ރުކުމާ ދެ ރައީސުންނަށް: ފައިދާއެއް އަދި ގެއްލުމެއް ނެތް އެއްޗެއް ވިއްކަން އުޅުނަސް ނުގަންނާނެ

ރުކުމާ ދެ ރައީސުންނަށް: ފައިދާއެއް އަދި ގެއްލުމެއް ނެތް އެއްޗެއް ވިއްކަން އުޅުނަސް ނުގަންނާނެ

Author
މުޙައްމަދު ޝަޒައިމް
22 މާރޗް 2021 08:37
0

އިނގިލި ކުރީގަ ހިފައިގެން ފައިދާއެއް އަދި ގެއްލުމެއް ނެތް އެއްޗެއް ވިއްކަން އުޅުނަސް އެ ރައްޔިތުން ނުގަންނާނެކަމަށް ހެންވޭރު ދެކުނުު ދާއިރާގެ ކުރީގެ މެންބަރު އަދި ސިޓީ ކައުންސިލްގެ ކުރީގެ މެންބަރު މުހައްމަދު އަބްދުލް ކަރީމް (ރުކުމާ) ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ވާދަކުރައްވާ އިދިކޮޅު ކެނޑިޑޭޓް އަދި ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުއިއްޒު އޭސީސީއަށް ހާޒިރު ކުރުމަށް އަންގާފައިވާ އެންގުމާއި ގުޅިގެން ރުކުމާ ވިދާޅުވީ ފެނިގެންދަނީ މުއިއްޒު ކުރިމަތިލީ ހިސާބުން ސަރުކާރުން ގޮތް ހުސްވެފައިވާ މަންޒަރުކަމަށެވެ. އަދި ރައްޔިތުންނަށް އެމީހެއްގެ ކިބައިފެން މަންފާ އެއް ނުކުރާނެ މީހަކު އިންތިޚާބު ކުރަން ކިތަންމެ މަސައްކަތެއް ކުރިޔަސް ރައްޔިތުން ބަލައި ނުގަންނަ މީހަކު ރައްޔތުންގެ ވޯޓަކުން އިންތިޚާބު ނުކުރާނެކަމަށް ރުކުމާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކައުންސިލް އިންތިޚާބަށް މާލެ ސިޓީ ކައުންސިލަށް ޑރ.މުއިއްޒު ވާދަކުރެއްވި ހިސާބުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި، ރައީސް ޞާލިހަށް ގޮތް ހުސްވިކަމަށެވެ. އަދި މާލެ ސިޓީން މިއަދު ޑރ.މުއިއްޒަށް އޮތް ތާއީދާއި، އިންތިޚާބު ފަސޭހައިން ކާމިޔާބް ކުރައްވާނެކަން ޔަގީން ވުމުން ފެނިގެންދަނީ ނުފޫޒާއި ބާރުގެ ބޭނުންކޮށް ބިރު ދެއްކުމަށް މަސައްކަތް ކުރާތަންކަމަށެވެ.

ޑރ. މުއިއްޒު މާލެ މޭޔަރުކަމަށް ވާދަކުރަން އިއުލާނު ކުރި ދުވަހުން ފެށިގެން 2 ރައީސުން އަދި 2 ފައި އެއްތާ ނުޖަހާ. އިނގިލި ކުރީގަ ހިފައިގެން ފައިދާއެއް އަދި ގެއްލުމެއް ނެތް އެއްޗެއް ވިއްކަން އުޅުނަސް ނުގަންނާނެ. ގޭގޭ ދޮރާށި މަތިން 1 އަޑަކަށް ޑރ. މުއިއްޒު ނަން ގުގުމާއިފި.

– ރުކުމާ ވިދާޅުވިއެވެ.

މިއަދު ސިޔާސީ ބޭނުމެއްގައި ސިޔާސީ މަންފާއެއް ހާސިލް ކުރުމަށް ޑރ.މުއިއްޒު އޭސީސީއަށް ހާސިލް ކުރުމަށް މަސައްކަތަކީ ސީދާ ދަރުގެ ނުފޫޒުން ހިންގާ ކަމެއްކަމަށް ރުކުމާ ވިދާޅުވިއެވެ. އަދި މިފަދަ ޑިމޮކްރަސީއާއި ބީރައްޓިހި ކަންކަމުގައި މުއައްސަސާތަކުން ބައިވެރިވެ މުއައްސަސާތަކަށް ރައްޔިތުންކުރާ އިތުބާރު ގެއްލުވާ ނުލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ސަރުކާރުން އަދި މަޖިލީހުން ކުޅެން އުޅޭ މުޑުދާރު ގޭމްގައި މިނިވަން މުއައްސާތައް ބައިވެރި ކުރަންއުޅުމަކީ ހަޑިކަމެއް.

– ރުކުމާ ވިދާޅުވިއެވެ.

އޭސީސއީއަށް މާދަމާ ޑރ.މުއިއްޒު ހާޒިރުވުމަށް ވަނީ އަންގާފައެވެ. ނަމަވެސް އެއީ ކޮން މައްސަލައަކައި ގުޅިގެންކަމެއް އަދި ނޭގެއެވެ. މުއިއްޒު ވިދާޅުވީ މިއީ ކުރިއަށް ކައުންސިލް އިންތިޚާބުގައި ކެމްޕެއިނަށް ހުރަސް އަޅައި، އަސްލެއްނެތް ދިގުވާހަކަ ފަތުރައި އަބުރު ކަތިލުމަށް ކުރަމުންދާ މަސައްކަތެއްކަމަށެވެ. މިކަމުގައި ހަމަ އެއްވެސް ވަރަކަށް ފަހަތަށް ޖެހުމެއްނެތި ސާބިތުކަމާއިއެކު ހުންނެވިކަަމށް ޑރ.މުއިއްޒު ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލަށް ޑރ.މުއިއްޒު ވާދަކުރައްވަން ނިންމެވި ހިސާބުން ސަރުކާރުން ދަނީ ޑރ.މުއިއްޒުއަށް ބިރު ދެއްކުމުގެ އެކި ތުހުމަތުތައް ކުރައްވައި، އެކި މައްސަލަތައް މުއިއްޒުއަށް އަމާޒު ކުރަމުންނެވެ. އެގޮތުން ނޫމަޑި މައްސަލައާއި، ހިޔަ ހައުސިން ޔުނިޓްތަކާއިގުޅުވައިގެން މުއިއްޒުއަށް އެކި ތުހުމަތުތައް ކޮށްފައިވެއެވެ. މާލެ ސިޓީއަށް މިފަހަރު ޑރ.މުއިއްޒު އިންތިޚާބު ވެދާނެކަމުގެ ބިރު ސަރުކާރަށްހީވެފައިވާއިރު، ސަރުކާރުން ދަނީ މުުއިއްޒުއާއި ގުޅުވައިގެން އެކި ވާހަތައް ދައްކަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.