އަންނަ މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ތާއީދު ކުރައްވާނީ ހަމައެކަނި އެމްޑީޕީގެ ކެނޑިޑޭޓުންނަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ކައުންސިލް އިންތިޚާބުގެ ކެމްޕެއިންގައި އެމްޑީޕީން ސިލްސިލާކޮށް ކުރިއަށް ގެންދާ "ރަށްވެހި ފަތިސް" ކެމްޕެއިންގައި ރިނބުދޫގައި އެމްޑީޕީ ނޫން ކެންޑިޑޭޓަކަށް އެމްޑީޕީގެ ބައެއް މެމްބަރުން ތާއީދުކުރައްވާ މައްސަލާގައި ރައީސް ޞާލިހު ވިދާޅުވީ މި އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ނިކުންނަވާ ކެނޑިޑޭޓަކަށް ނޫން ކެނޑިޭޓަކަށް ތާއީދު ނުކުރައްވާނެކަމަށެވެ. އަދި އެގޮތަށް އެއްވެސް ރަށެއްގެ އެއްވެސް އެމްޑީޕީ މެމްބަރަކު އަމަލު ނުކުރެއްވުމަށްވެސް ރައީސް ވަނީ އެދި ވަޑައިގެންފައެވެ.
އަޅުގަނޑުގެ ފުރިހަމަ ތާއީދާއި އެހީތެރިކަން އޮންނާނީ ޕާޓީގެ ކެނޑިޑޭޓުންނަށް. އެގޮތަށް ކުރިހާ ބޭފުުންވެސް އަމަލުތައް ބެހެއްޓެވުން އެދެވެން. އިރާދަކުރެއްވިޔާ އެމްޑީޕީން އަޅުގަނޑުމެންނަށް މިހުރިހާ ގޮޑިތަކެއްވެސް ލިބޭނެ.
– ރައީސް ޞާލިހު ވިދާޅުވިއެވެ.
މިބައްދަލުވުމުގައި ރައީސް ނަޝީދުވެސް ވަނީ އެއްވެސް ދާއިރާއެއްގެ ކެނޑިޑޭޓަކު އެމްޑީޕީގެ ޓިކެޓްގައި ނިކުންނަވާ ކެންޑިޑޭޓަކަށް ނޫން އެހެން އެއްވެސް ކެނޑިޑޭޓަކަށް ތާއީދު ނުކުރެއްވުމަށް ދަންނަވާފައެވެ. މިމައްސަލަ ދިމާވެފައިވަނީ އެމްޑީޕީން މިއަދު ވެރިކަން ކުރަމުންދަނީ ސަރުކާރުގެ ކޯލިޝަންގެ ތެރޭގައި ކަމަށްވާއިރު، ކޯލިޝަންގެ ބައެއް އެހެން ޕާޓީތަކުން ކައުންސިލް އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓުންވެސް ދަނީ ރައީސް ޞާލިހުގެ ތާއީދު އެކެނޑިޑޭޓުންނަށް އޮތްކަމަށް ބުނަމުންނެވެ.
ސަރުކާރު ޓީމް
ރައީސުލްޖުމްހޫރިއްޔާގެ ޓީމް
ރައީސް ނަޝީދުގެ ޓީމް
ގާބިލް ޓީމް https://t.co/TwWB877ZI9— Ahmed Niyaz Nizar™?? (@NaibuMV) March 20, 2021
ކައުންސިލް އިންތިޚާބުގައި އެމްޑީޕީންވެސް އަދި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެހެން ޕާޓީއަކުންވެސް އެއްވެސް ޕާޓީތަކާއި ކޯލިޝަން ހަދާފައިނުވެއެވެ. ކައުންސިލް އިންތިޚާބަށް 19 ދުވަހަށް ވެފައިވާއިރު ރަށްރަށުގައި ވަރަށް ފޯރީގައި ދަނީ ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ. ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީން ކެމްޕެއިންގެ ހަރަކާތްތައް ފޯރީގައި ރަށްރަށުގައި ކޮށް، އެކި އިވެންޓު ބާއްވައި، ތަރައްޤީގެ އެކި ބިނގާތައް އަޅަމުންދާއިރު، އިދިކޮޅު ކޯލިޝަން އޮތީ ރަށު ބަންދުގައެވެ.
އިދިކޮޅު ކޯލިޝަނުން ބުނަމުންދަނީ އިންތިޚާބުގައި ކެމްޕެއިން ކުރުމުގެ ހަމަހަމަ ފުރުސަތު ނުލިބި، ސަރުކާރުން ކުރިމަތި ކުރަމުންދާ ހުރަސްތަކާއި ގުޅިގެން، މައްސަލަ ކޯޓަށް ވައްދާނެކަމަށެވެ. އަދި މިހާލަތުގައި އިންސާފުވެރި އިންތިޚާބެއް ބޭއްވިދާނެކަމަށް ގަބޫލު ނުކުރާކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ