މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ޤާނޫނުގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރު ނިންމާ ނިންމުންތައް އިސްތިއުނާފުން ބެލުމުގެ އިހްތިސާސް ހައި ކޯޓަށް ނުބެލޭނެ ކަމަށް އެ ކޯޓުން ކުރި ހުކުމް ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން ނިންމައިފިއެވެ.
ހައިކޯޓުން މިގޮތަށް ކަނޑައެޅީ މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ޤާނޫނުގެ ދަށުން އެމްޑަބްލިޔުއެސްސީގެ މައްޗަށް އިންފޯމޭޝަން ކޮމިޝަނަރުގެ އޮފީހުން އެންގި އެންގުމެއް އެމްޑަބްލިޔުއެސްސީން ހައިކޯޓުގައި އިސްތިއުނާފްކުރުމުންނެވެ. މިމައްސަލާގައި މިއަދު އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު ވިދާޅުވީ މިމައްސަލައަކީ އާންމު މަސްލަހަތު ހުރި މައްސަލައަކަށް ވުމުން މިމައްސަލަ ސްޕްރީމް ކޯޓުގައި މިއަދު އިސްތިއުނާފު ކުރައްވާފައިވާކަމަށެވެ.
ޤާނޫނުއަސާސީން ލިބިދޭ އިސްތިއުނާފުކުރުމުގެ ޙައްޤު ގެއްލޭ ގޮތަށް @mvhighcourt އިން ނަންބަރު 2020/HC-A/149 މައްސަލަ ނިންމާފައިވާތީ، ޢާންމު މަޞްލަޙަތަށް ބަލައި، ޤާނޫނުއަސާސީގެ 56، 133 ގެ (ރ) އަދި (ބ) އަށް ރިޢާޔަތްކޮށް އެމައްސަލަ @SCMaldives ގައި އިސްތިއުނާފުކުރަން ނިންމައިފީމެވެ.
— I Riffath (@ibriffath) March 25, 2021
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު ބުނާގޮތުން މައުލޫމާތެއް ނުދިނުމަށް ނުވަތަ ދިނުމަށް އިންފޮމޭޝަން ކޮމިޝަނަރު ނިންމާ ނިންމުމެއް ހައި ކޯޓުގައި އިސްތިއުނާފް ކުރެވިދާނެ އެވެ. އެކަމަކު އެމްޑަބްލިއުއެސްސީން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހާ ދެކޮޅަށް ހުށަހެޅި މައްސަލައެއްގައި ހައި ކޯޓުން ދާދިފަހުން ނިންމީ އެފަދަ މައްސަލަތައް ހައި ކޯޓަށް ނުބެލޭނެ ކަމަށެވެ.
އެމްޑަބްލިޔުއެސްސީން ހައިކޯޓުގައި އިސްތިއުނާފްކުރީ އެކުންފުނީގެ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ހަވާލާދީފައިވާ އޮޑިޓް ރިޕޯޓް ހޯދުމަށް އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހެޅުމުން، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނިންމެވި ނިންމެވުމެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެމްޑަބްލިޔުއެސްސީއަށް އަންގާފައިވަނީ މައްސަލައިގައި ބަޔާންކުރާ އޮޑިޓް ރިޕޯޓް ހޯދަން އެދުނު ގޮތަށް އެ ރިޕޯޓް ދޫކުރުމަށެވެ. އެނިންމުން ހައިކޯޓުގައި އިސްތިއުނާފްކުރުމުން، ހައިކޯޓުން ގޮތެއް ކަނޑައެޅުމުގެ ކުރިން ވަނީ ވަރަށް ގިނަ ކަންކަމަށް ބައްލަވާފައެވެ.
އިންފޮމޭޝަން ކޮމިޝަނަރަކީ އޭގެ ޒާތުގައި މުއައްސަސާއެއް ނުވަތަ އޮފީހަކަށް ނުވާތީ ކަމަށް ބުނެއެވެ. އެކަމަކު އެ ގާނޫނުގެ 72 ވަނަ މާއްދާ ބުނާގޮތުން "އިންފޮމޭޝަން ކޮމިޝަނަރު" ކަމަށް އެ ގާނޫނުގައި ބުނަނީ އިންފޮމޭޝަން ކޮމިޝަނަރުގެ މަސްއޫލިއްޔަތު އަދާކުރަން ގާއިމްކުރާ އޮފީސް ނުވަތަ މުއައްސަސާއަށެވެ.
ކޮމެންޓު ފޮނުވާ