ޗައިނާއިން ހަދިޔާކުރި ވެކްސިން ބަލާދާން މިޖެހެނީ އެއްލައްކަ ޑޮލަރު ހޭދަކޮށްގެން: ޝަހީމް

ޗައިނާއިން ހަދިޔާކުރި ވެކްސިން ބަލާދާން މިޖެހެނީ އެއްލައްކަ ޑޮލަރު ހޭދަކޮށްގެން: ޝަހީމް

Author
މުޙައްމަދު ޝަޒައިމް
23 މާރޗް 2021 08:50
0

ޗައިނާއިން ހަދިޔާކުރި ކޯވިޑް ވެކްސިން ބަލާ ރާއްޖެއިން ފްލައިޓެއް ޗާޓަރުކޮށްގެން ދާންޖެހުމުން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް ފާޑުވިދާޅުވެއްޖެއެވެ.

ޗައިނާއިން ވަނީ ދިވެހިރާއްޖެއަށް ކޯވިޑް-19ގެ ވެކްސިންގެ ދެލައްކަ ޑޯޒް ހަދިޔާކުރަން ނިންމާފައެވެ. ނަމަވެސް ވެކްސިން އަދި ރާއްޖެ އަށް ލިބިފައިނުވާއިރު، ޗައިނާއިން ހަދިޔާކުރާ ވެކްސިން ރާއްޖެއަށް ގެންނަނީ ކޮން ބައެއްގެ ޚަރަދުގައިކަމެއް އަދި ހާމަކޮށްފައި ނުވެއެވެ.

ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގ ލިޖޮންގ ޓެގް ކުރައްވާ ހޯމަ ދުވަހުގެރޭ އަނދުން ހުސެއިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޗައިނާއިން ރާއްޖެއަށް ހަދިޔާކުރި ވެކްސިން ބަލައި ދިއުމަށް 100،000 (އެއްލައްކަ) ޑޮލަރު ހޭދަކޮށްގެން ފްލައިޓެއް ޗާޓާކޮށްގެން ދާން ޖެހުން އެއީ ހިތާމަވެރި ހަބަރެއް ކަމަށެވެ.

ނަމަވެސް ނިމިދިޔަ ހަފްތާ ރާއްޖޭގެ މީޑިއާތަކުން ވަނީ ޗައިނާއިން ހަދިޔާކުރި ވެކްސިން ބަލައި އެގައުމަށް ދާން ޖެހޭނެ ކަމަށް ބުނެ ރިޕޯޓްކޮށްފައެވެ. ނަމަވެސް މިކަމާއި ގުޅޭގޮތުން ސަރުކާރުގެ ރަސްމީ އިދާރާއަކުންވެސް މިހާތަނަށް އަދި އެއްޗެއް ބުނެފައި ނުވެއެވެ.

ކޯވިޑް-19 އާއި ގުޅިގެން ރާއްޖެއަށް މާލީ ގޮތުންނާއި ވަސީލަލަތުގެ ގޮތުންވެސް ޗައިނާގެ އެހީތެރިކަން ފޯރުކޮށް ދީފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.