ފުލުހުންގެ އިދާރާގެ 92 އިންސައްތަ މީހުން ވެކްސިން ޖަހައިފި

ފުލުހުންގެ އިދާރާގެ 92 އިންސައްތަ މީހުން ވެކްސިން ޖަހައިފި

Author
މުޙައްމަދު ޝަޒައިމް
23 މާރޗް 2021 11:05
0

ކޯވިޑް-19އިން ރައްކާތެރިވުމަށް ރާއްޖޭގައި ކުރިއަށް ގެންދާ ވެކްސިން ޕްރޮގުރާމުގައި ފުލުހުންގެ އިދާރާގައި މަސައްކަތް ކުރާ 92 އިންސައްތަ މީހުންނަށް ވެކްސިން ދީފައިވާކަމަށް ކަމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ކޯވިޑް-19 އއިން ރައްކާތެރިވުމަށް ފްރަންޓްލައިންގައި ހަރަކާތްތެރިވާ ބޭފުޅުންގެ ތެރޭގައި ހިމެނޭ ފުލުހުންގެ އިދަރާގައި މަސައްކަތް ކުރައްވާ ފުލުހުންނާއި، މަދަނީ ސްޓަފުން ހިމެނޭހެން ބޮޑު އިންސައްތައެއް ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަ ކުރެއްވިކަން ހާމަކޮށްފައިވާއިރު، ވެކްސިން ޖަހަމުންދަނީ ފުލުހުންގެ މެޑިކަލް ބޯދުގެ ބެލުމުގެ ދަށުންނެވެ.

ކޯވިޑް-19 އާއި ގުޅިގެން ފުލުހުންގެ އިދާރާގައި ވަނީ ޑިއެންއޭ ލެބޯޓްރީއެއްވެސް ގާއިމްކޮށްފައެވެ. އެލެބޭޓްރީއަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބަލައިގެންފައިވާ ލެބޯޓަރީއެއް ކަމަށް ސީޕީ ކުރެއްވި ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި ވެކްސިން ޕްރޮގުރާމު ފަށާފައިވަނީ މިދިމަހުގެ ފުރަތަމަ ދުވަހުއެވެ. މިހާތަނަށް ރާއްޖެއިން މިހާތަނަށް 220،768 މީހުން މިވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ވެކްސިން ޖެހި 123،227 މީހުންނާއި ރަށްރަށުގައި ވެކްސިން ޖެހި 97،541 މީހުންނެވެ.
.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.