ހއ.ބާރަށު ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛު ޢަބްދުލްޣަނީ ޢަލީ ގުޅޭގޮތުން ޖުޑިޝަލް ސާވިސް ކޮމިޝަނަށް ހުށަހެޅުނު މައްސަލަ އިތުރަށް ކުރިއަށް ނުގެންދިއުމަށް އެކޮމިޝަނުން ނިންމައިފިއެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަނުން ޢަވްދުލް އަނީގެ މައްސަލަ ތަހުޤީގް ކުރަން ފަށާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. އޭނާއާއި ގުޅޭގޮތުން ހުށަހެޅުނު މައްސަލައަކީ ޤާނޫނުއަސާސީއާ ޚިލާފަށް ދިފާއީ ވަކީލެއްގެ ޙައްޤުނުދީ މައްސަލައެއް ކުރިއަށް ގެންގޮސްފައިވާކަމަށްބުނެ ހުށަހެޅުނު މައްސަލައެވެ.
މިމައްސަލާގައި ޖޭއެސްސީން ވަނީ ތަހުގީގް ކޮމިޓީއެއް އެކުލަވާލައި މިމައްސަލަ ކުރިއަށް ގެންގޮސްފައެވެ. މައްސަލަ ބެލި ބެލުމުގައި އިސް މެޖިސްޓްރޭޓް ޢަބްދުލްޣަނީ ޢަލީގެ ސުލޫކާ ގުޅިގެން ތަޙުޤީޤު ކުރިޔަށް ގެންދަން ޖެހޭފަދަ އެކަށީގެންވާ ތުހުމަތެއް އޮތްކަމަށް ތަޙުޤީޤު ކޮމިޓީއަށް ފާހަގަނުވާތީ، މި މައްސަލައަކީ އިތުރަށް ކުރިޔަށް ގެންދަންޖެހޭ މައްސަލައެއް ނޫންކަމަށް ކޮމިޝަނުން ވަނީ ނިންމާފައެވެ.
ކޮމެންޓު ފޮނުވާ