކަމަށްވުމުވެ. މިކަމަކީ އޭނާ އިންތިޚާބު ވުމަށްފަހު ސިޓީ ކައުންސިލް ތެރެއިން ހައްލު ހޯދާނެ މައްސަލައެއް ކަމަށް ޝުޖާ ވިދާޅުވިއެވެ.

ޗަންދާ ދައްކައިގެން ހުޅުމާލެ ރައްޔިތުންގެ މަސްދޯނި އަދި ލޯންޗް ތައް ބަލަހައްޓަން މަސްވެރިން ގާއިމުކުރި ސެކިއުރިޓީ ޕޯސްޓް ގެ ބަދަލުގައި ސިޓީކައުންސިލްގެ ބެލުމުގެ ދަށުން މިތަކެތި ބަލަހައްޓަން ސެކިއުރިޓީ ލެވިގެން ދާނެ. އެއްވެސް ފީ އެއް ކައުންސިލަށް ދައްކަން ނުޖެހޭނެ. އިންޝާالله.

– ޝުޖާ ވިދާޅުވިއެވެ.

ޝުޖާ ވަނީ ހުޅުމާލޭގެ މަސްވެރިންގެ ތެރެއިން އޮޑިދޯނި ފަހަރު ގެންގުޅޭ މީހުންނާއި ބައްދަލުކޮށްވެސް ކަންބޮޑުވުން އޮޅުން ފިލުވާފައެވެ. އެގޮތުން އޮޑިދޯނި ފަހަރުތައް އެހެލުމަށް މިހާރު ނަގަމުންދާ ފީއަކީ އެމަސައްކަތް ކުރާ މީހުންގެ އަތން ނެގެންޖެހޭ ފީއެއްކަމަށް ގަބޫލު ނުކުރާކަމަށް ޝުޖާ ވިދާޅުވިއެވެ. އަދި އެކަން ސިޓީ ކައުންސިލް ތެރެއިން ހައްލު ކޮށްދެއްވާނެކަމުގެ ވައުދު ޝުޖާ ވަނީ ވެފައެވެ.

މަރާމާތައް ދޯނި، ލޯންޗު އެހެލުމަށް އެއްވެސް ބިމުކުއްޔެއް މަސްވެރިންގެ އަތުން މިއީ މަގޭ ރާއްޖެ ސިޓީ ކައުންސިލުން ނުނަގާނެ. ހުޅުމާލެ ސިޓީކައުންސިލް ގައި އިންނަ ޝުޖާޢު މަސްވެރިންނާ އެކު މަސްވެރިންގެ މައްސަލަތައް ހައްލު ކުރުމަށް މަސައްކަތް ކުރާނެ. އިންޝާالله.

– ޝުޖާ ވިދާޅުވިއެވެ.

ޝުޖާ ގެންދަވަނީ ހުޅުމާލޭގެ އެކި ސިނާއަތްތަކުގައި މަސައްކަތް ކުރާ މީހުންނާއި ބައްދަލުކޮށް އެމީހުންގެ ކަންބޮޑުވުން އޮޅުން ފިލުވައި އެކަންކަމުގެ މައްޗަށް ސިޔާސަތު ހައްދަވަމުންނެވެ. އޭނާ ވިދާޅުވެފައިވަނީ ހުޅުމާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ކުންފުންޏެއްގެ އަޅުވެތިކަމުން ސަލާމަތް ކުރުމަކީ އޭނާގެ އެންމެ ފުރަތަމަ އަމާޒުކަމަށެވެ. އަދި މިއާއިއެކު ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމުގައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރުމަށް ތައްޔާރަށް ހުންނެވި ކަމަށް ޝުޖާ ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.