މަޖިލީހުގައި ދެއްކެވި ވާހަތަކާއި ގުޅިގެން ކުރީގެ ވަޒީރު މުހައްމަދު މަލީހު ޖަމާލު ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ކޮމިޓީއަށް ހާޒިރުކޮށް ކުރަމުންދާ މަސައްކަތަކީ ވަރަށް ޒިންމަދާރުކަން ކުޑަކޮށް ކުރާ މަސައްކަތެއްކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
މަލީހު މިއަދު ކޮމިޓީއަށް ހާޒިރު ކޮށްފައިވާ މައްސަލާގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ވަޒީރަކަށް ހުންނަވާ ބޭފުޅަކު މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތީން މަޖިލިސް ތަޅުމުގައި ދައްކަވާ ވަހަކަޔަކުން މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށް އިތުތަށް ތަހުގީގް ކުރާ އުސޫލުން ކަންކަން ކުރުމަކީ ޒިންމާދާރުކަން ކުޑަ ކަމެއްކަމަށެވެ.
ނާޒިމް ވިދާޅުވީ މަލީހު މަޖިލީހުގައި ދެއްކެވި ވާހަތަކާއި ގުޅިގެން މިހާރު ކުރަމުންދާ މަސައްކަތަކީ ޒަތީ މަސައްކަތްތަކެއްކަމަށެވެ. އަދި ވަޒީރަށް މަޖިލީހުގައި 30 މިނިޓްގެ ވަގުތެއްގައި ވާހަކަ ދައްކަން ފުރުސަތު ލިބި އެފުރުސަތުގައި ދައްކަވާ ވާހަތަކާއި ގުޅިގެން އިތުރު އެއްވެސް ވަހަތަކެއް ދައްކައި ތަހުގީގް ކުރުމަކީ ޒިންމާދާރުކަން ކުޑަކަމެއްކަމަށެވެ.
30 މިނިޓް ތެރޭގައި ބޭނުން ވާހަކައެއް ދެއްކުމުގެ ފުރުސަތު އޮވޭ. މިއީ ޒާތީ ގޮތުންވަކި ބޭފުޅަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާކަމެއް. ޚާއްސަކޮށް މަޖިލިސް ރައީސް އިސްނަގައިގެން މިކަން މި ކުރައްވަނީ. މިކަން މިހެންދާނަމަ ވަޒީރުންނަށް މަޖިލީހަށް ވަޑައިގެން ބޭނުން ވާހަކައެއް ދެއްކުމުގެ ބިރު އޮންނާނެ.
– ނާޒިމް ވިދާޅުވިއެވެ.
މަޤާމުން ވަކިކުރުމުގެ ކުރިން މަޖިލީހުގެ ތަޅުމުގައި މައްސަލައަށް ޖަވާބު ދާރީވުމަށް ލިބުނު ފުރުސަތުގައި މަލީހު ވިދާޅުވީ މަޖިލީހުން ސަރުކާރުގެ ބައެއް ވަޒީރުންނަށް ބިރު ދައްކަމުންދާ ކަމަށެވެ. ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް އިސްތިއުފާ ދެއްވީ ވެސް ބިރު ދެއްކުމުން ކަމަށް މަލީހު ވިދާޅުވިއެވެ. އަދި އެދުވަހު ވަގުތު ދެއްވައިފިނަމަ އެކަމުގެ ތަފްސީލް ހާމަކޮށްދެއްވާނެކަމަށްވެސް މަލީހު ވަނީ ވިދާޅުވެފައެވެ.
މަލީހުގެ އެ ތުހުމަތަކީ މަޖިލީހުގެ ކަރާމާތާއިި ގަދަރަށް އުނިކަން ލިބޭ ކަމެއް ކަމަށް ވިދާޅުވެ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އިމްތިޔާޒް ކޮމެޓީ އަށް އެ މައްސަލަ ފޮނުއްވައިފައެވެ.
މަލީހު އެދުވަހު ވިދާޅު ދައުލަތުގެ މިނިސްޓްރީއެއް އެތަނުގެ ފޮޅާ ސާފުކުރާ މީހުން ބުނާގޮތަށް ނުހިންގޭނެކަމަށެވެ. ކުރަންޖެހޭނީ ރައީސުލްޖުމްހޫރިއްޔާ ވަޒީރާ ހަވާލުކޮށްފައިވާ މަސައްކަތެއްކަމަށާއި، މަޖިލީހުގައި އަމިއްލަފުޅަށް ސަރުކާރާ ދެކޮޅު ފެކްޝަނެއް އުފައްދައިގެން ރައީސުލްޖުމްހޫރިއްޔާއަށް ގޮންޖައްސަވަމުން މަސައްކަތްކުރުމަކީ ރިޔާސީ ނިޒާމްގެ މަފްހޫމާއި ޚިލާފްކަމެއްކަމަށެވެ.
ކޮމެންޓު ފޮނުވާ