އައްޑޫ ސިޓީގައި އޭޝިއަން އެކަޑަމީ އޮފް އެއިރޯނޮޓިކްސްއިން ހިންގަމުން އަންނަ ފްލައިންގ ސްކޫލުގެ ވެރިއަކަށް ދިވެއްސެއް ހަމަޖައްސައިފިއެވެ.
އޭޝިއަން އެކަޑަމީ އޮފް އެރޮނޯޓިކްސް (އޭއޭއޭ) ހިންގާ ފްލައިން ސްކޫލްގެ ޖެނެރަލް މެނޭޖަރުގެ މަގާމަށް ައްޔަންކޮށްފައިވަނީ މ. ޒޭވަރު، މުހައްމަދު ފަޒީލް ރަޝީދުއެވެ. އޭއޭއޭ އިން ބުނީ ފްލައިން ސްކޫލްގެ ޕޮލިސީ ލެވެލަށް ދިވެއްސަކު ހަމަޖެއްސީ ސްކޫލު ހިންގުމުގައި ދަރިވަރުންނަށް ދިމާވާ ދަތިތައް ކަމާ ގުޅުންހުރި ފަރާތްތަކާއި ގުޅިގެން ހައްލުކޮށް ދަރިވަރުންގެ ހުރި މައްސަލަތަކަށްވެސް ނިމުމެއްގެނެސް ދަރިވަރުންނަށް ފަސޭހަކޮށްދިނުމަށްކަމަށެވެ. އަދި ބެލެނިވެރިންގެ ހުރި ކަންބޮޑުވުންތަކަސްވެސް ހައްލެއް ލިބިގެންދާނެކަމަށް އުއްމީދުކުރާކަމަށް ފްލައިން ސްކޫލުން ބުނެފައިވެއެވެ.
އައްޑޫ ފްލައިން ސްކޫލްގެ އިސް ވެރިއަކަށް ދިވެއްސަކ ހަމަޖައްސާފައިވާއިރު، މީގެ ކުރިން އެތަން ހިންގުމުގައި އިސްކޮށް ތިއްބަވަނީ މުޅިންވެސް ބިދޭސީންނެވެ.
އޭއޭއޭގެ އިސް ވެރިއަކަށް ދިވެއްސަކު އައްޔަންކޮށްފައިވާއިރު، އެތަނުގައި، ބޭނުންވާ މިންވަރަށް ވަސީލަތްތައް ނެތުމުގެ ސަބަބުން އެތައް ދަރިވަރުންތަކެއްގެ ކިޔެވުން ހުއްޓި، އެކަމާއި ގުޅިގެން ގިނަ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެތާގައި 15 ފްލައިޓް އޮންނަ އިރު މިހާރު ބޭނުންކުރެވޭ ހާލަތުގައި އޮތީ އެންމެ 2 ފްލައިޓެވެ. ސްކޫލުގައި ހުރި ގިނަ ކަންކަން އިސްލާހު ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާއިރު، ގިނަ ފިޔަވަޅުތަކެވެސް އަޅައި، ސްކޫލު މިހާރު ހިންގާ ފަރާތާއިއެކު ކޮންޓްރެކްޓް އާ ނުކުރުމަށް ސަރުކާރުން ވަނީ މިހާރު ނިންމާފައެވެ.
އައްޑޫ ފްލައިން ސްކޫލުގައި ބިދޭސީ ދަރިވަރުންނާއި ދިވެހި ދަރިވަރުންގެ މެދުގައި ތަފާތުކުރާކަމށް ދެކެވޭއިރު، މަދަނީ ދަތުރުފަތުރުގެ ޤާނޫނާއި ޚިލާފު ވުމުން އެތަން ވަނީ 35000 ރުފިޔާއިން ޖޫރިމަނާވެސް ކޮށްފައެވެ. އައްޑޫގައި އޭޝިއަން އެކަޑަމީ އޮފް އެއިރޮނޯޓިކްސްގެ ނަމުގައި ހިންގާ ފްލައިން ސްކޫލަކީ، ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގައި ރަޖިސްޓްރީ ކުރެވި، އޮޕަރޭޝަންސް ސިވިލް އެވިއޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް އިން ރެގިއުލޭޓް ކުރަމުންދާ ތަނެކެވެ
ކޮމެންޓު ފޮނުވާ