އުތުރުގެ މަސްވެރިން ކޮންމެ ދުވަހަކު މަސްކިރަންދާ ފެލިފަރު މޮނިޓަރިންގެ ހާލަތަށް ލައިފިއެވެ.
ފެލިވަރު މޮނިޓަރިންއަށް ލިކަން ހާމަކޮށް މިފްކޯއިން ނެރުނު ބަޔާނުގައި ވަނީ ކޯވިޑް-19 އާއި ގުޅިގެން އެޗްޕީއޭ އިންވަނީ ޅ.ފެލިވަރު މޮނީޓަރިންގް ޙާލަތަށް ގެނެވުނުކަމަށް އިއްޔެ އަންގާފައިވާކަމަށެވެ. މި އެންގުމާއި ގުޅިގެން މިކުންފުނިން ވަރަށް ގާތުން ކަންކަން ބަލަމުންދާކަމަސް ވަނީ ބުނެފައެވެ. އަދި މިހާތަނަށް އެއްވެސް މުވައްޒަފެއް ކޯވިޑް-19 އަށް ފެލިވަރު ސެންޓަރުން ޕޮޒިޓިވް ވެފައި ނުވާކަން ވަނީ ފާހަގަކޮށްފައެވެ.
ފެލިވަރު ސެންޓަރުގައި މުވައްޒަފުންގެ ހާލަތު ދެނެގަތުމަށް އެޗްޕީއޭގެ ޓީމަކުން ވަނީ ފެލިވަރަށް ރޭގެ ވަގުތެއްގައި ގޮސް 104 މުވައްޒަފުންގެ ސާމްޕަލް ނަގާފައި ކަމަށާއި، އަދި އެއްވެސް ސާމްޕަލްއެއްގެ ނަތީޖާ ލިބިފައި ނުވާކަމަށް އެކުންފުނި ބުނެއެވެ.
މިފެކޯއިން ބުނެފައިވަނީ މިފްކޯގެ ހުރިހާ ސައިޓްތަކުގައި އަމަލު ކުރަމުންދަނީ އެޗްޕީއޭގެ ގައިޑްލައިން ތަކާއި އެއްގޮތަށް އެކުލަވާލެވިފައިވާ އެސްއޯޕީއެއްގެ ދަށުންކަމަށެވެ. އަދި މިފްކޯގެ މުވައްޒަފުންގެ ރައްކާތެރިކަން ދެމެހެއްޓުމަކީ އެންމެ އިސްކަންދީގެން މަސައްކަތް ކުރާކަމެއް ކަމުގައިވެސް މިފްކޯއިން ފާހަގަކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ