ވޭވަށު ބަނދަރު މަޝްރޫއަށް ބޭނުންވާ ބޮޑުހިލަ ދެވަނަ ޝިޕްމަންޓް ގެންގޮސްފި

ވޭވަށު ބަނދަރު މަޝްރޫއަށް ބޭނުންވާ ބޮޑުހިލަ ދެވަނަ ޝިޕްމަންޓް ގެންގޮސްފި

Author
މުޙައްމަދު ޝަޒައިމް
25 މާރޗް 2021 12:35
0

މ. ވޭވަށުގައި ތަރައްޤީކުރާ ޒަމާނީ ބަނދަރުގެ މަސައްކަތުގެ 80 އިންސައްތަ މަސައްކަތް ނިންމާލައިފިއެވެ.

އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި މ. ވޭވަށް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ބާރަށްކުރިއަށް ދާއިރު، މި މަޝްރޫޢުގެ %80 މަސައްކަތް މިހާރު ނިމިފައިވާކަމަށް ވަނީ ބުނެފައެވެ. ވޭވަށުގައި ޒަމާނީ ފެންވަރުގެ ބަނދަރެއް ހެދުމަށް ސަރުކާރުން އެމް.ޓީ.ސީ.ސީއާއި ހަވާލުކޮށްފައިވަނީ 27 އޯގަސްޓް 2019 ގައެވެ. މި މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމެންޓް 22 މާރޗް 2021 ވަނަ ދުވަހު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައި.

މި މަޝްރޫޢުގެ ދަށުން 350 މީޓަރުގެ ބޭރުތޮށްޓެއް ލުމާއި، 130 މީޓަރު ރިވެޓްމަންޓް ޖަހާ، 380 މީޓަރުގެ އެއްގަމު ތޮށްޓެއް ލުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބަނދަރާއި އިންވެގެން ޕޭވްމަންޓް މަގު ހެދުމާއި، ނެރުބައްތިއާއި މަގުބައްތި ހަރުކުރުމަށްވެސް ހަމަޖެހިފައިވެއެވެ. މި މަޝްރޫޢުގެ މަސައްކަތް އެމް.ޓީ.ސީ.ސީއާއި ހަވާލުކޮށްފައިވަނީ 500 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.

މ. ވޭވަށު ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތަކީ ދަޢުލަތުގެ ބަޖެޓުން 48.8 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.