ޕަޕެޓުންތަކެއް ކުރާނެ ތަޙްޤީޤެއް ނޯންނާނެ: ޑރ.ޖަމީލް

ޕަޕެޓުންތަކެއް ކުރާނެ ތަޙްޤީޤެއް ނޯންނާނެ: ޑރ.ޖަމީލް

Author
މުޙައްމަދު ޝަޒައިމް
22 މާރޗް 2021 11:13
0

އެއްވެސް ހަގީގަތެއް އަސްލެއް ނެތްކަން ކަމުގެ މައްޗަށް އިދިކޮޅު ކޯލިޝަންގެ ބޭފުޅުންގެ މައްޗަށް ކުރާނެ ތަޙްޤީޤެއް ނޯންނާނެކަމަށް ކުރީގެ ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލ އަހުމަދު ވިދާޅުވެއްޖެއެވެ.

ކުރީގެ ހައުސިން މިނިސްޓަރ އަދި، މާލެ ސިޓީ ކައުންސިލްގެ މޭޔަރުގެ މަޤާމަށް އިދިކޮޅު ކޯލިޝަނުން ވާދަކުރައްވާ ޑރ.މުއިއްޒު އޭސީސީއަށް މާދަމާ ހާޒިރުވުމަށް އަންގާފައިވާ އެންގުމަށް އިޝާރާތް ކުރައްވައި ޑރ.ޖަމީލް ވިދާޅުވީ ގޮތް ހުސްވުމުން ފެނިގެންދަނީ ސިޔާސީ ބާރާއި ނުފޫޒު ބޭނުންކޮށްގެން ބިރު ދެއްކުމަށް މަސައްކަތް ކުރާތަންކަމަށެވެ.

އެމްޑީޕީން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ ޑިމޮކްރަސީ ނައްތާލައި ޑިމޮކްރަސީޢާއި ބީރައްޓިހިކޮށް މަސައްކަތް ކުރުމަށް ކަމަށް ޖަމީލް ވިދާޅުވިއެވެ. އަދި ޑރ.މުއިއްޒުއަށް ކުރާ ގޯނާއަކީ މި އިންތިޚާބުން އެމްޑީޕީ ބަލިވާނެކަން ޔަގީންވުމުން ކުރާ ގޯނާތަކެއްކަމަށް ޖަމީލް ވިދާޅުވިއެވެ.

ކޮންމެ ވާހަކައެއް ދެއްކިޔަސް އެމްޑީޕީ ސަރުކާރުން ފައިނަގާފައިވަނީ ރާއްޖޭގެ ޑިމޮކްރެސީ ހަލާކުކުރަން. ޑރ.މުއިއްޒު އަށް ގޯނާކުރަނީ އިންތިޚާބުން އެމްޑީޕީ ބަލިވާނެކަން ޔަޤީންވާތީ. ޕަޕެޓުންތަކެއް ކުރާނެ ތަޙްޤީޤެއް ނޯންނާނެ. ރައްޔިތުން ވަރަށް ކައިރިން ތިސަކަރާތް އެބަބަލާ.

– ޑރ.ޖަމީލް ވިދާޅުވިއެވެ.

އޭސީސީއަށް ހާޒިރު ކުރުމަށް އެންގި އެންގުމާއި ގުޅިގެން ޑރ.މުއިއްޒު ވިދާޅުވީ މިއީ ކުރިއަށް ކައުންސިލް އިންތިޚާބުގައި ކެމްޕެއިނަށް ހުރަސް އަޅައި، އަސްލެއްނެތް ދިގުވާހަކަ ފަތުރައި އަބުރު ކަތިލުމަށް ކުރަމުންދާ މަސައްކަތެއްކަމަށެވެ. މިކަމުގައި ހަމަ އެއްވެސް ވަރަކަށް ފަހަތަށް ޖެހުމެއްނެތި ސާބިތުކަމާއިއެކު ހުންނެވިކަަމށް ޑރ.މުއިއްޒު ވިދާޅުވިއެވެ.

އަޅުގަނޑުގެ ކެމްޕެއިނަށް ސަރުކާރުން ހުރަސްއެޅުމަށް، އަސްލެއް ނެތް ދޮގު ވާހަކަތައް ފަތުރުމަށް، އަބުރު ކަތިލުމަށް، ސަރުކާރުން އަންގައިގެން 23 މާރޗް ގައި އޭސީސީއަށް ހާޒިރު ކުރަނީ އިންޝާ ﷲ ފުރިހަމައަށް ޖަވާބުދާރީ ވާނަން.

– ޑރ.މުއިއްޒު ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލަށް ޑރ.މުއިއްޒު ވާދަކުރައްވަން ނިންމެވި ހިސާބުން ސަރުކާރުން ދަނީ ޑރ.މުއިއްޒުއަށް ބިރު ދެއްކުމުގެ އެކި ތުހުމަތުތައް ކުރައްވައި، އެކި މައްސަލަތައް މުއިއްޒުއަށް އަމާޒު ކުރަމުންނެވެ. އެގޮތުން ނޫމަޑި މައްސަލައާއި، ހިޔަ ހައުސިން ޔުނިޓްތަކާއިގުޅުވައިގެން މުއިއްޒުއަށް އެކި ތުހުމަތުތައް ކޮށްފައިވެއެވެ. މާލެ ސިޓީއަށް މިފަހަރު ޑރ.މުއިއްޒު އިންތިޚާބު ވެދާނެކަމުގެ ބިރު ސަރުކާރަށްހީވެފައިވާއިރު، ސަރުކާރުން ދަނީ މުުއިއްޒުއާއި ގުޅުވައިގެން އެކި ވާހަތައް ދައްކަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.