ސިސްޓަމްގައި މައްސަލަ ޖެހި މަޖިލިސް ކުރިއަށް ނުގެންދެވި މެދު ކަނޑާލައިފިއެވެ.
މިއަދުގެ މަޖިލިސް ފެށުމަށްޓަކައި ޖަލްސާގައި މަޖިލިސް ރައީސް ވާހަކ ދެއްކި މަންޒަރު ފެނިގެން ގޮސްފައިވެއެވެ. ނަމަވެސް ސިސްޓަމްތަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން އަޑު ލިބޭގޮތް ނުވުމުން ޖަލްސާ ވަނީ މެދު ކަނޑާލާފަައެވެ.
މިއަދު އެންމެ ފުރަތަމަ އޮތް މަސައްކަތަކީ ތިމަރަފުށި ދާއިރާގެ މެންބަރު ޢަބްދުالله ރިޔާޟް، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފްއާއި ސުވާލު ކުރެއްވިމަށެވެ. މިނިސްޓަރ ވަނީ މަޖިލީހަށް ވަޑައިގެން ޖަލްސާގައިވެސް ބައިވެރިވެ ވަޑައިގެންފައެވެ. މިނިސްޓަރ އާއި ސުވާލު ކުރުމަށް ހަމަޖެހިފައިވަނީ ތިމަރަފުށީ ފުޓުބޯޅަ ދަނޑު ތަރައްޤީކުރުމުގެ ޕްރޮޖެކްޓް ނިމި، ޒުވާނުންނަށް މި ދަނޑުގައި ފުޓުބޯޅަ ކުޅެން ފެށޭނެ ތާރީޚެއް ސާފު ކުރުމަށެވެ.
ޖަލްސާގައި ދެން އެޖެންޑާކޮށްފައި ވަނީ ހޮޓާ، ކެފެޓޭރިއާ އަދި ރެސްޓްރޯރަންޓް ހިންގާ ފަރާތްތަކަސް ކުރިމަތިވަމުންދާ ދަތިކަން ހައްލުކޮށްދިނުމަށް ސަރުކާރަށް ގޮވާލައި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ހުށަހަޅުއްވާ މައްސަލައެވެ.
މީގެ އިތުރުންވެސް މިއަދު ޖަލްސާއަށް ވަނީ ކޮމިޓީތަކުގެ ރިޕޯޓްތައްވެސް ހުށަހަޅާފައެވެ.
ކޮމެންޓު ފޮނުވާ