ޑީސެލް ބަރުކޮށްގެންދިޔަ ދޯޏެއް ފަރަށް އަރައިފި

ޑީސެލް ބަރުކޮށްގެންދިޔަ ދޯޏެއް ފަރަށް އަރައިފި

Author
މުޙައްމަދު ޝަޒައިމް
23 މާރޗް 2021 08:38
0

ޑީސެލް ބަރުކޮށްގެންދިޔަ ދޯންޏެއް ފަރަށް އަރައި އެމްއެންޑީއެފް ކޯސްޓް ގާޑުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ 50 ޓަނުގެ ޑީސެލް ބަރުކޮށްގެން މާލެ އނިް ފުރައިގެން ހއ.އަތޮޅަށް ދަތުރު ކުރަމުންދިޔަ "ސްނޯ" ދޯނީ ށ.ކީކިމިނީ ކައިރި ބޮލިސްތާ ފަރަށް އަރައިގެން އެމްއެންޑީއެފް ނޮދާން އޭރިޔާ ކޯސްޓް ގާޑް ސްކޮޑުން ހަރަކާތްތެރިވަމުންދާކަމަށެވެ. މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ ރޭ ދަންވަރު 3:9 ގައި ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

މި ދޯނީގައި ދަތުރުކީ އެއް ދިވެއްސަކާިއ ދެ ބިދޭސީންކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.