މާލެ ސަރަހައްދުގެ ސައި ހޮޓާ ރެސްޓޯރެންޓާއި ކެފޭގެ އިތުރަށް ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ހުޅުވައިގެން ޚިދުމަތް ދެވޭ ވަގުތަށް ބަދަލު ގެނެސް ލުއިތަކެއް ދީފިއެވެ. މިބަދަލު ގެނެސްފައިވަނީ އެތަންތަނުގެ ވެރިން މަސައްކަތް ހުއްޓާލުމަށްފަހު މުޒާހަރާ ކުރަން ޖެހިދާނެ ކަމުގެ އިންޒާރު ދީފައި ވަނިކޮށެވެ.
އެޗްޕީއޭއިން މިއަދު ނެރުނު އެންގުމެއްގައި ބުނެފައިވަނީ މިހާރު ކާބޯތަކެތީގެ ޚިދުމަތް ފޯރުކޮށްދޭ ތަންތަން ރޭގަނޑުގެ 10.30 އާ ހަމައަށް ހުޅުވާފައި ބެހެއްޓޭނެ ކަމަށެވެ. އަދި އެ އެންގުމުގައި ބުނެފައިވަނީ މި ފިޔަވަޅުތަކަށް މިއަދުން ފެށިގެން އަމަލުކުރާނެ ކަމަށެވެ.
ކެފޭ ރެސްޓޯރެންޓްތަކަށް އެޅި ފިޔަވަޅު އަނެއްކާވެސް އިތުރު ހަފްތާއަކަށް ދަންމާލައިފި
އެޗްޕީއޭއިން މިއަދު މިބަލު ގެނައިރު މާލެ ސަރަހައްދުގެ ސައިހޮޓާ، ރެސްޓޯރަންޓް ފަތިހު 4:30 އިން 11:30 އަށް ޚިދުމަތް ނުދޭވޭ އުސޫލު ރޭވަނީ އިތުރު ހަފްތާއަކަށްވެސް ދަންމާލާފައެވެ. ނަމަވެސް މިބަދަލާއިއެކު މާލެ ސަރަހައްދުގައި ކެފޭ ރެސްޓޯރެންޓުތަައް ބަންދު ކުރާނެ ވަގުތު ވަނީ 10:30 އަށް ކަޑައަޅާފައެވެ.
މިކަން މިގޮތަށް ނުބޭއްވޭނެ، ލޮކްޑައުން އުވާލަންވީ: ރައީސް ނަޝީދު
މާލެ ސަރަޙައްދުގައި މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ބަލާއިރު ހަވީރު 6:00 އިން ހެނދުނު ހަޔަކަށް އިންޖީނުލީ އުޅަނދު ދުއްވުންވެސް ވަނީ މަނާކޮށްފައެވެ. އަދި ފިހާރަތައް ރޭގަނޑު 10:30 ގައި ބަންދުކުރަންޖެހެއެވެ.
ކޮމެންޓު ފޮނުވާ