މަޑުއްވަރީ ރޭޕްކޭސް އާއި ގުޅިގެން ތުހުމަތުކުރެވޭ ހެކި ތަހުގީގަށް ލިބިފައިނުވޭ: ފުލުހުން

މަޑުއްވަރީ ރޭޕްކޭސް އާއި ގުޅިގެން ތުހުމަތުކުރެވޭ ހެކި ތަހުގީގަށް ލިބިފައިނުވޭ: ފުލުހުން

Author
މުޙައްމަދު ޝަޒައިމް
25 މާރޗް 2021 10:11
0

ރ.މަޑުއްވަރީގައި 18 އަހަރު ނުފުރޭ ކުއްޖަކު ރޭޕްކުރި މައްސަލާގައި މިހާތަނަށް ވަކި މީހަކަށް ތުހުމަތު ކުރެވޭ ކެހި ލިބިފައި ނުވާކަމަށް ފުލުހުން ބުނެފިއެވެ.

ރ.މަޑުއްވަރީގައި 18 އަހަރު ނުފުރޭ ކުއްޖަކު ރޭޕްކުރުމާއި ގުޅިގެން އެރަށު ރައްޔިތުން ނިކުމެ އިއްޔެއާއި ރޭ ވަނީ މުޒާހަރާކޮށްފައެވެ. މިމައްސަލާގައި ފުލުހުން ބުނެފައިވަނީ މިމައްސަލާގައި ވަކި މީހެއްގެ މައްޗަށް ތުހުމަތު ކުރެވޭނެ ހެކި މިހާތަނަށް ތަހުގީގަށް ލިބިފައި ނުވާކަމަށެވ.

މަޑުއްވަރީ ރައްޔިތުން ނިކުމެ މުޒާހަރާކުރަމުންދަނީ ޢުމުރުން 14 އަހަރުގެ ކުއްޖަކު ރޭޕްކުރުމުން، ރޭޕްކުރި މީހާ ހައްޔަރުނުކުރުމުންނެވެ. ފުލުހުން ބުނީމިމަހުގެ 3 ވަނަ ދުވަހު 18 އަހަރު ނުފުރޭ އަންހެން ކުއްޖަކަސް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މިމަހުގެ 11 ވަނަ ދުވަހު ފުލުހުންނަށް ހުށައަޅާފައިވާކަމަށެވެ. އެ މައްސަލަ ފުލުހުން ތަހުގީގްކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.

އަދި ކުޑަކުދިންނާއި ގުޅުންހުރި މައްސަލަތައް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލަމުންދާކަމަށްވެސް ފުލުހުން ބުންޏެވެ. މިމައްސަލާގއި ފުލުހުންގެ އިދާރާ ކުރިމަތީގައި އެރަށުގެ ގިނަ ޢަދަދެއްގެ މީހުން ނިކުމެ އަންނަނީ މުޒަހަރާކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.