އިންތިޤާލީ އިންސާފު އޮފީހުގެ 10 މަޤާމަކަށް މުވައްޒިފުން ހޯދަނީ

އިންތިޤާލީ އިންސާފު އޮފީހުގެ 10 މަޤާމަކަށް މުވައްޒިފުން ހޯދަނީ

Author
މުޙައްމަދު ޝަޒައިމް
22 މާރޗް 2021 10:07
0

އިންތިގާލީ އިންސާފުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ އޮމްބަޑްސްމަން އޮފީހުގެ 10 މަޤާމަކަށް މުވައްޒިފުން ހޯދަން އިއުލާން ކޮށްފިއެވެ.

މުވައްޒިފުން ހޯދަން އިއުލާން ކޮށްފައިވަނީ ދެ ޑިރެކްޓަ ޖެނެރަލްއަކާއި، ޑިރެކްޓަރަކާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރަކާއި، ހިއުމަން ރިސޯސް އޮފިސަރަކާއި،
ޕްރޮކިއުމަންޓް އޮފިސަރަކާއި، އައިޓީ އޮފިސަރަކާއި، އޮފީސް އެސިސްޓަންޓްޓަކާއި، ސީނިއަރ އިންވެސްޓިގޭޝަން އޮފިސަރެއްގެ އިތުރުން އިންވެސްޓިގޭޝަން އޮފިސަރެކަށެވެ.

މިމަޤާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 29ގެ ކުރިން ކުރިމަތިލުމަސް ވަނީ ހުޅުވާލާފައެވެ. އެ އޮފީހުން ބުނެފައިވަނީ މި މަޤާމުތަކަަށް އިންޓަވިއުއަށް ދެންނެވޭނީ ގިނަވެގެން 10 ކެނޑިޑޭޓުންނަށެވެ. މަޤާމަށް 10 ފަރާތަށް ވުރެން އިތުރަށް ކުރިމަތިލައްވައިފިނަމަ ޝޯޓް ލިސްޓް ކުރުމަށް ފުރަތަމަ ދެވޭނީ ތިއަރީ ޓެސްޓަކަށް ފަހުގައިކަމަށެވެ. އަދި އިންޓަވިއުއަށް ދެންނެވޭނީ ތިއަރީ ޓެސްޓްގެ ނަތީޖާއާއި ތަޢުލީމީ ފެންވަރަށް ބަލައި، އެންމެ މަތިން މާކްސް ލިބޭ 10 ފަރާތަށްކަމަށް އެ އޮފީހުން ބުނެއެވެ.

އިންތިޤާލީ އިންސާފުގެ ޤާނޫނަކީ، 1953 ޖަނަވަރީ 1 އިން ފެށިގެން 2018 ނޮވެންބަރު 17 އާ ދެމެދު ހިނގާދިޔަ މުއްދަތުގެ ތެރޭގައި ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއަކު، ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފަށް ހިންގާފައިވާ ޢަމަލުތައް ބަލައި، ތަޙްޤީޤުކޮށް، ޙަޤީޤަތް ހާމަކޮށް، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް މި ޤާނޫނުގެ ދަށުން ފޯރުކޮށްދޭ ޙައްލުތައް މެދުވެރިކޮށް އިންސާފު ހޯދައިދިނުމުގެ ނިޒާމެއް އެކަށައެޅުމުގެ ޤާނޫނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.