ރ. އުނގޫފާރުގައި މިހާރު އުފެދިފައިވާ ކޯވިޑް-19 ކްލަސްޓާއާއި ގުޅިގެން އުނގޫފާރު ބޮޑު ބިރުވެރިކަމެއްގައި އޮތްއިރު، އުނގޫފާރުގެ ރީޖަނަލް ހޮސްޕިޓަލުން ކޯވިޑަށް ޓެސްޓް ކުރެވޭނެ ގޮތެއް ނެތުމުން އެކަމުގެ ކަންބޮޑުވުން އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޖައުފަރު ދާއޫދު ފާޅު ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާއާއި، ހެލްތު މިނިސްޓަރ ނަސީމް ޓެގް ކުރައްވައި ޖައުފަރު ކުރެއްވި ޓްވީޓުގައި ވިދާޅުވީ އޭނާ ކޯވިޑަށް ޓެސްޓް ކުރެއްވިތާ މިހާތަނަށް ތިން ދުވަހަށްވުރެ ގިނަ ދުވަސް ވެގެންދާއިރުވެސް ނަތީޖާ ނުލިބޭކަމަށެވެ. އުނގޫފާރަކީ ރީޖަނަލް ހޮސްޕިޓަލަށްވާއިރު، އެ ހޮސްޕިޓަލުގައި ކޯވިޑަށް ޓެސްޓް ކުރެވޭނެ ގޮތެއް ނެތުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއްކަމަށް ޖަރުފަރު ވިދާޅުވިއެވެ.
އަޅުގަނޑު ކޮވިޑް ސާމްޕަލް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ނެގިތާ މީ 3 ވަނަ ދުވަސް. އަދިވެސް ނަތީޖާ ނުލިބޭ. މީ ވަރަށްބޮޑު އަނިޔާއެއް. މިގޮތަށް ވާނުވާއެއް ނޭނގި ނުބައިތިއްބާ! ރީޖަނަލް ހޮސްޕިޓަލު ތަކުން ޓެސްޓް ހެދޭނެގޮތް ހަމަޖައްސަވައި ދެއްވާ!
– ޖައުފަރު ވިދާޅުވިއެވެ.
@HPA_MV އަޅުގަނޑު ކޮވިޑް ސާމްޕަލް @urh_mv އިން ނެގިތާ މީ 3 ވަނަ ދުވަސް. އަދިވެސް ނަތީޖާ ނުލިބޭ. މީ ވަރަށްބޮޑު އަނިޔާއެއް. މިގޮތަށް ވާނުވާއެއް ނޭނގި ނުބައިތިއްބާ! ރީޖަނަލް ހޮސްޕިޓަލު ތަކުން ޓެސްޓް ހެދޭނެގޮތް ހަމަޖައްސަވައި ދެއްވާ! @ibusolih @KerafaNaseem
— JaufarDawood (@Jaufar_Dawood) March 23, 2021
ކޮމެންޓު ފޮނުވާ