މިއަދު ވެކްސިން ޖެހީ 273 މީހުން

މިއަދު ވެކްސިން ޖެހީ 273 މީހުން

Author
މުޙައްމަދު ޝަޒައިމް
26 މާރޗް 2021 10:09
0

ރާއްޖެއިން ކޯވިޑް-19 ވެކްސިން މިއަދު 273 މީހަކު ޖަހައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ޢާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި މާލެ ސަރަހައްދުން ވެކްސިން ޖެހާފައިނުވެއެވެ. މިއަދު ވެކްސިން ޖެހި 273 މީހުންނަކީވެސް އަތޮޅު ތެރެއިން ވެކްސިން ޖެހި މީހުންނެވެ.

މިއާއިއެކު މުޅި ރާއްޖެއިން ވެކްސިންޖެހި މީހުންގެ ޖުމްލަވަނީ 227،696 އަށް އަރާފައެވެ. މާލެ ސަރަހައްދުން ވެކްސިން ޖެހިމީހުންގެ ޖުމުލަ ޢަދަދުވަނީ 127،277 އަށް ރާފައެވެ. އަދި އަތޮޅުތަކުން ވެކްސިންޖެހި މީހުންގެ ޖުމުލަ ޢަދަދުވަނީ 100،419 އަށް އަރާފައެވެ. ވެކްސިން ޖެހުމުގެ ޚިދުމަތް މިހާރު ދެމުން އަންނަނީ މާލެ ސަރަހައްދުގެ 8 ސެންޓަރަކާއި އަތޮޅުތަކުން 169 ސެންޓަރެއްގައެވެ. އަދި މާލޭ ސަރަޙައްދުގައި ވެކްސިން ދިނުމަށްޓަކައި 2 މޯބައިލް ޓީމްވެސް ހަރަކާތްތެރިވަމުން އާދެއެވެ.

ރާއްޖޭގައި އަންނަނީ ވެކްސިން ޖަހާ ހުރިހާ އުމުރުފުރާއެއްގެ މީހުންނަށް ވަކްސިން ޖަހަމުންނެވެ. އެއީ ޢުމުރުން 18 އަހަރާއި 65 އަހަރާއި ދެމެދުގެ މީހުންނަށެވެ.

މިހާރު ރާއްޖޭގައި ޖަހަމުން އަންނަނީ ސިނޮފާމް ވެކްސިނެވެ. މީގެ ކުރިން ވަނީ ކޮވިޝީލްޑް ވެކްސިން ޖަހާފައެވެ. ނަމަވެސް އިންޑިއާއިން ހަދިޔާކުރި ކޮވިޝީލްޑް ވެކްސިން ހުސްވުމުން މިހާރު ޖަހަމުން އަންނަ ސިނޮފާމް ވެކްސިނަކީ ޗައިނާއިން ހަދިޔާކުރި ވެކްސިނެވެ.

ރައްޖޭގައި މިހާތަނަށް ވަނީ ތިން ވެކްސިނަކަށް ހުއްދަ ދީފައެވެ. އެއީ ކޮވިޝީލްޑް ވެކްސިނާއި، ސިނޮފާމްގެ އިތުރުން ފައިޒާ ވެކްސިނެވެ. މިއަދު ވަނީ ރާއްޖެއަށް ފައިޒާ ވެކްސިން ގެނެސްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.