ކޮނޑޭގެ އިސްމެޖިސްޓްރޭގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ތަޙްޤީގު ކުރަނީ

ކޮނޑޭގެ އިސްމެޖިސްޓްރޭގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ތަޙްޤީގު ކުރަނީ

Author
މުޙައްމަދު ޝަޒައިމް
21 މާރޗް 2021 06:12
0

ގއ.ކޮނޑޭ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް މުޙައްމަދު އިބްރާހީމްގެ ސުލޫކީ މައްސަލައެއް ޖޭއެސސީން ތަހުގީގް ކުރަން ފަށައިފިއެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަނުން ބަލަމުންދަނީ ގއ.ކޮނޑޭ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް މުޙައްމަދު އިބްރާހީމްއާ ހަވާލުކޮށްފައިވާ ކޯޓުތަކަށް ދަތުރު ކުރަނީ ކަނޑައެޅިފައިވާ އުޞޫލުތަކާ ޚިލާފަށްކަމަށާއި، ކޯޓަށް ހުށަހެޅޭ މައްސަލަތައް ނިންމުމުގައި އިސްމެޖިސްޓްރޭޓް މުޙައްމަދު އިބްރާހީމް އަދާކުރަންޖެހޭ ޒިންމާއަށް އިހުމާލުވެފައިވާ މައްސަލައެވެ.

މީގެ އިތުރުން ކޯޓުގެ މުވައްޒަފުންނާއި ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ވާހަކަ އިސްމެޖިސްޓްރޭޓް މުޙައްމަދު އިބްރާހީމް ކޯޓުން ބޭރުގައި ދައްކާ މައްސަލަވެސް ތަހުގީ ކުރުމަށް ނިންމާފައިވާމަށެވެ. ގއ.ކޮނޑޭ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް މުޙައްމަދު އިބްރާހީމްގެ މައްސަލަ ތަހުގީން ކުރުމަށް މިހާރު ކޮމިޝަނުން ވަނީ ތަހުގީގް ޓީމެއްވެސް އެކުލަވާލާފައެވެ.

ޖޭއެސްސީން ދަނީ ފަނޑިޔާރުންނާ ގުޅޭ މައްސަލަތައް ހުށަހެޅުމުން އެމައްސަލަތައް ތަހުގީގް ކުރަމުންނެވެ. އެގޮތުން މިދިޔަ އަހަރުގެ އެކޮމިޝަނަށް ފަނޑިޔާރުންނާި ބެހޭގޮތުން ޖޭއެސްސީއަށް 288 މައްސަލަ ހުށަހަޅާފައިވެއެވެ. އެ މައްސަލަތަކުގެ ތެރެއިން 41 މައްސަލަ ޝަކުވާގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވެއެވެ. އަދި ޝަކުވާތަކުގެ ތެރޭގައި އެންމެ ގިނައިން ހުށައަޅާފައިވަނީ ފަނޑިޔާރުންގެ އިންޓަރގްރިޓީއާ ގުޅޭ ޝަކުވާތައްކަމަށާއި، އިންޓެގްރިޓީއާ ޚިލާފުވެފައިވާ ކަމަށް 31 ޝަކުވާ ހުށަހަޅާފައިވާކަން ރިޕޯޓުގައިވަނީ ފާހަގަކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.