ޚިޔާލު ފާޅުކުރުމާއި، ތިމާއެދޭ ފިކުރާއި ދެކޮޅަށް ބިރުދައްކައި ހައްގު ހަނިކުރުމަކީ އެމްޑީޕީ ދަންނަ ކަމެއްނޫން ކަމުގައި މާލެ ސިޓީ ކައުންސިލަށް އެމްޑީޕީގެ ޓިކެޓްގައި ވާދަ ކުރައްވާ އަނަސް އަބްދުއް ސައްތާރު ވިދާޅުވެއްޖެއެވެ.
ސިވިލް ސާރވިސް ޤާނޫނަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށައެޅުއްވި އިޞްލާހަށް އެމްޑީޕީއަށް ނިސްބަތްވާ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ދެއްކެވި ވާހަކަތަކާއި ގުޅިގެން އޭނާއަށާއި، އެމްޑީޕީއަށް ގިނަ ބައެއްގެ ފާޑުކިޔުންތައް ދަނީ ކުރިމަތި ވަމުންނެވެ.
މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ސައްލެ ވިދާޅުވީ ސިވިލް ސާވިސްގެ މުވައްޒަފަކީ އޭނާގެ ވަޒީފާގެ އެއްބަސްވުމުގައި ސޮއިކުރާ ހިސާބުން ފެށިގެން ކަށްވަޅަށް ދިއުމާ ހަމައަށް އަގައިން ނުބުނެވޭނެ މީހެއް ކަމަށެވެ. އަދި އޭނާ ވިދާޅުވީ ސިވިލް ސާވިސް މުވައްޒަފުންނަށް ބޭނުންހާ ވާހައެއް ނުދެއްކޭނެކަމަށާއި، ނުވެސް ލިޔެވޭނެކަމަށެވެ. އަދި ސިވިލް ސާވިސް މުވައްޒަފުން ވާންޖެހެނީ “ފޭސް ލެސް” ނުވަތަ މޫނެއް ނެތް ބަޔަކަށް ކަމުގައިވެސް ސައްލެ ވިދާޅުވިއެވެ.
ސައްލެގެ ވާހަތަކާއި ގުޅިގެން ކުރިމަތިވާ ފާޑުކިޔުންތަކަށް އިޝާރާތްކޮށް އަނަސް ވިދާޅުވީ ޚިޔާލް ފާޅު ކުރުމާއި، ތިމާ ތާއީދު ކުދާ ފިކުރަކާއި، ވިސްނުމާއި ދެކޮޅަށް މަސައްކަތްކޮށް އެފަދަ ފަރާތްތަކާއިމެދު ފިޔަވަޅު އަޅައި ހެދުމަކީ އެމްޑީޕީ ދަންނަ ކަމެއް ނޫންކަމަށެވެ. އަދި އެފަދަ ވިސްނުމައި ފިކުރުތަކަކީ އެމްޑީޕީންވެސް އަދި ކުރިއަށް ގެންދާ ރަށްވެހި ފަތިސް ކެމްޕޭނުންވެސް ތާއީދު ކުރާނެ ކަންތައްތަކެއް ނޫންކަމަށް އަނަސް ވިދާޅުވިއެވެ.
ޚިޔާލުފާޅު ކުރުމާއި، ތިމާއެދޭ ފިކުރާއި، ވިސްނުމުގެ ވާކާލާތަށް ހުރަސް އެޅުމަކީ، ބިރުދެއްކުމަކީ، އެ ހައްޤުތައް ހަނިކުރުމަކީ މި ޕާޓީގެ ގޮތެއްނޫން. އެ މަޤަށް މި ޕާޓީއެއް، ރަށްވެހި ފަތިސް ކެމްޕެއިނެއް، އަޅުގަނޑެއް ދުވަހެއްގައިވެސް އަމަލު ނުކުރާނަން.
– އަނަސް ވިދާޅުވިއެވެ.
ސައްލެ މިފަދަ ގޮތަކަށް ވާހަކަ ދެއްކެވިއިރު، ޤާނޫނު އަސާސީގެ 27 ވަނަ މާއްދާއން ދިވެހި ކޮންމެ ރައްޔިތަކަށް ޚިޔާލް ފާޅު ކުރުމާއި ބަސްބުނުމުގެ ހައްގު ލިބިގެންވެއެވެ. ޤާނޫނު އަސާސީގެ 27 ވަނަ މާއްދާގައި ބުނެފައިވަނީ މިނިވަންކަމާއެކު ފިކުރުކުރުމާއި، އިސްލާމްދީނުގެ އަޞްލަކާ ޚިލާފުނުވާ ގޮތެއްގެމަތީން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި، ޚިޔާލުތައް ދުލާއި ޤަލަމުން އަދި މިނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށެވެ.
ސައްލެގެ މިވާހަތަކާއި ގުޅިގެން ގިނަބަކު އޭނާއަށް ރައްދު ދެމުންދާއިރު، މިއީ ޤާނޫނު އަސާސީގެ ބާރު ކަނޑުވާލައި ޚުދުމުހުތާރު ވެރިކަމެއް ކުރުމަށް ކުރާ މަސައްކަތުގެ ބޮޅެއްކަމަށް ބައެއް ފަރާތްތަކުން ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ