ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރަހިމް ޝަރީފަށް ބުލީ ކުރާކަމުގެ ތުހުމަތު އޭނާ ކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހަށް ހައުސިން އެންޑް ޕްލޭނިން މިނިސްޓަރ ހާޒިރުކޮށް މިއަދު ކުރެވުނު ސުވާލުތަކުގެ ތެރެއިން ޝަރީފް ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ އަސްލަމް ވަނީ ވަރަށް ކުރުކޮށް ސުވާލުތަކުގެ ޖަވާބު ދެއްވައި އެސުވާލުތަކުގެ ޖަވާބު ރައްވެހި ފަތިހުން ލިބޭނެކަމަށް ވިދާޅުވެފައެވެ. އަދި މިއާއިއެކު މަޖިލިސް ރައީސް ޝަރީފަށް އިތުރު ފުރުސަތު ނުދެއްވައި ދެއްކެވި ވާހަކަތާއި ގުޅިގެން ޝަރީފް ކުރެއްވި ޓްވީޓުގައި ވިދާޅުވީ ރައީސް ނަޝީދު މަޖިލިސް ރިޔާސަތުގައި އިންނަވައިގެން އޭނާއަށް ބުލީ ކުރުމަކީ މުޅި ދާއިރާގެ ރައްޔިތުންނަށް ބުލީ ކުރުން ކަމަށެވެ.
މަރަދޫ ދާއިރާގެ މެމްބަރަށް ބުލީ ކުރުމަކީ އެއީ އެއްގޮތަކަށްވެސް އަޅުގަނޑު އިބްރާހިމް ޝަރީފަށް ރައްދުވާ ކަމެއްނޫން. އެއީ މުޅި ދާއިރާގެ ލޮބުވެތި ރައްޔިތުންނަށް ކުރައްވާ މަލާމަތެއް.
– ޝަރީފް ވިދާޅުވިއެވެ.
Maradhoo Dhaairaa ge member ah bully kurumakee ee eggothakahves alhugandu Ibrahim Shareef ah rahdhuvaa kameh noon. E ee mulhi Dhaairaa ge lobuvethi rayyithunnah ah kuraavvaa malaamaatheh HE president @MohamedNasheed @mvpeoplesmajlis
— Ibrahim Shareef (@AdduShareef) March 24, 2021
މިއަދުގެ މަޖިލީހުގައި ޝަރީފް ކުރެއްވި ސުވާލުތަކުގެ ޖަވާބު ވަރަށް ކުރުކޮށް ދެއްވުމަށްފަހު ވަޒީރު ވިދާޅުވީ ރަށްރަށުގެ މަޝްރޫޢުތަކުގެ މައުލޫމާތު ރަށްވެހި ފަތިސް ޕްރޮގުރާމުގައި ދެއްވަމުންދާކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާވެސް ގެންދަވަނީ މަޝްރޫޢުތަކުގެ މައުލޫމާތު ވަރަށް ސާފުކޮށް އެ ޕްރޮގުރާމުގައި ހާމަކޮށް ދެއްވަމުންކަމަށެވެ.
އަސްލަމްގެ މިވާހަތަކަށް ތާއީދުކޮށް މަޖިލިސް ރައީސް ވަނީ ހުރިހާ ބޭފުޅުންވެސް ނޫސްތައް ކިޔުއްވުމަށާއި، އެރަށެއްގެ ކަންކަމާއި ގުޅިގެން ދެއްވާ މައުލޫމާތުތައް ބަލައި އަޑު އެއްސެވުމަށް އިރުޝާދު ދެއްވާފައެވެ. ރައީސް ނަޝީދުގެ މިވާހައާއިއެކު ޝަރީފް ވަނީ އިތުރަށް ރުޅިގަދަވެ މަޖިލީހުގައި އަޑު ގަދަ ކުރައްވައި މަޖިލީހަށް ވަޒީރުން ހާޒިރު ކުރަނީ ރަށްވެހި ފަތިހުން ޖަވާބު ހޯދުމަށް ނޫންކަމަށެވެ.
މަޖިލީހުގެ ގަވާއިދުގައިވެސް އޮންނަނީ ވަޒީރުން މަޖިލީހަށް ހާޒިރުކޮށް، ކުރެވޭ ސުވާލުތަކުގައި ތެދު ބަހުން ޖަވާބުދޭންޖެހޭކަމަށެވެ. އެހެންކަމަށް ވުމުން ވަޒީރަށް މަޖިލީހުގައި ކުރެވޭ ސުވާލުތަކަށް ޖަވާބު ދެއްވުމުގެ ބަދަލުގައި އެހެން ޕްރޮގުރާމުތަކާއި، ދެއްވާ އިންޓަރވިއުތަކަށް ރިފާކޮށް ޖަވާބު ނެއްދެއްވުމަކީ ވަރަށް ޒިންމާދާރުކަން ކުޑަކަމަށެވެ.
ކޮމެންޓު ފޮނުވާ