ހިޔާ މަޝްރޫޢުގެ ތެރެއިން ސިފައިންގެ ފްލެޓްތައް އަތުލަން އުޅޭކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ ދޮގުކުރައްވައިފިއެވެ.
ސިފައިންގެ ކެޓަގަރީ އުވާލަން މަސައްކަތްކުރާކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކާގުޅިގެން މިނިސްޓަރ މާރިޔާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ ވާހަކަތަކަކީ ހަމަ ކަނޑައެޅިގެން ރޯ ބުހުތާނު ދޮގެއްކަމަށެވެ. އަދި ސިފައިންނަށް ލިބޭ 300 ފްލެޓްގެ ފޯމުތައް އެ މިނިސްޓްރީން ދިރާސާކޮށް އިންޓަރވިއުވެސް ކޮށްފައިވާކަން ޚުދު ސިފައިންނަށް އެނގޭނެކަމަށްވެސް މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.
ހިޔާ މަޝްރޫޢުގެ ތެރެއިން ސިފައިންގެ ފްލެޓްތައް އަތުލަން އުޅޭކަމަށްބުނެ ފަތުރަމުންދާ ވާހަކަތައް ޑިފެންސް މިނިސްޓަރ ދޮގުކުރައްވާފައިވާއިރު، ހައުސިންގ މިނިސްޓަރ މުޙައްމަދު އަސްލަމްވެސް ވަނީ އެކަން ދޮގުކުރައްވާފައެވެ.
Hama kanda elhigen roa buhthan dhogu!!!!
Sifainnah kanda elhigen engeyne emeehunnah libey 300 flat ge form thah @MNDF_Official in dhiraasaa koh interviewves kohfikan. https://t.co/rlTul1EUQW
— Mariya Didi ? (@MariyaDidi) March 25, 2021
މިނިސްޓަރ އަސްލަމް ވިދާޅުވީ، ސިފައިންނާއި ފުލުހުންނަށް ޚާއްސަކޮށްފައިވާ ފްލެޓްތައް ރީ-އެލޮކޭޓްކުރަން ނުވަތަ އިތުރުބަޔަކަށް ދިނުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅުއްވާކަމަށެވެ. އަދި މިއީ އާއްމުންގެ މެދުގައި ނުތަނަވަސްކަން ފެތުރުމަށް ދައްކާ ހަޤީޤަތާ ޚިލާފު ވާހަކަތަކެއްކަމަށްވެސް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.
Yes Mari. These people have just one intention. That is to create mischief. Government has no intention of reallocating the flats to MNDF and MPS to anyone else. What rubbish is this!!!?
— Aslam ? (@AslamAslamtey) March 25, 2021
ހިޔާ މަޝްރޫޢުގެ 6،720 ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ދީފައިވަނީ އުސޫލާއެއްގޮތަށްތޯ ބަލައި ކަށަވަރުކުރުމަށްފަހު، އެ މަޝްރޫޢުގެ ކެޓަގަރީތަކުގެ ދާއިމީ ލިސްޓް ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމެޓީން މިހާރު ވަނީ އެކުލަވާލެވިފައެވެ.
ހިޔާ މަޝްރޫޢުގެ ކޮންމެ ކެޓަގަރީއެއްގެ ދަށުން ފްލެޓް ލިބިފައިވާ ފަރާތްތަކުގެ ލިސްޓް ތައްޔާރުކޮށްފައިވާނީ، 24 އޮގަސްޓު 2020 ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން 'ހިޔާމަޝްރޫޢުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރަމުންގެންދާ 16 އިމާރާތުގައި ހުރި 2 ކޮޓަރީގެ 6720 ފުލެޓް ކެޓަގަރީތަކަށް، ފުލެޓްތަކުގެ އަދަދު ކަނޑައެޅުމާގުޅޭ' ގޮތުން ނެރެފައިވާ އިއުލާންގައި ކަނޑައަޅާފައިވާ އެލޮކޭޝަންއާ އެއްގޮތަށެވެ.
ކޮމެންޓު ފޮނުވާ