ޕެރޯލް ބޯޑުގެ މެމްބަރުންތިބީ ޤާނޫނީ ގޮތުން ވަރަށްބޮޑު ނުރަގަނޅު ކަމެއްގެ ތެރޭގައި

ޕެރޯލް ބޯޑުގެ މެމްބަރުންތިބީ ޤާނޫނީ ގޮތުން ވަރަށްބޮޑު ނުރަގަނޅު ކަމެއްގެ ތެރޭގައި

Author
މުޙައްމަދު ޝަޒައިމް
24 މާރޗް 2021 11:21
0

ޕެރޯލް ބޯޑުގެ މެމްބަރުންތިބީ ޤާނޫނީ ގޮތުން ވަރަށްބޮޑު ނުރަގަނޅު ކަމެއްގެ ތެރޭގައިކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އައްސޭރި ޖަލުގައި ތިބި ޤައިދީންނާގުޅޭ ކަންބޮޑުވުންތަކެއް ބަޔާންކޮށް ޕެޓިޝަން ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލައެއް ދިރާސާކޮށް އެކޮމިޓިން ނިންމިގޮތުގެ ރިޕޯޓްގެ ބަހުސް މަރުހަލާނިމި މެމްބަރުން ދެއްކެވި ވާހަކަތަކަށް އިޝާރާތް ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ޕެރޯލް ބޯޑަކީ އެތައް ބައެއްގެ ހައްގު އެކުލެވޭ ގޮތަށް އެކަށައެޅިފައިވާ ބޯޑެއްކަމަށެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި ބޯޑުން އެންމެ 14 ބައްދަލު ބައްދަލުވުން ބާއްވި ކަމީ ބޯޑުގެ މަސައްކަތް ކުރެވިފައިވާ މިންވަރު ހާމަވާކަމެއްކަމަށެވެ. ޖަލުތައް ފުރި ޖަލުތަކުގައި ތިބި ގައިދީންގެ ތެރެއިން ޕެރޯލް ޤާނޫނުގެ ތެރެއިން ގައިދީންނަށް ލިބިދޭ ހައްގު ނުދީ ހިފެހެއްޓުމަކީ ޕެރޯލް ބޮޑަށް އޮތް އިހުތިޔާރެއް ނޫންކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ. އަދި ޕެރޯލް ބޯޑުގައި ހިމެނެ ވަޑައިގަންނަވާ މެމްބަރުން ބިޒީވެ ބައްދަލުވުން ނުބޭއްވޭކަމަށް ދައްކަވާ އުޒުރަކީ ވަރަށް ތާކުންތާކު ނުޖެހޭ އުޒުރެއްކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

އަޅުގަނޑަށް ފެންނަ ގޮތުގައި ޕެރޯލް ބޯޑުގައި މިތިއްބެވި ނުވަ ބޭފުޅުން މިތިބީ ޤާނޫނީ ގޮތުން ވަރަށްބޮޑު ނުރަނގަޅު ކަމެއްގެ ތެރޭގައި. ދެން އެއީ ކުށެއްތޯ އުގޫބާތެއް އެބޭފުޅުންނަށް އަންނާނެތޯ މިވާތުގެ ކަމެއް ޖެހޭނީ ޝަރުޢީ ދާއިރާގެ ބޭފުޅުން ޤާނޫނީ ބޭފުޅުން އޮޅުން ފިލުވައިގެން ޕެރޯލް ބޯޑުގެ މައްޗަށް، އެއްބަޔަކު 3،000 އެތައް މީހަކު ތިބީ ޖަލުގައި.

– މަޖިލިސް ރައީސް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ޤައިދީންނަށް ލުއި ގޮތެއް ހޯދައިދިނުމަށް އެ އާއިލާތަކުން އެދާއިރާއެއްގެ މަޖިލިސް މެންބަރު ކައިރީގައި ވަރަށް ގިނަ ފަހަރު އެދެމުންދާކަން އެނގިވަޑައިގަންނަވާކަމަށެވެ. ނަމަވެސް މިކަން ކުރެވެން އޮންނަނީ ގާނޫނީ ބާރު ދީފައިވާ ޕެރޯލް ބޯޑަށްވާއިރު އެބޭފުޅުން އެކަން ނުކޮށްދެއްވާހާ ހިނދަކު ގައިދީންނަށް ލުއި ދޭނެ ގޮތެއް ނުވިސްނޭކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

ޕެރޯލް ބޯޑު އެކުލެވިގެންވަނީ 9 މެމްބަރުންގެ މައްޗަށެވެ. މަޖިލިސް ރައީސް ވިދާޅުވީ މިބޭފުޅުންނާއިމެދު ޤަނޫނީ ގޮތުން ދައުވާ ކުރުމަށް ނުވަތަ އެނޫން ގޮތަށް އަމަލު ކުރެވިދާނެތޯ ސާފުކުރުންވެސް މުހިންމުކަމަށެވެ. ނަމަވެސް ޔަގީންވާކަމަކީ ޕެރަލްބޯޑުގެ މެމްބަރުންތިބީ ވަރަށް ބޮޑު ޤާނޫނީ ގޮތުން ނުރަނގަޅު ކަންތައްތަކެއް ކޮށްގެންކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

ހިންމަފުށި އައްސޭރި ޖަލުގައި ތިބި އަޚްލާގު ރަނގަޅު ޤައިދީންނާއި، ކުށްކުރުން މަދު މީހުން ފާހަގަކޮށް، ޚާއްސަ އުސޫލެއްގެ ދަށުން، އެފަދަ މީހުންނަށް މަޢާފު ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞަލިޙަށް ދެންނެވުމަށް ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމެޓީން ވަނީ ފާސްކޮށްފައެވެ.

އައްސޭރި ޖަލުގައި ތިބި ޤައިދީންނާގުޅޭ ކަންބޮޑުވުންތަކެއް ބަޔާންކޮށް ޕެޓިޝަން ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލައެއް ދިރާސާކޮށް އެކޮމިޓިން ނިންމިގޮތުގެ ރިޕޯޓްގައި ވަނީ 13 ކަމެއް ހިމަނާފައެވެ. އެގޮތުން މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ކޮމިޓީން ފާސްކުރި ރިޕޯޓްގައިވަނީ، ކުށްކުރާ މީހުންނަކީ ޖަލުގައި ބަންދުކޮށް މުޖުތަމައުން އެކަހެރި ކުރެވޭ ބަޔަކަށް ހެދުމުގެ ބަދަލުގައި، ކުދިކުދި ކުށްކުރާ މީހުން "ނޮން ކަސްޑޯޑިއަލް ސެންޓެންސް" ގެ ދަށުން، މުޖުތަމައަށް ބޭނުންތެރި ޚިދުމަތެއް ކުރުމަށްފަހު އެކުރި ކުށަށް މައާފު ލިބޭނެ ނިޒާމެއް ގާއިމު ކުރުމަށާއި އެކަމަށް މަގުފަހި ކުރުމަށްޓަކައި، ކަމާގުޅޭ ގާނޫނުތަކަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް ރިޕޯޓްގައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.