ޑރ.މުއިއްޒު އޭސީސީއަށް ހާޒިރު ކުރަނީ

ޑރ.މުއިއްޒު އޭސީސީއަށް ހާޒިރު ކުރަނީ

Author
މުޙައްމަދު ޝަޒައިމް
21 މާރޗް 2021 08:18
0

ކައުންސިލް އިންތިޚާބުގައި އިދިކޮޅު ކޯލިޝަނުން މާލެ ސިޓީ ކައުންސިލަށް ވާދަ ކުރައްވާ ޑރ.މުއިއްޒު އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހާޒިރު ވުމަށް އަންގައިފިއެވެ.

ޑރ.މުއިއްޒު ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭސީސީއަށް މިމަހުގެ 23 ވަނަ ދުވަހު ހާޒިރު ވުމަށް އަންގާފައިވާކަމަށެވެ. މުއިއްޒު ވިދާޅުވީ މިއީ ކުރިއަށް ކައުންސިލް އިންތިޚާބުގައި ކެމްޕެއިނަށް ހުރަސް އަޅައި، އަސްލެއްނެތް ދިގުވާހަކަ ފަތުރައި އަބުރު ކަތިލުމަށް ކުރަމުންދާ މަސައްކަތެއްކަމަށެވެ. މިކަމުގައި ހަމަ އެއްވެސް ވަރަކަށް ފަހަތަށް ޖެހުމެއްނެތި ސާބިތުކަމާއިއެކު ހުންނެވިކަަމށް ޑރ.މުއިއްޒު ވިދާޅުވިއެވެ.

އަޅުގަނޑުގެ ކެމްޕެއިނަށް ސަރުކާރުން ހުރަސްއެޅުމަށް، އަސްލެއް ނެތް ދޮގު ވާހަކަތައް ފަތުރުމަށް، އަބުރު ކަތިލުމަށް، ސަރުކާރުން އަންގައިގެން 23 މާރޗް ގައި އޭސީސީއަށް ހާޒިރު ކުރަނީ އިންޝާ ﷲ ފުރިހަމައަށް ޖަވާބުދާރީ ވާނަން.

– ޑރ.މުއިއްޒު ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލަށް ޑރ.މުއިއްޒު ވާދަކުރައްވަން ނިންމެވި ހިސާބުން ސަރުކާރުން ދަނީ ޑރ.މުއިއްޒުއަށް ބިރު ދެއްކުމުގެ އެކި ތުހުމަތުތައް ކުރައްވައި، އެކި މައްސަލަތައް މުއިއްޒުއަށް އަމާޒު ކުރަމުންނެވެ. އެގޮތުން ނޫމަޑި މައްސަލައާއި، ހިޔަ ހައުސިން ޔުނިޓްތަކާއިގުޅުވައިގެން މުއިއްޒުއަށް އެކި ތުހުމަތުތައް ކޮށްފައިވެއެވެ. މާލެ ސިޓީއަށް މިފަހަރު ޑރ.މުއިއްޒު އިންތިޚާބު ވެދާނެކަމުގެ ބިރު ސަރުކާރަށްހީވެފައިވާއިރު، ސަރުކާރުން ދަނީ މުުއިއްޒުއާއި ގުޅުވައިގެން އެކި ވާހަތައް ދައްކަމުންނެވެ.

ޚާއްސަކޮށް ސަރުކާރުގެ މަތީފަންތީގެ ބޭފުޅުންނާއި، މަޖިލިސް ރައީސްގެ ބަހުގެ ހަމަލާތައް ޑރ.މުއިއްޒުއަށް ދަނީ ރައްދު ކުރަމުންނެވެ. ނަމަވެސް މުއިއްޒު މީގެއިއް އެއްވެސް ވާހައަކަށް ރައްދު ނުދެއްވައި ވިދާޅުވެފައިވަނީ ހުންނެވީ ހައްގުގެ މަގުގައި ސާބިތުކަމާއި އެކުގައިކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.